ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރް އާ އަހަރު ފާހަގަކުރަން ރާއްޖެ އަތުވެއްޖެ އެވެ.
ބޮލީވުޑްގެ އެކްޓަރު ޝާހިދު ކަޕޫރް އާ އަހަރު ފާހަގަކުރަން ރާއްޖެ އަތުވެއްޖެ އެވެ.
ޝާހިދު ރާއްޖޭގެ ރިސޯޯޓެއްގެ ޕޫލަކަށް އެރިގެން ހުރެ ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ ހިއްސާކޮށްފައިވެ އެވެ.
"އިޓް އޯލް ސްޓާޓްސް ޓުމޯރޯ... ވެއިޓިން،" އެ ފޮޓޯގެ ކެޕްޝަންގައި އޭނާ ލިޔެފައިވެ އެވެ.
ޝާހިދު އާއި އޭނާގެ އާއިލާ އާ އަހަރުގެ ޗުއްޓީއަށް ރާއްޖެ އައީ މީގެ ދެތިން ދުވަސް ކުރިންނެވެ. އެ އާއިލާ ތިބީ މާލެ އަތޮޅުގައި އޮންނަ ޕަޓީނާ މޯލްޑިވްސް ރިސޯޓުގަ އެވެ.
ޝާހިދާއި އޭނާގެ އަނބިމީހާ މީރާ ރާޖުޕުތު ކަޕޫރްގެ އިތުރުން އެމީހުންގެ ދެ ދަރިން ކަމަށްވާ މީޝާ އާއި ޒައިން ވަނީ 2021 ވަނަ އަހަރު ވެސް ޗުއްޓީއަށް ރާއްޖެ އައިސްފަ އެވެ. އެ ފަހަރު އެ އާއިލާ ތިބީ ބ. އަތޮޅުގައި އޮންނަ ސޮނެވާ ރިސޯޓުގެ އަގުބޮޑު ވޯޓާ ވިލާއެއްގަ އެވެ.
މީރާ ވެސް ވަނީ މި ދަތުރުގެ ބައެއް ފޮޓޯތައް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށްފަ އެވެ.
ޝާހިދު ރާއްޖެ އައިރު، އޭނާ އަންނަނީ މި މަހު 30 ގައި ރިލީޒްކުރާ އޭނާގެ އާ ފިލްމު "ދޭވާ"އަށް ވެސް ތައްޔާރުވަމުންނެވެ. އެކްޝަން ތުރިލާ އެ ފިލްމުގެ ހުރިހާ މަސައްކަތެއް މިހާރު އޮތީ ނިމިފަ އެވެ. އެހެންވެ، ބެލެވޭ ގޮތުގައި އޭނާ ރާއްޖެ މި އައީ ފިލްމުގެ ޕްރޮމޯޝަން ފެށުމުގެ ކުރިން އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލާށެވެ.
ކެޓްރީނާ އާއި ވިކީ ވެސް ރާއްޖޭގައި
މިރޭގެ ޝޯގައި ބިޕާޝާ އާއި ކަރަން ބައިވެރިއެއް ނުވޭ
އާ އަހަރުގެ ޝޯއަށް މިކާ ސިންގް ރާއްޖެ އަތުވެއްޖެ
އާ އަހަރުގެ ޝޯގައި ބިޕާޝާގެ ދެމަފިރިން ވެސް ބައިވެރިވޭ
ކަރީނާ އާއި ޝާހިދު އެކުގައި ފެނުމުން އުފާވެއްޖެ
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
ކާންޔޭ އާ އަހަރު ފެށީ ރާއްޖޭގައި
އާރޮންގެ އަންހެނުން ރާއްޖެ އައިސް ފީނަން ދަސްކޮށްފި
އާ އަހަރަށް ޓޫރިޒަމްގެ ހިސާބުތައް ދައްކަނީ ކިހިނެއް؟
އާ އަހަރަށް މަހުޖަނުންގެ ޖެޓުތައް ރާއްޖެ އަށް