04 ޖެނުއަރީ 2020
މީގެ ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ބޮލީވުޑްގެ ދެމަފިރިން ކަމަށްވާ ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވާ އަނެއްކާވެސް ރާއްޖޭގެ ހިތްގައިމު މަންޒަރުތަކުން އުފާ ހޯދަމުން އެބަ ގެންދެ އެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ބޮލީވުޑްގެ ދެމަފިރިން ކަމަށްވާ ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވާ އަނެއްކާވެސް ރާއްޖޭގެ ހިތްގައިމު މަންޒަރުތަކުން އުފާ ހޯދަމުން އެބަ ގެންދެ އެވެ.
މި ދެ ތަރިން ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެ އެވެ. ނަމަވެސް 2016 ގައި ކައިވެނިވެރި ދެމަފިރިންގެ ދަތުރުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކެއް އިންސްޓަގްރާމްގައި ހިއްސާކުރި އެވެ.
"ޖިސްމް" އާއި "ރާޒް" އަދި "ދޫމް 2" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅުނު ބިޝާޕާ، 40، އެންމެ ފަހުން ކުޅުނު ފިލްމަކީ ކަރަންއާ ކައިވެނިކުރުމުގެ ކުރިން ދެ މީހުން އެކީގައި ފެންނަ ބިރުވެރި ފިލްމު "އެލޯން" އެވެ.
އޭގެ ފަހުން އޭނާގެ ކެރިއަރު ވަރަށް ބޮޑަށް އަޑިއަޅާލި އެވެ. އަދި ކުޅޭނެ ފިލްމެއް މި ފަހުން އެއްގޮތަކަށް ވެސް ނުލިބެ އެވެ. އެކަމަކު ބިޕާޝާގެ އަތުގައި މި ވަގުތު "އާދަތު ޑައިރީޒް" ކިޔާ ފިލްމެއް އެބަ އޮތެވެ. އެއީ ވެސް ކަރަންއާ ކުޅޭ އެއްޗެކެވެ.
ނަމަވެސް އެ ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދުމަށް ފަހު، ބޮލީވުޑަށް ނުކުތް ކަރަން، 37، އަކީ ވެސް ބޮލީވުޑުން މާ ރަނގަޅު ފުރުސަތުތަކެއް ލިބޭ އެކްޓަރެއް ނޫނެވެ.
"ހޭޓް ސްޓޯރީ 3" އާއި "3 ދޭވް" ކުޅުނު ބަތަލް އެންމެ ފަހުން ބެލުންތެރިންނަށް ފެނުނީ ސްޓާ ޕްލަސް އިން ދައްކަމުން އަންނަ ސިލްސިލާ "ކަސޯޓީ" ގެ ބަޖާޖްގެ ރޯލުންނެވެ. އެކަމަކު އެ ކެރެކްޓާ ކުޅެން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ކަރަން ވަނީ އެ ބައި ދޫކޮށްލައިފަ އެވެ.
ބިޕާޝާއާ ކައިވެނިކުރުމުގެ ކުރިން ވެސް ކަރަން ދެ ކައިވެންޏެއް ކޮށްފައިވެ އެވެ. އެއީ ސޮނީން މިހާރު ދައްކަމުން އަންނަ ސިލްސިލާ "ބޭހަދު 2" ގެ ބަތަލާ ޖެނިފާ ވިންގެޓާއި ކުރީގެ ޓީވީ ބަތަލާ ޝްރަދާ ނިގާމެވެ.
ކަރަންއާ ކައިވެނިކުރުމުގެ ކުރިން ބިޝާޕާ އުޅުނީ ޖޯން އަބްރަހަމާއި ޑީނޯ މޯރިއޯގެ އިތުރުން މިލިންދު ސޯމަންއާ ލޯބީގެ ގޮތުން ގުޅިގެންނެވެ.
ޕަރިނީތީ ހަނީމޫނަށް ނުގޮސް ރާއްޖެ އަތުވެއްޖެ
ކަރަންއާ ކައިވެނިކުރަން ބިޕާޝާގެ އާއިލާ ނުރުހުނު
ދަރިފުޅަށް ހަ މަސް ވުމުން ރާއްޖޭން ކަރީނާގެ ފޮޓޯއެއް
ކައިވެނީގެ ހަފުލާއަކަށް ޝްރަދާގެ އާއިލާ ރާއްޖޭގައި
ކަރަންގެ އުފަން ދުވަސް ފާހަގަކުރީ ރާއްޖޭގައި
ބަތަލާ ކާޖަލްގެ ހަނީމޫން ރާއްޖޭގައި
ދަރިއަކު ހޯދާނީ ކޮންއިރަކުތޯ އަހާތީ އުނދަގޫވޭ: ބިޕާޝާ
މިރޭގެ ޝޯގައި ބިޕާޝާ އާއި ކަރަން ބައިވެރިއެއް ނުވޭ
އާ އަހަރުގެ ޝޯގައި ބިޕާޝާގެ ދެމަފިރިން ވެސް ބައިވެރިވޭ
ބިޕާޝާގެ ކައިވެނި ހަދިޔާއަކަށް ސަލްމާން ގެއެއް ދިނީތަ؟