ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަންގެ އެޕާޓްމަންޓެއް 13،000ރ. ގެ ކުއްޔަކަށް އޭނާގެ ލޯބިވެރިޔާއަށް ދީފި އެވެ.
ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަންގެ އެޕާޓްމަންޓެއް 13،000ރ. ގެ ކުއްޔަކަށް އޭނާގެ ލޯބިވެރިޔާއަށް ދީފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އިންޑިއާގެ މުމްބާއީގައި ޖޫހޫ ސަރަހައްދުގައި ހުންނަ ރިތިކް ބީޗް ފްރޮންޓް ލަގްޒަރީ އެޕާޓްމަންޓެއް އޭނާގެ ލޯބިވެރިޔާ އަދި ލަވަކިޔުންތެރިޔާ/އެކްޓްރެސް ސަބާ އާޒާދަށް ވަނީ ކުއްޔަށް ދީފަ އެވެ. ސަބާއަށް އެ އެޕާޓްމަންޓް ކުއްޔަށް ދިނީ މަހަކު 75،000 ރުޕީސް (13،178ރ.) އަށް ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އެތަން ކުއްޔަށް ދިނުމަށް ރިތިކް ސަބާއާ އެކު އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށާއި ޑިޕޮސިޓުގެ ގޮތުގައި ސަބާ 1.25 ލައްކަ ރުޕީސް (21،963 ރުފިޔާ) ދައްކާފައިވާ ކަމަށް ވެސް ނޫސްތަކުގައި ބުނެފައިވެ އެވެ.
އެ އެޕާޓްމަންޓަކީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރިތިކް ގަތް އެއް އިމާރާތެއްގައި ހުރި ތިން އެޕާޓްމަންޓުގެ ތެރެއިން އެއް ތަނެވެ. އެ އިމާރާތުގެ 18، 19 އަދި 20 ވަނަ ފުލޯ އޭނާ ގަތީ 97.5 ކްރޯޑް ރުޕީސް (17.1 މިލިއަން ރުފިޔާ) އަށެވެ.
ރިތިކް އާއި ސަބާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ރަސްމީކޮށް ހާމަކުރީ ބޮލީވުޑްގެ ޑައިރެކްޓަރު ކަރަން ޖޯހަރުގެ 50 ވަނަ އުފަންދުވަސް ފާހަގަކުރުމަށް 2022 ވަނަ އަހަރު ބޭއްވި ޕާޓީގަ އެވެ. އޭގެ ފަހުން ދެ މީހުން އެކުގައި ވަގުތު ހޭދަކޮށް، ސޯޝަލް މީޑިއާގައި ޕޯސްޓުތައް ވެސް ކުރެ އެވެ.
ރިތިކް ކުރިން ކައިވެނިކޮށްގެން އުޅުނީ ސުސޭން ޚާންއާ އެވެ. އެކުގައި 14 އަހަރު އުޅުމަށް ފަހު އެމީހުން ވަކިވީ 2014 ވަނަ އަހަރު އެވެ. އެ ކައިވެންޏަށް ދެ ކުދިން ތިބެ އެވެ.
ރިތިކްއަކީ ބޮލީވުޑްގެ އެންމެ މުއްސަނދި އެކްޓަރުންގެ ތެރެއިން އެކަކެވެ. އޭނާގެ މިލްކިއްޔާތު 3،100 ކްރޯޑް ރުޕީސް (5.4 ބިލިއަން ރުފިޔާ) އަށް އަރަ އެވެ.
ކެޓްރީނާ މާބަނޑު ކަމަށް އަޑު ފެތުރިއްޖެ
"ކޫލީ" އާއި "ވޯ 2" ވަރަށް ވާދަވެރިވާނެ
ދަނުޝް އާއި މުރްނާލްގެ ސިއްރު ގުޅުމެއް؟
ހީނާ އާއި ރޮކީ ކައިވެނިކޮށްފި
އާމިރް އޭނާގެ އާ ލޯބިވެރިޔާ ގޮވައިގެން އިވެންޓަކަށް
ރިތިކް ނިއުޔޯކަށް ގޮސް ޕްރިޔަންކާއާ ބައްދަލުކޮށްފި
އާމިރް އާ ލޯބިވެރިޔަކު ހޯދައި އެދުނީ އޯގާތެރިވާން
ކައިވެނިކުރަން އުޅުނު ވިޖޭ އާއި ތަމަންނާ ވަކިވެއްޖެ
ސިޑް އާއި ކިއާރާ އަށް ކުއްޖަކު ލިބެނީ
ކެޓްރީނާ އާއި ވިކީ ވެސް ރާއްޖޭގައި