Roadha Mihaaru
ގާޒީ އަދީބު ރިޓަޔާ ކުރައްވައިފި

ގާޒީ އަދީބު ރިޓަޔާ ކުރައްވައިފި

30 ޑިސެމްބަރ 2021

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ އަދީބު ފަނޑިޔާރު ކަމުން ރިޓަޔާ ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ އަދީބު ފަނޑިޔާރު ކަމުން ރިޓަޔާ ކުރައްވައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ގާޒީ އަދީބު ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވީ މިއަދުން ފެށިގެން ކަމަށެވެ. ގާޒީ އަދީބަކީި ޝަރުއީ ދާއިރާގައި 24 އަހަރު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.

ފެމިލީ ކޯޓުގެ ފަނޑިޔާރު ކަމަށް ވަޑައިގަތުމުގެ ކުރިން ގާޒީ އަދީބު ހުންނެވީ ސިވިލް ކޯޓުގެ ފަނޑިޔާރަކަށެވެ. އޭނާގެ 2013 ވަނަ އަހަރު ފެމިލީ ކޯޓަށް ބަދަލުކުރީ އަމިއްލައަށް އެކަމަށް އެދިވަޑައިގަތުމުންނެވެ.

ފަނޑިޔާރުންގެ ގާނޫނު އޮންނަ ގޮތުން ފަނޑިޔާރުކަމުން ރިޓަޔާވާ ބޭފުޅުންނަށް އެ ބޭފުޅުން ހިދުމަތް ކުރެއްވި މުއްދަތަށް ރިއާޔަތްކޮށް، އިނާޔަތް ލިބޭނެ އެވެ.

ގާޒީ އަދީބު ރިޓަޔާވެ ވަޑައިގަތުމުން ފެމިލީ ކޯޓުގައި ދެން ތިއްބަވާނީ އަށް ފަނޑިޔާރުންނެވެ.