27 ޑިސެމްބަރ 2017
އާ އަހަރު ފާހަގަކުރުމަށް އަލިމަސް ކާނިވަލުގައި ބާއްވާ ޝޯ އަށް ބޮލީވުޑްގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫ އާއި އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ ވެސް އަންނާނެ ކަމަށް އެ ޝޯ އިންތިޒާމް ކުރާ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން މިއަދު ބުނެފި އެވެ.
އާ އަހަރު ފާހަގަކުރުމަށް އަލިމަސް ކާނިވަލުގައި ބާއްވާ ޝޯ އަށް ބޮލީވުޑްގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫ އާއި އޭނާގެ ފިރިމީހާ ކަރަން ސިންގް ގްރޯވާ ވެސް އަންނާނެ ކަމަށް އެ ޝޯ އިންތިޒާމް ކުރާ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން މިއަދު ބުނެފި އެވެ.
އާދިއްތަ ދުވަހުގެ ރޭ ބާއްވާ މި ޝޯ އަށް ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާހަތު ފާތިހް އަލީ ޚާނާއި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސިންގް ވެސް އައުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް ފާހަގަ ކުރުމަށް 2015 ބޭއްވި ޝޯ އަށް ވެސް ބިޕާޝާ ރާއްޖެ އައެވެ. އެ ދަތުރުގައި ވެސް ކަރަން އޭނާއާ އެކު ބައިވެރިވި އެވެ. އެކަމަކު އޭރު އެ ދެ މީހުން ރައްޓެހިވެގެންކަން އިއުލާނު ނުކުރާތީ ޝޯގައި ކަރަން ފެނުނީ ވަރަށް ކުޑަކޮށެވެ. އަދި އެ ޝޯގައި ބިޕާޝާ ޕާފޯމެއް ވެސް ނުކުރެ އެވެ.
އާ އަހަރު ޝޯގެ ޕޯސްޓަރެއް: މި އަހަރުގެ ޝޯ ތަފާތު ވާނެ ކަމަށް އިންތިޒާމް ކުރާ ކުންފުނިން ބުނޭ
މި އަހަރުގެ ޝޯ އިންތިޒާމް ކުރާ އެމްއައިޓީޑީސީން ބުނީ އެ ޝޯގައި ބިޕާޝާ އާއި އޭނާގެ ފިިރިމީހާ ކަރަން ވެސް އައިޓަމްތަކެއް ހުށަހަޅައިދޭނެ ކަމަށެވެ.
މިދިޔަ އަހަރު ކައިވެނި ކުރި ބިޕާޝާ ބޮލީވުޑްގައި މިހާރު މާ ކާމިޔާބެއް ނޫނެވެ. އުމުރުން 38 އަހަރުގެ އެ އެކްޓްރެސް ކައިވެންޏަށް ފަހު އަދި ފިލްމެއް ނުކުޅެ އެވެ. އެކަމަކު ދެން ޝޯ އަށް އަންނަ ރާހަތަކީ ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވާ ރީތި ލަވަތަކެއް ކިޔާފައިވާ ފަންނާނެކެވެ.
މި ތަރިންގެ އިތުރުން އެމެރިކާގައި އޮންނަ ބޮލީވުޑްގެ ޑާންސް ގުރޫޕެއް ވެސް ޝޯގައި ޕާފޯމް ކުރާނެ އެވެ. އަދި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިން ވެސް ޝޯގައި ބައިވެރިވާނެ އެވެ.
އައިޓީޑީސީން ބުނީ ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްގެން މި ޝޯ ބާއްވާތީ އެހެން އަހަރުތަކަށް ވުރެ މި އަހަރުގެ ޝޯ ތަފާތު ވާނެ ކަމަށެވެ.
އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މި ޝޯ، އިށީނދެ ތިބެ ބެލުމަށް 1000 ގޮނޑިޖެހުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 8،000 އެއްހާ މީހުންނަށް ކޮޅަށް ހުރެ ޝޯ ބެލޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިރޭގެ ޝޯގައި ބިޕާޝާ އާއި ކަރަން ބައިވެރިއެއް ނުވޭ
އާ އަހަރުގެ ޝޯއަށް މިކާ ސިންގް ރާއްޖެ އަތުވެއްޖެ
ފޯރިގަދަ ޝޯއަކުން އާ އަހަރަށް ދިވެހިން ހެއްވާލައިފި
އާ އަހަރުގެ ޝޯ ވަރުގަދަ ވާނެ، ފޯރި ގަދަވާނެ
ޓޫރިޒަމް ޕްރޮމޯޓްކުރަން 100މިލިއަން ރުފިޔާ ހޭދަކުރަނީ
ކަރަންގެ އުފަން ދުވަސް ފާހަގަކުރީ ރާއްޖޭގައި
ބިޕާޝާ އާއި ކަރަން ވެސް ރާއްޖޭގައި
އާ އަހަރަށް ގިނަ ގެސްޓްހައުސްތައް ފުރިއްޖެ
އާ އަހަރު ފާހަގަކުރުމަށް ޚާއްސަ ޝޯއެއް
ހަވާޔާ އެކު ޕެރެޑައިސްގައި އާ އަހަރު ފާހަގަކުރަނީ