Roadha Mihaaru

ބިޕާޝާ ބާސޫގެ ދަރިފުޅަށް ކިޔަނީ "ދޭވީ"

ބޮލީވުޑްގައި ފަނޑުވުމެއް ނެތި ވިދަމުން އަންނަ ބިޕާޝާ ބާސޫ އާއި ކަރަން ސިންގުގެ އަލަތު ދަރިފުޅަށް ކިޔަނީ "ދޭވީ" ކަމަށް އެ މީހުން ބުނެފި އެވެ.

ބިޕާޝާ ބާސޫގެ ދަރިފުޅަށް ކިޔަނީ "ދޭވީ"
ހަފީޒާ އަހުމަދު
ހަފީޒާ އަހުމަދު

14 ނޮވެމްބަރ 2022

ބޮލީވުޑްގައި ފަނޑުވުމެއް ނެތި ވިދަމުން އަންނަ ބިޕާޝާ ބާސޫ އާއި ކަރަން ސިންގުގެ އަލަތު ދަރިފުޅަށް ކިޔަނީ "ދޭވީ" ކަމަށް އެ މީހުން ބުނެފި އެވެ.

މި މަހުގެ 12 ވަނަ ދުވަހު އެ މީހުން ވަނީ އިންސްޓަގްރާމުގައި ދަރިފުޅުގެ ފައިތިލައިގެ ފޮޓޯއަކާ އެކު ދަރިފުޅުގެ ނަމަކީ ދޭވީ ކަން އިއުލާންކޮށްފަ އެވެ.

ބިޕާޝާ އަލަތު ދަރިފުޅަށް ބަނޑުބޮޑުކަން އިއުލާންކުރީ މި އަހަރުގެ އޮގަސްޓު މަހު އެވެ. އޭގެ ފަހުން އެ މީހުން އައީ ޕްރެގްނެންސީ ފޮޓޯޝޫޓްތަކާއި އެކަމާ ގުޅޭ ހުރިހާ ކަމެއް ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ސަޕޯޓަރުންނަށް ހިއްސާ ކުރަމުންނެވެ.

ދެ ތަރިންގެ ވެސް ސަޕޯޓަރުންނާއި ގާތް މީހުން އަންނަނީ ދެ މީހުންނަށް ވެސް މަރުހަބާ ކިޔަމުންނެވެ.