Roadha Mihaaru
ފެމިލީކޯޓަށް ގާޒީން ހޯދަން ކުރި އިއުލާނު ބާތިލުކޮށްފި

ފެމިލީ ކޯޓުގެ ގާޒީ ކަމަށް ގިނަ ބަޔަކު ކުރިމަތިލީ ފަހުން އިއުލާން ބާތިލުކޮށްފި

28 މެއި 2023

ފެމިލީ ކޯޓުގެ ގާޒީކަމަށް ގިނަ ބަޔަކު ކުރިމަތިލާފައި ވަނިކޮށް، އެ އިއުލާން ބާތިލުކޮށްފި އެވެ.

ފެމިލީ ކޯޓުގެ ގާޒީކަމަށް ގިނަ ބަޔަކު ކުރިމަތިލާފައި ވަނިކޮށް، އެ އިއުލާން ބާތިލުކޮށްފި އެވެ.

އެ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މަހުގެ ނުވަ ވަނަ ދުވަހު ހުޅުވާލުމުން މުއްދަތު ހަމަވުމުން 25 މީހަކު ކުރިމަތިލި ކަމަށް އެ ކޮމިޝަނުން އޭރު ބުންޏެވެ.

އެކަމަކު، ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ފެމިލީ ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ކުރިން އާންމުކުރި އިއުލާނު ބާތިލް ކޮށްފައިވާ ކަމަށެވެ.

"އަދި މި ދެންނެވި އިއުލާނާ ގުޅިގެން ފެމިލީ ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލާ ހުށަހަޅުއްވާފައިވާ އެޕްލިކޭޝަންތައް ވެސް ވަނީ ބާތިލު ކުރެވިފަ އެވެ،" ފަހުން ކުރި އިއުލާނުގައި ފެމިލީ ކޯޓުން ބުންޏެވެ.

ނަމަވެސް، އެ އިއުލާނު ބާތިލުކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ.