23 ފެބުރުއަރީ 2020
ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށް އަމިއްލަ އަށް އެދިގެން ފަނޑިޔާރު ކަމުން ރިޓަޔާވާ ބޭފުޅުންނަށް އިނާޔަތްތައް ނުދޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.
ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށް އަމިއްލަ އަށް އެދިގެން ފަނޑިޔާރު ކަމުން ރިޓަޔާވާ ބޭފުޅުންނަށް އިނާޔަތްތައް ނުދޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.
އުމުރުން 55 އަހަރުވުމުން އަމިއްލަ އަށް އެދިގެން ނުވަތަ ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން ރިޓަޔާ ކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގެ ގަވާއިދު، ކުރިން އޮންނަ ގޮތުން ފަނޑިޔާރުންގެ ގާނޫނުގެ ދަށުން އަމިއްލަ އަށް އެދިގެން ނުވަތަ ސިއްްހީ ސަބަބުތަކަށްޓަކައި ޖޭއެސްސީން ރިޓަޔާ ކުރަން ނިންމާ ބޭފުޅުންނަށް އިނާޔަތްތައް ހަމަޖައްސައިދެ އެވެ.
ނަމަވެސް، އެ ގަވާއިދަށް މިދިޔަ ހަފުތާގައި ގެނައި އިސްލާހުގައިވާ ގޮތުން، ރިޓަޔާ ކުރައްވަން އެދިވަޑައިގަންނަވާ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދާ ނަމަ ނުވަތަ އެފަދަ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ނަމަ، އެ ފަނޑިޔާރަކަށް އިނާޔަތް ހަމަޖައްސައެއް ނުދެވޭނެ އެވެ.
އަމިއްލަ އަށް އެދިވަޑައިގެން ރިޓަޔާ ކުރައްވާ ފަނޑިޔާރުންނަށް ވެސް މާލީ އިނާޔަތްތަކާއި ލިވިން އެލަވަންސާއި މެޑިކަލް އިންޝުއަރެންސްގެ އިތުރުން ސެކިއުރިޓީ ވެސް ހަމަޖައްސައިދެ އެވެ.
ގާޒީ މުހުތާޒް 29 އަހަރުގެ ޚިދުމަތަށްފަހު ރިޓަޔާވެއްޖެ
ހާތިފް ރިޓަޔާވެއްޖެ، ހައިކޯޓު ހިންގުން ޝަހީދަށް
55 އަހަރުނުވާ ފަނޑިޔާރުންނަށް ވެސް ދެން ރިޓަޔާވެވޭނެ
ގާޒީ އަދީބު ރިޓަޔާ ކުރައްވައިފި
ފަނޑިޔާރުން ބޭރަށްކުރާ ދަތުރުތަކަށް ހުއްދަ ހޯދަންޖެހޭނެ
ފަނޑިޔާރުންގެ މަގާމާ ގުޅޭ މައްސަލަ ކޯޓަށް ބެލޭނެ
ސިވިލް ކޯޓުގެ އިސްގާޒީގެ މައްސަލައެއް ޖޭއެސްސީއަށް
ދަށު ކޯޓުތަކުން ޖޭއެސްސީ އަށް ފަރުހާދު އިންތިހާބުކޮށްފި
ފަނޑިޔާރުންގެ އިންޝުއަރެންސް ބޮޑުކުރާތީ ނުރުހުން
ޖޭއެސްސީއަށް ލަފާދޭން ފަނޑިޔާރުންގެ ބޯޑެއް އެކުލަވާލައިފި