ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފްގެ މައްޗަށް ތުހުމަތުކުރި ސުލޫކީ ދެވަނަ މައްސަލަ ވެސް ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
26 މެއި 2021
ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފްގެ މައްޗަށް ތުހުމަތުކުރި ސުލޫކީ ދެވަނަ މައްސަލަ ވެސް ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ގާޒީ އާރިފްއާ ގުޅޭގޮތުން 2019 ގައި ވެސް މައްސަލައެއް ބަލަން ފެށި އެވެ. އެ މައްސަލަ ސާބިތުނުވާ ޖޭއެސްސީން ނިންމީ ކަމަށް ނިންމީ މިދިޔަ އަހަރު ފަހުކޮޅު އެވެ.
ގާޒީ އާރިފްއާ ބެހޭ ގޮތުން މިދިޔަ އަހަރުުގެ މާޗް މަހު ޖޭއެސްސީން ބަލަން ފެށި މައްސަލަ ސާބިތުނުވާ ކަމަށް ނިންމީ މިދިޔަ ހަފުތާގައި ކަމަށް ޖޭއެސްސީން ބުންޏެވެ. އެހެން ނަމަވެސް އެއިން އެއްވެސް މައްސަލައެއްގެ ތަފްސީލެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވަނިކޮށް ގާޒީ އާރިފް ޑްރަގް ކޯޓަށް ބަދަލުކުރީ ޖޭއެސްސީންނެވެ. އޭނާ ވަނީ ކްރިމިނަލް ކޯޓުގައި ހުންނަވައިގެން މަޝްހޫރު ބޭފުޅުންގެ މައްސަލަތަކެއް ބައްލަވައިފަ އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްސަލަ އާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލަ ވެސް އޭނާ ބެއްލެވި އެވެ. އެކަމަކު ފަހުން އެ މައްސަލަތައް ބަލައިި، ނިންމީ އެހެން ފަނޑިޔާރުންތަކެކެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަބްދުލްބާރީ ޔޫސުފް 2017 ގައި ޖުވެނައިލް ކޯޓަށް ބަދަލު ކުރުމުން އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ ވެސް ގާޒީ އާރިފެވެ. އޭގެެފަހުން އިސްގާޒީ ކަމަށް އަހުމަދު ހައިލަމް އައްޔަން ކުރަންދެން ކޯޓު ހިންގުމާ ހަވާލުވެ ހުންނެވީ ގާޒީ އާރިފެވެ.
އާރިފް ޑްރަގް ކޯޓަށް، ދެ ގާޒީއަކު ކްރިމިނަލް ކޯޓަށް
ގާޒީ މުހުތާޒް 29 އަހަރުގެ ޚިދުމަތަށްފަހު ރިޓަޔާވެއްޖެ
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ހައިލަމް
އުއްތަމަފަނޑިޔާރަށް ދޭ ރިޓަޔާމަންޓް އިނާޔަތް ބޮޑުކުރަނީ
ސުޕްރީމް ކޯޓަށް 12 ބޭފުޅަކު ކުރިމަތިލައްވައިފި
ނިޔާޒާއި ފަރުހާދުގެ މައްސަލަ ޖޭއެސްސީގެ ކޮމިޓީގައި
ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އުސޫލުން ބޭރުން ފިޔަވަޅު ނާޅަން ސީއެލްއޭއިން ގޮވާލައިފި
ނެޗުރަލް ޖަސްޓިސް: ކޮންމެ މީހަކާ މެދު އަދުލުވެރިވުން!
ހައި ކޯޓުގެ ފަނޑިޔާރު ދީބާނާޒުގެ މައްސަލައެއް ބަލަނީ