Roadha Mihaaru
ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް ހުޅުވާލައިފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި

20 މާޗް 2023

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލީ އެ ކޯޓުގެ ފަނޑިޔާރުންނަށެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަހުމަދު ޝަކީލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުންނެވެ. އެހެންވެ، އެ ކޯޓު ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވީ ގާޒީ އާދަމް މުހައްމަދެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީއަށް މުސާރަ އާއި އިނާޔަތްތަކާ އެކު 49،300ރ. ލިބޭނެ އެވެ. އަދި މެޑިކަލް އިންޝުއަރެންސާއި ފޯން އެލަވަންސް ވެސް ލިބޭނެ އެވެ.

އިސްގާޒީގެ މަގާމުގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން އިއްޔެ ވަނީ ހުޅުވާލައިފަ އެވެ.