30 އެޕްރީލް 2018
ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ކަނޑައެޅި ހަތަރު ބޭފުޅުން މިރޭ މަގާމުގެ ހުވާ ކުރައްވައިފި އެވެ.
ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ކަނޑައެޅި ހަތަރު ބޭފުޅުން މިރޭ މަގާމުގެ ހުވާ ކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ ގއ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ހުންނެވި ހަސަން ނަޖީބާއި ވ. ފެލިދޫ ވިނަރެސް، އިސްމާއިލް ރަޝީދެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސަކަށް ހުންނެވި ހުސައިން ފާއިޒް ރަޝާދާއި ގދ. ފަރެސްމާތޮޑާ، މުޝްތަރީގޭ ހާފިޒާ އަބްދުއްސައްތާރެވެ.
ސިވިލް ކޯޓަށް މިރޭ އައްޔަންކުރި ހާފިޒާ އަށް ފަނޑިޔާރުކަމުގެ ފަތްކޮޅު ހަވާލުކޮށް ދެއްވަނީ --މިހާރު ފޮޓޯ/ނިޝާން އަލީ
އެ ބޭފުޅުންނަށް ފަނޑިޔާރު ކަމުގެ ހުވާލައި ދެއްވީ ހައި ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. މަގާމުގެ ފަތްކޮޅު އެ ބޭފުޅުންނަށް އެރުއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލުމުން 28 ބޭފުޅަކު އެ މަގާމުތަކަށް ކުރިމަތިލި އެވެ.
މިރޭ އައްޔަންކުރި ފަނޑިޔާރުންނާ އެކު ކްރިމިނަލް ކޯޓުގައި މިހާރު ނުވަ ބޭފުޅުން ތިއްބަވާނެ އެވެ. އަދި ސިވިލް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 15 އަށް އިތުރުވާނެ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 48،000ރ. ލިބޭއިރު ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް ލިބޭނީ 46،000ރ. އެވެ،
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ހަތަރު ފަނޑިޔާރެއް
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ހަތަރު ބޭފުޅެއް
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް އިސްގާޒީން ނަގައިފި
ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް ހުޅުވާލައިފި
ދެ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލަނީ
ސިވިލް ކޯޓަށް ދެ ފަނޑިޔާރުން އައްޔަން ކުރަނީ
ކްރިމިނަލް ކޯޓު ހިންގުން ގާޒީ އާދަމް މުހައްމަދަށް
އަލަށް އައްޔަންކުރި 7 ފަނޑިޔާރުން ހުވާކޮށްފި
"ފަނޑިޔާރުގެއަށް ގެނައި ބަދަލުގެ ހެޔޮ އަސަރު ފެނޭ"
އާރިފް ޑްރަގް ކޯޓަށް، ދެ ގާޒީއަކު ކްރިމިނަލް ކޯޓަށް