ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް ލަސްވާ ސަބަބު ދެނެގަތުމަށް ޓާސްކް ފޯހެއް އެކުލަވައިލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާ ދޭން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
05 ނޮވެމްބަރ 2019
ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް ލަސްވާ ސަބަބު ދެނެގަތުމަށް ޓާސްކް ފޯހެއް އެކުލަވައިލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާ ދޭން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅިގެން ޖޭއެސްސީން ހެދި ރިޕޯޓު މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމީ ކޯޓުތަކުގައި މައްސަލަ ލަސްވާ ސަބަބު ހައްލު ކުރަން ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ތަމްސީލު ވާނެ ގޮތަށް އިންޓަ އެޖެންސީ ޓާސްކް ފޯހެއް ހަދަން ޖެހޭ ކަމަށެވެ.
ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓު މަޖިލިހުން ފާސްކުރީ 66 މެމްބަރުންގެ އިއްތިފާގުންނެވެ.
ޓާސްކް ފޯހުގެ މަސްއޫލިއްޔަތުގެ ގޮތުގައި ހިމަނާފައި ވަނީ ޝަރުއީ ކޯޓުތަކުގެ މައްސަލަތައް ލަސްވަމުންދާ ސަބަބުތަކާއި ދަތިތައް ދެނެގަނެ އެކަން ހައްލުކުރުމަށް އެޅެން ހުރި ފިޔަވަޅުތައް ފާހަގަކުރުމާއި އެ ފިޔަވަޅުތައް އެޅުން އަވަސްކޮށް ތަންފީޒު ކުރާނެ ގޮތްތައް އެކުލަވައި ލުމެވެ.
ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމި 1،910 މައްސަލައެއް އެބައޮތް ކަމަށް ޖޭއެސްސީން ދާދި ފަހުން އެކުލަވާލި ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ނުނިމި ހުރި 1،910 މައްސަލައިގެ ތެރެއިން 10 އަހަރުވެފައިވާ 12 މައްސަލައަކާއި ފަސް އަހަރުވެފައިވާ 126 މައްސަލައެއް ކްރިމިނަލް ކޯޓުގައި ނުނިމިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
ޝަރުއީ ނިޒާމުގެ ހިންގުން ހަރުދަނާކޮށް، ކޯޓުތަކުގައި ހުރި މައްސަލަތައް އަވަހަށް ނިންމައި ރައްޔިތުންނަށް އަދުލު އިންސާފު ގާއިމް ކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.
ތުހުމަތުކުރެވޭ ފަނޑިޔާރުންނަށް ފިޔަވަޅުއަޅަން ގޮވާލައިފި
ޝަރުއީ ދާއިރާ އިސްލާހުކުރަން މަގުޗާޓެއް އިފްތިތާހުކޮށްފި
އާ ތިން ފަނޑިޔާރުން ހުވާކުރައްވައިފި
ފަނޑިޔާރުން މިނިވަން ނުވާހާ ހިނދަކު އިންސާފެއް ނެތް
އުސޫލުން ބޭރުން ފިޔަވަޅު ނާޅަން ސީއެލްއޭއިން ގޮވާލައިފި
ނެޗުރަލް ޖަސްޓިސް: ކޮންމެ މީހަކާ މެދު އަދުލުވެރިވުން!
މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތަކަށް މަހާޒު އެދިއްޖެ
ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އެދިއްޖެ
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި މާދަމާ
ފަނޑިޔާރު ޝަހީދަށް މަޖިލީހުން ރުހުންދީފި