ފަނޑިޔާރުކަމުގައި 29 އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު ޑްރަގް ކޯޓުގެ ގާޒީ މުހުތާޒް ފަހުމީ މިއަދު ރިޓަޔާ ކުރައްވައިފި އެވެ.
17 ނޮވެމްބަރ 2022
ފަނޑިޔާރުކަމުގައި 29 އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު ޑްރަގް ކޯޓުގެ ގާޒީ މުހުތާޒް ފަހުމީ މިއަދު ރިޓަޔާ ކުރައްވައިފި އެވެ.
ކުރިން ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި ގާޒީ މުހުތާޒް ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވީ މިއަދުން ފެށިގެންނެވެ. އޭނާ ރިޓަޔާވީ އަމިއްލައަށް އެދިވަޑައިގެންނެވެ.
އޭނާ ކްރިމިނަލް ކޯޓުގެ ގާޒީކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނަވަނިކޮށް 2018 ވަނަ އަހަރު ޑްރަގް ކޯޓަށް ބަދަލުކުރީ ސުޕްރީމް ކޯޓުގެ ހުށަހެޅުމަކަށެވެ. އޭނާއަކީ ކްރިމިނަލް ކޯޓުގައި ބޮޑެތި މައްސަލަތަކެއް ބެއްލެވި ފަނޑިޔާރެކެވެ.
ވ. ރަކީދޫގައި އަނިޔާކޮށް މަރާލި ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލަ ވެސް އެންމެ ފުރަތަމަ ބެއްލެވީ މުހުތާޒެވެ.
މުހުތާޒްގެ އިތުރުން ފަނޑިޔާރު ކަމުގައި 32 އަހަރު ހޭދަކުރެއްވި މެޖިސްޓްރޭޓް އަހުމަދު ޝަރީފާއި 26 އަހަރު ޚިދުމަތް ކުރެއްވި އިބްރާހިމް މުނީރު ވެސް މިއަދުން ފެށިގެން ވަނީ ރިޓަޔާ ކުރެއްވި އެވެ. ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމުން ޚިދުމަތްކުރި މުއްދަތަށް ބަލައި، ރިޓަޔާމެންޓް އިނާޔަތް ލިބޭނެ އެވެ.
ހާތިފް ރިޓަޔާވެއްޖެ، ހައިކޯޓު ހިންގުން ޝަހީދަށް
55 އަހަރުނުވާ ފަނޑިޔާރުންނަށް ވެސް ދެން ރިޓަޔާވެވޭނެ
ގާޒީ އަދީބު ރިޓަޔާ ކުރައްވައިފި
ގާޒީ އާރިފަށް ތުހުމަތުކުރި ދެވަނަ މައްސަލަ ސާބިތުނުވި
މައްސަލަ ބަލަނިކޮށް ރިޓަޔާކުރިޔަސް އިނާޔަތް ނުލިބޭނެ
އާރިފް ޑްރަގް ކޯޓަށް، ދެ ގާޒީއަކު ކްރިމިނަލް ކޯޓަށް
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ހައިލަމް
ފަނޑިޔާރުންނަށް އެޅިފިޔަވަޅާ މެދު އދ.ގެ ކަންބޮޑުުވުން
ފަނޑިޔާރުންގެ މައްސަލައިގެ ފަހު އަޑުއެހުން މާދަމާ
ޖޭއެސްސީއަށް ފަނޑިޔާރު ޝަހީދު އައްޔަންކުރައްވައިފި