30 ޖުލައި 2022
މީގެ ހަ އަހަރު ކުރިން ކައިވެނިކުރި ބޮލީވުޑްގެ ތަރި، ބިޕާޝާ ބާސޫ އާއި އޭނާގެ ފިރިމީހާ، ކަރަން ގްރޫވާ އަށް ދަރިއަކު ލިބެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ ހަ އަހަރު ކުރިން ކައިވެނިކުރި ބޮލީވުޑްގެ ތަރި، ބިޕާޝާ ބާސޫ އާއި އޭނާގެ ފިރިމީހާ، ކަރަން ގްރޫވާ އަށް ދަރިއަކު ލިބެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ، "ޕިންކްވިލާ" އިން ބުނާގޮތުގައި ބިޕާޝާ އާއި ކަރަން އަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން އެ މީހުން ރަސްމީކޮށް އިއުލާނު ނުކުރިޔަސް އެކަން ގާތް ރައްޓެހިން ކަށަވަރުކޮށް ދެ އެވެ.
ބޮލީވުޑްގެ އެންމެ ހޮޓް އެއް ޖޯޑުގެ ގޮތުގައި ފާހަގަކުރާ ބިޕާޝާ އާއި ކަރަން ދިމާވީ 2014 ގައި، އެ މީހުން އެކުގަައި މަސައްކަތް ކުރި ފިލްމު "އެލޯން" ގެ ސެޓުންނެވެ. ފިލްމުގެ ޝޫޓިންތަކަށް ފަހު ދެ މީހުން ތިބީ ގާތް ރައްޓެހިންގެ ގޮތުގައި ކަމަށް ވިޔަސް ފަހުން ލޯބިވެވުނީ ކަމަށް ވެ އެވެ. އެ މީހުން ކައިވެނިކުރީ 2016 ވަނަ އަހަރު އެވެ.
މިއީ ބިޕާޝާގެ ފުރަތަމަ ކައިވެންޏެވެ. އެކަމަކު ބިޕާޝާއާ ކައިވެނި ކުރުމުގެ ކުރިން ކަރަން ވަނީ އިތުރު ދެ މީހަކާ ކައިވެނިކޮށްފަ އެވެ. އެއީ 2008-2009 އަށް ޓީވީ ތަރި ޝްރައްދާ ނިގަމް އާއި 2012 އިން 2014 އަށް މަޝްހޫރު ޓީވީ ތަރި ޖެނިފާ ވިންގެޓްއާ އެވެ. އެކަމަކު އެ އިން އެއްވެސް ކައިވެންޏަކަށް ކަރަން އަށް ދަރިއަކު ނުލިބެ އެވެ.
ބިޕާޝާ އާއިލާއާ އެކު ރެޑިސަން ބްލޫ މޯލްޑިވްސްގައި
ބިޕާޝާ ބާސޫގެ ދަރިފުޅަށް ކިޔަނީ "ދޭވީ"
ކަރަންއާ ކައިވެނިކުރަން ބިޕާޝާގެ އާއިލާ ނުރުހުނު
"ކަލް ހޯ ނާ ހޯ" ލިޔަން އަނޫރާގަށް ލިބުނު
"ދޫމް" ފްރެންޗައިޒުން އަބީޝެކް ދެން ނުފެނިދާނެ
ޖޯން ބޮލީވުޑަށް ނެރުނު ބަޓް ކޭމްޕްގެ ފިލްމަކަށް އަލުން
އާޝާގެ މާމަދަރިޔަކު ބޮލީވުޑަށް ނެރޭނީ ބަންސާލީ
ރަމޭޝްގެ "ރޭސް 4" އަށް ތައްޔާރުވަނީ
"ދޫމް 4" ކުޅޭ ވާހަކަ އަކީ ދޮގެއް: އަކްޝޭ
ބިޕާޝާ އާއިި ރަންބީރްގެ އިޝްތިހާރެއް