Roadha Mihaaru
ބިޕާޝާ އާއި ކަރަންގެ ކައިވެނި ދެމެހެއްޓޭނެބާ؟

ބިޕާޝާ އާއި ކަރަންގެ ކައިވެނި މުޅި އުމުރަށް ދެމެހެއްޓިދާނެބާ؟

19 މެއި 2016

މިއަހަރު ފެށިގެން މިހާތަނަށް ބޮލީވުޑުން މުޅިން ވެސް ފެނިފައިވަނީ ޒަމާންވީ ކައިވެނިތައް ރޫޅިގެން ގޮސްފައިވާ ތަނެވެ. އަދި އެތައް ޒަމާނެއްވަންދެން ރައްޓެހިވެގެން އުޅުނު ލޯބިވެރިން ކުއްލިއަކަށް ވަކިވެފައިވާ ތަނެވެ. ފަރްހާން އަޚްތަރް އާއި އަންހެން އަދުނާ، މަލައިކާ އަރޯރާ ޚާނާއި އަރްބާޒް ޚާން، ސުޝާންތު ސިންގް ރާޖްޕޫތު އާއި އަންކިތާ އަކީ މިސާލުތަކެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

މިއަހަރު ފެށިގެން މިހާތަނަށް ބޮލީވުޑުން މުޅިން ވެސް ފެނިފައިވަނީ ޒަމާންވީ ކައިވެނިތައް ރޫޅިގެން ގޮސްފައިވާ ތަނެވެ. އަދި އެތައް ޒަމާނެއްވަންދެން ރައްޓެހިވެގެން އުޅުނު ލޯބިވެރިން ކުއްލިއަކަށް ވަކިވެފައިވާ ތަނެވެ. ފަރްހާން އަޚްތަރް އާއި އަންހެން އަދުނާ، މަލައިކާ އަރޯރާ ޚާނާއި އަރްބާޒް ޚާން، ސުޝާންތު ސިންގް ރާޖްޕޫތު އާއި އަންކިތާ އަކީ މިސާލުތަކެވެ.

ކައިވެނިތައް ރޫޅެމުން ދިޔަ ނަމަވެސް ބޮލީވުޑް ތަރި ބިޕާޝާ ބާސޫ ވަނީ އޭނާ ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހުއްސުރެ ރައްޓެހިވެގެން އުޅުނު ކަރަން ސިންގް ގްރޯވަރާ މިދިޔަ އޭޕްރީލް މަސް ނިމެމުން ދަނިކޮށް ކައިވެނިކޮށްފަ އެވެ. އަދި މި ދެ ތަރިން ވަނީ ދިވެހިރާއްޖޭގައި ވަރަށް ދިގު އަދި އެހާމެ އުފާވެރި ހަނީމޫނެއް ހޭދަކޮށްފަ އެވެ.

ކަރަން އާއި ބިޕާޝާ ބައްދަލުވެފައިވަނީ އެ ދެ މީހުން އެކުގައި ކުޅުނު "އެލޯން"ގެ ޝޫޓިންގަ އެވެ. ފުރަތަމަ ދުވަހުން ފެށިގެން ބިޕާޝާ އާއި ކަރަންގެ ގުޅުން ބަދަހިވެ މާ ގިނަ ދުވަހެއް ނުވެ ލޯބީގެ ގުޅުމަކަށް ބަދަލުވި އެވެ. އަދި ފާއިތުވީ ދުވަސް ތަކުގައި މި ދެ ތަރިންގެ ގުޅުން ވަނީ ވަރަށް ވަރުގަދަ ވެފަ އެވެ.ބިޕާޝާގެ ކުރިން ކަރަން ދެ ކައިވެންޏެއް ކޮށް އެ ދެ ކައިވެނި ވެސް ވަނީ ރޫޅިވެފަ އެވެ. ކަރަން އެންމެ ފުރަތަމަ ކައިވެނި ކުރީ ޓީވީ ތަރި ޝްރައްދާ ނިގަމްއާ އެވެ. އޭރު ޝްރައްދާ އަކީ ވަރަށް ކާމިޔާބު ބަތަލާއެކެވެ. ކަރަން އަކީ ކުޅޭނެ ޓީވީ ސީރިއަލް ވެސް ނުލިބިފައިހުރި ނާކާމިޔާބު އެކްޓަރެކެވެ. ޝްރައްދާ އާ ކައިވެނި ކުރިތާ މާގިނަ ދުވަހެއް ނުވެ ކަރަން އަށް ފުރަތަމަ ސީރިއަލް ކުޅެން ލިބުނެވެ. އޭރުގެ ސްޓާ ވަންގެ "ދިލް މިލްގަޔޭ" އެވެ. ސިލްސިލާ ދައްކަން ފެށުމާއެކު ކަރަންގެ މަޝްހޫރުކަން އިންތިހާއަށް އިތުރުވެ އަންހެންކުދިން އޭނާއާ ހެދި މޮޔަ ވި އެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަރަންގެ މަގްބޫލުކަން އިންތިހާއަށް ދިޔަ އެވެ. އެހިސާބުން ކަރަން އާއި ޝްރައްދާގެ ގުޅުން ހީނަރުވެ ކަރަން އާއި އެކިއެކި އަންހެންކުދިންނާ އަޅުވާ ކިޔެން ފެށި އެވެ. އެންމެ ފަހުން ޝްރައްދާ އާއި ކަރަންގެ ކައިވެންޏަށް ނިމުން އައީ ކަރަން އޭރު ބައިވެރިވެ ޑާންސް ރިއަލިޓީ ޝޯ "ޖަލަކް ދިކްލާޖާ"ގެ ކޯރިއޯގްރާފަރެއް ކަމަށްވާ ނިކޯލް އަލްވާރިސް އާއި ކަރަން ރައްޓެހިވެގެން އުޅޭކަން އެނގުމުންނެވެ.

ކަރަން އާއި ބިޕާޝާ ރާއްޖޭގައި ހަނީމޫން ހޭދަކުރަނީ

ކަރަން އާއި ބިޕާޝާ ރާއްޖޭގައި ހަނީމޫން ހޭދަކުރަނީ

ނިކޯލް އާ ރައްޓެހިވެގެން ގިނަ ދުވަސްތަކެއް ވަންދެން ކަރަން އުޅުނެވެ. އަދި އޭރު "ދިލް މިލްގައޭ"ގެ ބަތަލާގެ ބައި ކުޅުނު ޖެނިފާ ވިންގިޓް އާއި ކަރަންގެ ލޯބީގެ ވާހަކަތައް ވެސް ދިޔައީ ދެކެވެމުންނެވެ. ދުވަސްކޮޅެއް ފަހުން ފެނުނީ ނިކޯލް އާއި ރުޅިވެ ޖެނިފާ އާއި ކަރަން ކައިވެނި ކުރި ތަނެވެ. ނަމަވެސް މި ކައިވެންޏަށް ވެސް ވީ އެންމެ އަހަރެއްހާ ދުވަހެވެ.

ބިޕާޝާ އާ ބައްދަލުވުމާއެކު ކަރަން ޖެނިފާ މަތިން ހަނދާން ނެތިއްޖެ އެވެ. އަދި މިއަހަރު ކުރީކޮޅު ދެ މީހުން ވަނީ ވަރިވެފަ އެވެ.

ކައިވެންޏެއް ނުކުރިޔަސް ބިޕާޝާގެ ވެސް ލޯބީގެ ހަޔާތް ވަރަށް ކުލަގަދަ އެވެ. އެންމެ ފުރަތަމަ އޭނާ ރައްޓެހިވީ އެކްޓަރު ޑީނޯ މޯރިއޯ އާ އެވެ. ނަމަވެސް ޖޯން އެބްރަހަމް ފެނުނު ހިސާބުން ޑީނޯ އާއި ބިޕާޝާ ވަކިވެ އެވެ. ޖޯން އާއި ބިޕާޝާ ރައްޓެހިވެގެން އަށެއްކަ އަހަރު އުޅުނެވެ. ނަމަވެސް ކުއްލިއަކަށް ވީނުވީއެއް ނޭނގި ފެނުނީ ދެމީހުން ވަކިވީ ތަނެވެ.

ޖޯން އާ ރުޅިވުމަށްފަހު ކަރަން އާ ބައްދަލުވަންދެން ބިޕާޝާ ހުރީ މީހަކާ ރައްޓެހި ނުވެ އެވެ. އެހެންކަމުން ކަރަން އާއެކު ރަނގަޅު ދިރިއުޅުމެއް އުޅެން ބިޕާޝާ ބޭނުންވާނެ ކަމަށް ބެލެވެ އެވެ.

ނަމަވެސް ކަރަން އަކީ އަބަދުވެސް އަންހެނުން ހިތި މީހެއް ކަމަށް ލޭބަލް ކުރެވިފައިވާ މީހެކެވެ. ސުވާލަކީ ފެންނަހާ އަންހެނަކަށް ހިތް ދެމުން އައި ކަރަން ބިޕާޝާ އާއެކު މާ ގިނަ ދުވަހު ކައިވެނި ކޮށްގެން އުޅެފާނެ ހެއްޔެވެ؟ ބިޕާޝާ ދެކެ ކަރަން ވާ ލޯބި މުޅި އުމުރަށް އޮންނާނެ ހެއްޔެވެ؟ ނޫންނަމަ އަނެއްކާވެސް ބިޕާޝާއަށް ވުރެ ކަމުދާ އަންހެންކުއްޖަކު ފެނިއްޖެނަމަ ބިޕާޝާ ވަރިކޮށްލާފައި ކަރަން އެ ކުއްޖެއްގެ ފަހަތުން ހިނގައިދާނެ ހެއްޔެވެ؟

ބިޕާޝާގެ ފޭނުން އުންމީދު ކުރަނީ ބިޕާޝާ ކަހަލަ ހަރުދަނާ މީހަކާ ޖެހުމުން ކަރަން ވެސް އިސްލާހުވެ ދެ މީހުން އެކުގައި އުފާވެރި ދިރިއުޅުމެއް ހޭދަކުރާނެ ކަމަށެވެ.