ބޮލީވުޑްގެ ތަރި، ބިޕާޝާ ބާސޫ އާއިލާއާ އެކު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.
ބޮލީވުޑްގެ ތަރި، ބިޕާޝާ ބާސޫ އާއިލާއާ އެކު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.
ބިޕާޝާ އާއި އޭނާގެ ފިރިމީހާ، ކަރަން ސިންގް ގްރޯވާ އަދި އެ ދެމަފިރިންގެ ދަރިފުޅު، ދޭވީ ޗުއްޓީ ހޭދަކުރަމުން އަންނަނީ އދ. އަތޮޅުގައި އޮންނަ ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓުގަ އެވެ. އެމީހުން ރާއްޖެ އައީ މިދިޔަ ހުކުރު ދުވަހު އެވެ.
ބިޕާޝާ ބާސޫ ރާއްޖޭގައި: އާއިލާއާ އެކު އޭނާ އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން.
ރާއްޖެ އައިސް ވެލާނާ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލް އާއި ރިސޯޓުގައި ނަގާފައިވާ ބައެއް ވީޑިއޯތައް ބިޕާޝާ ވަނީ އިންސްޓަގްރާމްގައި ޕޯސްޓުކޮށްފަ އެވެ.
ބިޕާޝާ އާއި ކަރަން ވަނީ ކުއްޖެއް ލިބުމުގެ ކުރިން ވެސް އެކި ފަހަރު މަތިން ރާއްޖެ އައިސްފަ އެވެ. އެމީހުން ޗުއްޓީ އަށް އައި ފަހަރަކު، 2018 ވަނަ އަހަރު އާ އަހަރު ފާހަގަކުރަން މާލޭގައި ބޭއްވި ޝޯއަކަށް ވެސް ދައުވަތު ދީގެން ގެނަ އެވެ.
ކުއްޖަކު ލިބުނު ފަހުން ބިޕާޝާ އުޅެނީ ފިލްމީ މަސައްކަތްތަކާ ދުރުގަ އެވެ.
ދާއިރާއާ ދުރުގައި އުޅެނީ ކީއްވެގެންތޯ ބައެއް ފޭނުން އެހެމުން މިދިޔަ ދިޔަ އޮގަސްޓް މަހު ބިޕާޝާ ބުނި ގޮތުގައި އެއީ އޭނާގެ ދަރިފުޅަށް ވަގުތު ދިނުމަށެވެ. އަދި އޭނާގެ ދަރިފުޅު އުފަންވި އިރު، ހިތުގައި ދެ ލޯވަޅު ހުރި ކަމަށާއި އެކަމާ ގުޅިގެން ސާޖަރީއެއް ހަދަން ޖެހުމުން ވެސް ދާއިރާއާ ދުރުގައި ހުންނަން ޖެހުނީ އެވެ.
ރިތިކްގެ އެޕާޓްމަންޓެއް ލޯބިވެރިޔާއަށް ކުއްޔަށް ދީފި
ބިޕާޝާއަށް މަލާމާތްކުރި މުރްނާލް މާފަށް އެދިއްޖެ
ކެޓްރީނާ މާބަނޑު ކަމަށް އަޑު ފެތުރިއްޖެ
ދަނުޝް އާއި މުރްނާލްގެ ސިއްރު ގުޅުމެއް؟
ހީނާ އާއި ރޮކީ ކައިވެނިކޮށްފި
އާމިރް އޭނާގެ އާ ލޯބިވެރިޔާ ގޮވައިގެން އިވެންޓަކަށް
އާމިރް އާ ލޯބިވެރިޔަކު ހޯދައި އެދުނީ އޯގާތެރިވާން
ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ
ސިޑް އާއި ކިއާރާ އަށް ކުއްޖަކު ލިބެނީ
ކެޓްރީނާ އާއި ވިކީ ވެސް ރާއްޖޭގައި