Roadha Mihaaru
އާ އަހަރުގެ ޝޯއަށް މިކާ ސިންގް ރާއްޖެ އަތުވެއްޖެ

އާ އަހަރުގެ ޝޯ އަށް މިކާ ސިންގް ރާއްޖެ އަތުވެއްޖެ

30 ޑިސެމްބަރ 2017

އާ އަހަރު ފާހަގަކުރަން ބާއްވާ ޝޯ ގައި ބައިވެރިވުމަށް ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސިންގް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އާ އަހަރު ފާހަގަކުރަން ބާއްވާ ޝޯ ގައި ބައިވެރިވުމަށް ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މިކާ ސިންގް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

އާ އަހަރު ފާހަގަ ކުރަން މާދަމާ ރޭ އަލިމަސް ކާނިވަލުގައި ބާއްވާ ޓޫރިސްޓް އެރައިވަލް ކައުންޓްޑައުން ޝޯ ގައި ބައިވެރިވުމަށް މިއަދު ހެނދުނު ރާއްޖެ އައި މިކާ އަކީ މަގްބޫލު ލަވަތަކެއް ކިޔައިދީފައިވާ ލަވަކިޔުންތެރިއެކެވެ.

މިކާގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ ރަހާތު ފާތިހް އަލީ ޚާނާއި ބޮލީވުޑްގެ ފިލްމީތަރި ބިޕާޝާ ބާސޫ އާއި އޭނާގެ ފިރިމީހާ ކަރަން ސިންގް ވެސް ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ. އެކަމަކު އެ ތަރިން އަދި ރާއްޖެ ނާދެ އެވެ.

މީގެ ކުރިން ވެސް އާ އަހަރު ފާހަގަކުރަން މަޝްހޫރު ތަރިން ރާއްޖެ ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ ފިލްމީތަރި ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ އޭކަން އާއި ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އާތިފް އަސްލަމާއި އިންޑިއާގެ ލަވަކިޔުންތެރިޔާ އަރްމާން މާލިކް ހިމެނެ އެވެ.

މިފަހަރުގެ ޝޯ އިންތިޒާމް ކުރަނީ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިންނެވެ.