19 ޖޫން 2019
ފެމިލީ ކޯޓުގެެ އިސް ގާޒީ ހަސަން ސައީދުގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލާގެ ތަހުގީގު ވެސް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ޖޭއެސްސީން މިއަދު ނިންމައިފި އެވެ.
ފެމިލީ ކޯޓުގެެ އިސް ގާޒީ ހަސަން ސައީދުގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލާގެ ތަހުގީގު ވެސް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ޖޭއެސްސީން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން އިސްގާޒީ ހަސަން ވަނީ މިދިޔަ ހަފުތާއިން ފެށިގެން ސަސްޕެންޑްކޮށްފަ އެވެ. އެ މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން އިސް ގާޒީ ވަނީ ކުރިން އެދިވަޑައިގެންފަ އެވެ.
ޖޭއެސްސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ އެ ތަހުގީގު އާންމުކޮށް ހުޅުވާލަން އިސް ގާޒީ ހަސަން އެދިވަޑައިގެންފައިވާތީ އެގޮތަށް ކުރިއަށް ގެެންދަން ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.
އިސް ގާޒީ ހަސަންގެ މައްސަލަ ޖޭއެސްސީން ހުޅުވާލަން ނިންމިއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލަތަކުގެ ތަހުގީގު ވެސް އާންމުކޮށް ހުޅުވާލަން ޖޭއެސްސީން ކުރިން އޮތީ ނިންމައިފަ އެވެ. އެ ތަހުގީގު މާދަމާ ހެނދުނު ދަރުބާރުގޭގައި މާދަމާ ފަށާނެ އެވެ.
ގާޒީ ހަސަން ސަސްޕެންޑްކުރުން ގޯސް:އިސްތިއުނާފް މަޖިލިސް
ފެމިލީކޯޓަށް ގާޒީން ހޯދަން ކުރި އިއުލާނު ބާތިލުކޮށްފި
ފެމިލީ ކޯޓުގެ ގާޒީކަމަށް ގިނަ ބަޔަކު ކުރިމަތިލައިފި
ގާޒީ ހަސަން ސައީދު ރިޓަޔާ ކުރައްވައިފި
ގާޒީ އަދީބު ރިޓަޔާ ކުރައްވައިފި
ގާޒީ ހަސަނާއި މެޖިސްޓްރޭޓް ރާގިބު ވަކިކުރަން ލަފާ ދީފި
ގާޒީ ހަސަންގެ ތަހުގީގުގެ އަޑުއެހުން އާދިއްތަ ދުވަހު
ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ދީދީ ސަސްޕެންޑް ކޮށްފި
ގާޒީ ހަސަންގެ ސަސްޕެންޝަން އުވާލައިފި