Roadha Mihaaru
ކަރަންއާ ކައިވެނިކުރަން ބިޕާޝާގެ އާއިލާ ނުރުހުނު

ކަރަންއާ ކައިވެނިކުރަން ބިޕާޝާގެ އާއިލާ ނުރުހުނު

15 ފެބުރުއަރީ 2022

ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވާގެ ޖޯޑު ގިނަ ބަޔަކަށް ކަމުދެ އެވެ. "އެލޯން" ގައި މަސައްކަތްކުރުމުގެ ތެރެއިން އެކަކު އަނެކަކަށް ހިތްޖެހި، 2016 ގައި އެ ދެ ތަރިން ކައިވެނި ކުރި ގޮތަށް އަދިވެސް އުޅެނީ ވަރަށް ލޯބިންނެވެ.

އެކަމަކު އެ ކައިވެނި ކުރަން ބިޕާޝާގެ އާއިލާ އިން ދެކޮޅު ހެދި ކަމަށްވެ އެވެ. އޭގެ ސަބަބަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކަރަން ކައިވެނިކޮށް، އޭނާގެ ކައިވެނިތައް މާ ގިނަ ދުވަހަށް ދެމިގެން ނުދިއުން ކަަމަށް ބިޕާޝާ ބުންޏެވެ.

ބިޕާޝާ އާއި ކަރަން--

ބިޕާޝާ އާއި ކަރަން--

ކަރަން އެންމެ ފުރަތަމަ ކައިވެނިކުރީ ޝްރައްދާ ނިގަމްއާ އެވެ. އެ ކައިވެނި ދެމުނީ 2008 އިން 2009 އަށެވެ. އަދި ޓީވީ ތަރި ޖެނިފާ ވިންގެޓްއާ 2012 ގައި ކައިވެނިކުރި އިރު، އެ ކައިވެނި ރޫޅުނީ 2014 ގަ އެވެ. އެހެންވެ، ކަރަންއާ މެދު މީހުން ދެކޭ ގޮތް އެހާ ރަނގަޅެއް ނޫނެވެ.

ކަރަން އާއި ބިޕާޝާ ކައިވެނިކުރަން އޭނާގެ އާއިލާ ދެކޮޅު ހެދުމުން ބިޕާޝާ އެކަމަށް އެއްބަސްކުރުވީ މަންމަ ގާތު އާދޭސްކޮށްގެންނެވެ. އެއީ ކައިވެންޏެއް ކާމިޔާބުނުވުމަކީ މީހެއްގެ އަސްލު ގޮތް އެނގޭނެ ކަމެއް ނޫން ކަމަށް ބުނެ، އެތައް ވާހަކައެއް ދައްކާއި، އާއިލާ އަށް ވިސްނައިދީގެން ކަމަށް އޭނާ ބުންޏެވެ.

ބިޕާޝާ އާއި ކަރަން ކައިވެނިކުރުމުގެ ކުރިން ބިޕާޝާ އުޅުނީ ޖޯން އަބްރަހަމްއާ ރައްޓެހިވެގެންނެވެ. އެމީހުން ވަކިވީ 9 އަހަރު އެކުގައި އުޅުމަށް ފަހު އެވެ.