27 އެޕްރީލް 2018
ކ. ފުނަދޫގައި އެސްޓީއޯ އިން އަލަށް ހެދި ހަތަރު ޓޭންކާއެކު ތެޔޮ ރައްކާކުރެވޭ މިންވަރު ދެ ގުނަ އިތުރުވެއްޖެ އެވެ.
ކ. ފުނަދޫގައި އެސްޓީއޯ އިން އަލަށް ހެދި ހަތަރު ޓޭންކާއެކު ތެޔޮ ރައްކާކުރެވޭ މިންވަރު ދެ ގުނަ އިތުރުވެއްޖެ އެވެ.
ފުނަދުއަކީ އެސްޓީއޯއިން ރާއްޖެ ގެންނަ ތެޔޮ ރައްކާ ކުރުމަށްޓަކައި، އެންމެ ބޮޑު ސްޓޯރޭޖް ހަދާފައިވާ ތަން ކަމަށް ވާއިރު، އެ ރަށުގައި މީގެ ކުރިން ހުރީ ޖުމްލަ 24،000 ޓަނުގެ ތެޔޮ ރައްކާ ކުރެވޭ އެކި ސައިޒުގެ 10 ޓޭންކެވެ. އެސްޓީއޯގެ އިސް އޮފިޝަލަކު ވިދާޅުވީ އަލަށް ހެދި ހަތަރު ޓޭންކާއެކު އެ ކުންފުނީގެ ތެޔޮ ރައްކާކުރެވޭ ޖާގަ ދެ ގުނަ އިތުރުވެފައިވާ ކަމަށެވެ.
"މިއީ ތެޔޮ ރައްކާކުރުމުގެ ޖާގަ އިތުރުކުރަން ފަހުގެ ތާރީހެއްގައި އަޅުގަނޑުމެން ހިންގި އެންމެ ބޮޑު ޕްރޮޖެކްޓް. އެ ޕްރޮޖެކްޓް ނިމި މިހާރު ވަނީ އެ ޓޭންކުތަކުގައި ތެޔޮ ރައްކާކުރަން ފަށާފައި،" އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް ދިހަ މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހިންގި މަޝްރޫއުގެ ދަށުން އަލަށް ހެދި ހަތަރު ޓޭންކާ އެކު ފުނަދޫގައި 48،000 ޓަނުގެ ޑީސަލް ރައްކާ ކުރެވޭއިރު، 10،000 ޓަނުގެ ޕެޓްރޯލް ރައްކާ ކުރެވެ އެވެ. އެ މަޝްރޫއުގެ ދަށުން ފުނަދޫގައި ތެޔޮ ރައްކާ ކުރުމުގެ ޖާގަ ބޮޑުކުރުމުގެ އިތުރުން، ތެޔޮ ޓޭންކަރުތައް ކައިރި ކުރަން ބޭނުންކުރާ މަގަތު ފާލަން މަރާމާތު ކުރުމުގެ މަސައްކަތް ކުރުން ވެސް ހިމެނެ އެވެ.
އެ ކުންފުނިން ވަނީ ރާއްޖެއަށް ތެޔޮ އުފުލަން 25،000 ޓަނުގެ ތެޔޮ ޓޭންކަރެއް ވެސް ގެނެސްފަ އެވެ. އެ ކުންފުނިން މީގެ ކުރިން ބޭނުންކުރީ 7،000 ޓަނުގެ ތެޔޮ އުފުލޭވަރުގެ ކުޑަ ޓޭންކަރެކެވެ.
ފުނަދޫގެ 4 ތެޔޮ ޓޭންކްގެ މަސައްކަތް އަންނަމަހު ނިމޭނެ
"ތެޔޮ ރައްކާކުރަން މާގިރި ފަޅު 18 މަހުން ހިއްކާނެ"
އެސްޓީއޯއިން 25،000 ޓަނުގެ ތެޔޮޓޭންކަރެއް ގެނެސްފި
އެސްޓީއޯ ރޭޓުން އިތުރު 4 ތަނަކުން ތެޔޮ ދޭން ފަށަނީ
ހުރިހާ އަތޮޅެއްގައި އެސްޓީއޯގެ ރޭޓުން ތެޔޮ ވިއްކަނީ
ފުނަދޫގެ ފިއުލް ސްޓޯރޭޖު މާގިރިފަޅަށް ބަދަލުކުރަނީ
ހަ މަހަށް ފަހު އަނެއްކާ ވެސް ތެލުގެ އަގު ހެޔޮކޮށްފި
އެސްޓީއޯ އިން އަނެއްކާ ވެސް ތެލުގެ އަގު ހެޔޮކޮށްފި
އެސްޓީއޯ/އެމްއޭސީއެލްގެ ތެލުގެ އެއްބަސްވުން އާކޮށްފި
ރިސޯޓްތަކަށް ތެޔޮ ވިއްކަނީ ޑޮލަރުން: އެސްޓީއޯ