06 ފެބުރުއަރީ 2019
ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ޑްރަގް ކޯޓަށް ބަދަލުކޮށް، އިތުރު ދެ ގާޒީއަކު ކްރިމިނަލް ކޯޓަށް ބަދަލުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފް ޑްރަގް ކޯޓަށް ބަދަލުކޮށް، އިތުރު ދެ ގާޒީއަކު ކްރިމިނަލް ކޯޓަށް ބަދަލުކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން ބުނީ ގާޒީ އާރިފް ޑްރަގް ކޯޓަށް ބަދަލު ކުރުމުގެ އިތުރުން ކްރިމިނަލް ކޯޓަށް ބަދަލު ކުރަން ނިންމީ ޑްރަގް ކޯޓުގެ ގާޒީ އަލީ ރަޝީދާއި ސިވިލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދެވެ. އެ ތިން ބޭފުޅުން ބަދަލު ކުރަން ނިންމީ ދަށު ކޯޓުތަކުގެ ފަނޑިޔާރުން ބަދަލު ކުރުމާ ބެހޭ އުސޫލުގެ ދަށުން ސުޕްރީމް ކޯޓުން އެގޮތަށް ހުށަހެޅުމުން ކަމަށް ޖޭއެސްސީން ބުންޏެވެ.
ކުރިން ކްރިމިނަލް ކޯޓު ހިންގުމާ ވެސް ހަވާލުވެ ހުންނެވި ގާޒީ އާރިފް އަކީ ބޮޑެތި ބައެއް މައްސަލަތައް އެ ކޯޓުގައި ބެއްލެވި ފަނޑިޔާރެކެވެ. އެގޮތުން ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލަ އާއި ސިޔާސީ ބައެއް ބޭފުޅުންގެ މައްސަލަތަކާއި މަރުގެ ބޮޑެތި ބައެއް މައްސަލަތައް ވެސް އާރިފް ބެއްލެވި އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވީ ވެސް އޭނާ އެވެ.
ގާޒީ އަލީ ރަޝީދަކީ ކުރިން ވެސް ކްރިމިނަލް ކޯޓުގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވުމަށް ފަހު 2011 ގައި އޭނާ ސިވިލް ކޯޓަށް ބަދަލުކުރީ އޭނާ އަމިއްލައަށް އެދިވަޑައިގަތުމުންނެވެ. ފަހުން ސިވިލް ކޯޓުގެ އިސް ގާޒީކަން ވެސް އޭނާ ކުރެއްވި އެވެ. އޭނާ ޑްރަގް ކޯޓަށް ބަދަލުކުރީ އޭގެފަހުންނެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް ހުޅުވާލައިފި
ކްރިމިނަލް ކޯޓަށް ކުރިމަތިލެއްވި ބޭފުޅުންގެތެރޭ އާރިފް
ގާޒީ އާރިފަށް ތުހުމަތުކުރި ދެވަނަ މައްސަލަ ސާބިތުނުވި
ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމް މުހައްމަދަށް
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ހަތަރު ފަނޑިޔާރެއް
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ހައިލަމް
ދެ ކޯޓަށް ނެގި ފަނޑިޔާރުން މަގާމުގެ ހުވާކުރައްވައިފި
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ހަތަރު ބޭފުޅެއް
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާނިއު އައްޔަންކޮށްފި
ފަނޑިޔާރު ޝަކީލް ރިޓަޔަކުރައްވަން ހުށަހަޅުއްވައިފި