09 ޖެނުއަރީ 2025
ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކައިވެނިކުރާނެ ކަމަށާއި ދިރިއުޅުމަށް އޭނާގެ ގިނަ ޕްލޭންތަކެއް އެބަހުރި ކަމަށް ބޮލީވުޑްގެ އެކްޓްރެސް އަނަންޔާ ޕާންޑޭ އިއްޔެ ބުނެފި އެވެ.
ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކައިވެނިކުރާނެ ކަމަށާއި ދިރިއުޅުމަށް އޭނާގެ ގިނަ ޕްލޭންތަކެއް އެބަހުރި ކަމަށް ބޮލީވުޑްގެ އެކްޓްރެސް އަނަންޔާ ޕާންޑޭ އިއްޔެ ބުނެފި އެވެ.
ފޯބްސް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި އަނަންޔާ ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ބައެއް ވާހަކަތައް ހިއްސާކޮށްފަ އެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އޭނާ ހާސިލްކުރަން ބޭނުންވާ ކަންކަން މިހާރު ކަނޑައަޅާފައިވާ ކަމަށް ވެސް އަނަންޔާ ބުންޏެވެ.
"އަހަރެން އުއްމީދުކުރަނީ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކައިވެންޏެއްކޮށް، އުފާވެރި، ހަމަޖެހޭ ދިރިއުޅުމެއް ފަށައި، ކުދިން ހޯދަން ވިސްނާ އަދި ގިނަ ކުއްތާތަކަކާ އެކު އުޅެން،" އެ އިންޓަވިއުގައި އަނަންޔާ ބުންޏެވެ.
އަނަންޔާ ވަނީ އޭނާގެ ކެރިއަރާ ގުޅޭ ވާހަކަތައް ވެސް ދައްކައިފަ އެވެ.
"އަހަރެން ދެކެނީ، މި ދާއިރާގައި އަހަރެން އެންމެ މަތީ ހަރުފަތަށް ދާނެ ކަމަށް. އަބަދު ވެސް ވާދަވެރިކަން އޮވޭ، އެކަމަކު މި ވަގުތު، އަހަރެން ފޯކަސް މިކުރަނީ އިތުރަށް މަސައްކަތްކުރުމަށާއި އަހަރެންގެ ހުނަރު އިތުރަށް ރަނގަޅުކުރުމަށް،" އޭނާ ބުންޏެވެ.
ކައިވެނީގެ ވާހަކަ އަނަންޔާ ދެއްކިއިރު، އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އެމެރިކާގެ ކުރީގެ މޮޑެލް ވޯކާ ބްލާންކޯއާ އެވެ.
އަނަންޔާ އާއި ވޯކާ ރައްޓެހިވެގެން އުޅޭ ކަމަށް އެންމެ ފުރަތަމަ އަޑުތައް ފެތުރުނީ މިދިޔަ އަހަރު ކުރީކޮޅުގައި ބޭއްވި އަންނަތު އަމްބާނީގެ ކައިވެނި ޕާޓީގައި އެ ދެމީހުން އެކުގައި އުޅެނިކޮށް ފެނުމުންނެވެ. އޭރު ބޮންބޭ ޓައިމްސް އިން ރިޕޯޓްކުރި ގޮތުގައި، އަނަންޔާ ވަނީ ވޯކާއަކީ އޭނާގެ ޕާޓުނަރު ކަމަށް ބުނެ އެ ޕާޓީގައި ގިނަ ބަޔަކަށް ވޯކާ ތައާރަފުކޮށްދީފަ އެވެ.
އެމެރިކާގެ ޗިކާގޯއަށް އުފަން ވޯކާއަކީ ކުރިން މޮޑެލް ކުރަން އުޅުނު މީހެކެވެ. އެކަމަކު، އޭނާ ވަނީ ފަހުން މޮޑެލް ކުރުން ހުއްޓާލައި ދިރޭތަކެއްޗަށް ފަރުވާދިނުމުގެ ދާއިރާގައި މަސައްކަތްކުރަން ފަށައިފަ އެވެ. އޭނާ މިހާރު މަސައްކަތް ކުރަނީ ވެސް އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ ހިންގާ އެނިމަލް ޝެލްޓާއެއްގަ އެވެ.
ވޯކާގެ ކުރިން އަނަންޔާ ރައްޓެހިވެގެން އުޅުނީ ބޮލީވުޑްގެ އެކްޓަރު އަދިތުޔަ ރޯއީ ކަޕޫރާ އެވެ. މިދިޔަ އަހަރުގެ މާޗު މަހު އެ ގުޅުން ނިމުމަކަށް ގެނައީ ގާތްގަނޑަކަށް ދެ އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށް ފަހު އެވެ. އެ ދެމީހުންގެ ގުޅުމަށް ވެސް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބުނެވެ.
ވިޖޭ އާއި ތަމަންނާގެ ކައިވެނި އަންނަ އަހަރު
ޖެކީ އާއި ރަކުލް ކައިވެނިކޮށްފި
ސުޝްމިތާ ކައިވެނިކުރަން ރެޑީއެއް ނޫން
ފަރުހާނާއި ޝިބާނީގެ ކައިވެނި މާޗުގައި
އަންކިތާގެ ކައިވެނި ހަދިޔާއަކީ ރާއްޖޭން ވިލާއެއް؟
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް
"ގުމް ހެ ކިސީކޭ" ގެ ދެ ތަރިން ކައިވެނިކޮށްފި
ޝޮބިތާ އާއި ނާގަ ކައިވެނިކޮށްފި
ޝޮބިތާ އާއި ނާގަގެ ކައިވެނި ޑިސެމްބަރުގައި
ޕަރީގެ ދެމަފިރިން އެނިވާސަރީ ފާހަގަކުރަން ރާއްޖޭގައި