02 މެއި 2018
ކައިވެންޏަށް ދެ އަހަރުވެގެން އެކަން ފާހަގަކުރަމުން އަންނަ ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވާ އާ ފިލްމަށް ސޮއިކޮށްފި އެވެ.
ކައިވެންޏަށް ދެ އަހަރުވެގެން އެކަން ފާހަގަކުރަމުން އަންނަ ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވާ އާ ފިލްމަށް ސޮއިކޮށްފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދެމަފިރިން އެކުގައި ކުޅޭ ފިލްމަކީ ލަވަކިޔުންތެރިޔާ މިކާ ސިންގް ކޯ-ޕްރޮޑިއުސް ކުރާ ލޯބީގެ ފިލްމެކެވެ. އެކަމަކު އެ ފިލްމާ ބެހޭ އެެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ބިޕާޝާ އެންމެ ފަހުން ކުޅުނު ފިލްމަކީ ކަރަންއާ ކައިވެނި ކުރުމުގެ ކުރިން ދެ މީހުން އެކުގައި ކުޅުނު ބިރުވެރި ފިލްމް "އެލޯން" އެވެ. އެހެންވެ އާ ފިލްމްވެގެން ދާނީ ކައިވެންޏަށް ފަހު، ދެ މީހުން އެކީގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.
ކަރަން އެންމެ ފަހުން ފެނުނީ 2015 ގައި ރިލީޒް ކުރި "ހޭޓް ސްޓޯރީ 3" އިންނެވެ.
އަދި އޭނާ މުހިއްމު ރޯލެއް ކުޅެފައިވާ ފިލްމް "3 ދޭވް" އަންނަ ޖޫން 1 ގައި ސިނަމާތަކަށް އަންނާނެ އެވެ. އެ ފިލްމްގެ ކާސްޓުންގެ ތެރޭގައި ޓީވީ ތަރި ރަވީ ޑޫބޭ، ކޭކޭ މެނަން، ކުނާލް ރޯއި ކަޕޫރް، ރައިމާ ސެން، ޓިސްކާ ޗޯޕްޅާ އަދި ޕްރިޔާ ބެނަޖީ ހިމެނެ އެވެ.
ކަރަންގެ ކުރިއަށް ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި ޖުލައި 6 ގައި ރިލީޒް ކުރާ "ފިރްކީ" ހިމެނެ އެވެ.
"ޖިސްމް" އާއި "ރާޒް" އަދި "ދޫމް" ފަދަ ފްރެންޗައިޒްތަކުގައި މަސައްކަތްކޮށްފައިވާ ބިޕާޝާގެ އަތުގައި މި ވަގުތު ކުޅޭނެ އެއްވެސް ފިލްމެއް ނެތެވެ.
ކަރަންއާ ކައިވެނިކުރަން ބިޕާޝާގެ އާއިލާ ނުރުހުނު
ބިޕާޝާ އާއިލާއާ އެކު ރެޑިސަން ބްލޫ މޯލްޑިވްސްގައި
ބިޕާޝާ ބާސޫގެ ދަރިފުޅަށް ކިޔަނީ "ދޭވީ"
ބިޕާޝާ އަށް ދަރިއަކު ލިބެނީ
"ކަލް ހޯ ނާ ހޯ" ލިޔަން އަނޫރާގަށް ލިބުނު
"ދޫމް" ފްރެންޗައިޒުން އަބީޝެކް ދެން ނުފެނިދާނެ
ޖޯން ބޮލީވުޑަށް ނެރުނު ބަޓް ކޭމްޕްގެ ފިލްމަކަށް އަލުން
"ސޫރިޔަވަންޝީ" އަންނަ މަހު ނެޓްފްލިކްސް އަށް
އާޝާގެ މާމަދަރިޔަކު ބޮލީވުޑަށް ނެރޭނީ ބަންސާލީ
ރަމޭޝްގެ "ރޭސް 4" އަށް ތައްޔާރުވަނީ