20 އެޕްރީލް 2023
ގާނޫނާ ހިލާފަށް ކައިވެންޏެއް ކޮށްދޭން މަގުފަހިކޮށްދިން ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށާއި އެކަމުގައި ސުލޫކާ ހިލާފު ކަމެއް ނެތް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން މިއަދު ނިންމައިފި އެވެ.
ގާނޫނާ ހިލާފަށް ކައިވެންޏެއް ކޮށްދޭން މަގުފަހިކޮށްދިން ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑްކުރީ ގޯސްކޮށް ކަމަށާއި އެކަމުގައި ސުލޫކާ ހިލާފު ކަމެއް ނެތް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން މިއަދު ނިންމައިފި އެވެ.
ގާޒީ ހަސަން ދެ ހަފުތާ އަށް ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ ފެބްރުއަރީ މަހު ނިންމީ އޭނާ ފެމިލީ ކޯޓުގެ އިސްގާޒީއަކަށް 2018 ވަނަ އަހަރު ހުންނެވިއިރު، އެ ކޯޓުގެ މުވައްޒަފުންތަކެއް ރާއްޖެ އިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދޭން މަގުފަހި ކޮށްދިން ކަމަށް ބުނެ އެވެ.
އެ ނިންމުން ގާޒީ ހަސަންގެ ފަރާތުން އިސްތިއުނާފް ކުރުމުން އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ނިންމި ނިންމުމުގައި ވަނީ ސިންގަޕޫރަށް ގޮސްގެން ކައިވެނި ކޮށްދޭން އޭނާ ލަފާ ދެއްވީ ކައިވެނީގެ ރަޖިސްޓްރާ އެކަމުގައި އޭނާގެ ލަފައަކަށް އެދުމުން ކަމަށެވެ. އެއީ ސިންގަޕޫރުގެ ގާނޫނާއި ރާއްޖޭގެ ގާނޫނު ވެސް ކަނޑައެޅިގެން މަނާކުރާ ކަމެއް ނޫން ކަމަށާއި އެހެންވެ، އެކަމުގައި ގާނޫނާ ކަނޑައެޅިގެން ހިލާފު ނުވާ ކަމަށް އެ ނިންމުމުގައިވެ އެވެ.
"މި މައްސަލާގައި ގާޒީ ހަސަން ސައީދުގެ މި އަމަލަކީ ޣައިރު ސުލޫކީ އަމަލެއް ނޫން ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައިފީމެވެ،" ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި އެ ނިންމުމުގައިވެ އެވެ.
ޖޭއެސްސީގެ ގާނޫނުގެ ދަށުން އުފެދިފައިވާ ފަނޑިޔާރުންގެ އިސްތިއުނާފްގެ މަޖިލީހުގައި މިހާރު ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ޖުވެނައިލް ކޯޓުގެ ގާޒީ އަހުމަދު ޝަރީފެވެ.
ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަކީ ޖޭއެސްސީން ފަނޑިޔާރުންނާ މެދު އަޅާ ސުލޫކީ ފިޔަވަޅުތައް އިސްތިއުނާފް ކުރެވޭ މަޖިލީހެވެ. ނަމަވެސް ފަނޑިޔާރުކަމުން ވަކިކުރަން ނިންމާ ނިންމުންތައް އެ މަޖިލީހުގައި އިސްތިއުނާފެއް ނުކުރެވޭނެ އެވެ.
ގާޒީ ހަސަން ސައީދުގެ ތަހުގީގު ވެސް ހުޅުވާލަނީ
ފެމިލީކޯޓަށް ގާޒީން ހޯދަން ކުރި އިއުލާނު ބާތިލުކޮށްފި
ފެމިލީ ކޯޓުގެ ގާޒީކަމަށް ގިނަ ބަޔަކު ކުރިމަތިލައިފި
ގާޒީ ހަސަން ސައީދު ރިޓަޔާ ކުރައްވައިފި
ގާޒީ އަދީބު ރިޓަޔާ ކުރައްވައިފި
ގާޒީ ހަސަނާއި މެޖިސްޓްރޭޓް ރާގިބު ވަކިކުރަން ލަފާ ދީފި
ގާޒީ ހަސަންގެ ތަހުގީގުގެ އަޑުއެހުން އާދިއްތަ ދުވަހު
ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ ސަސްޕެންޑް ކޮށްފި
ގާޒީ ހަސަންގެ ސަސްޕެންޝަން އުވާލައިފި