13 އެޕްރީލް 2024
ތެޔޮ ރައްކާކުރަން ތިލަފުށި ކައިރީގައި އޮންނަ މާގިރި ފަޅު ހިއްކައިގެން އެ ސަރަހައްދު ތަރައްގީ ކުރަން 18 މަސް ތެރޭގައި ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ތެޔޮ ރައްކާކުރަން ތިލަފުށި ކައިރީގައި އޮންނަ މާގިރި ފަޅު ހިއްކައިގެން އެ ސަރަހައްދު ތަރައްގީ ކުރަން 18 މަސް ތެރޭގައި ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ތެލުގެ ވިޔަފާރިއަކީ އެސްޓީއޯ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރި ކަމަށާއި ތެޔޮ ރައްކާކުރުމުގެ މައްސަލަތައް އެބަހުރި ކަމަށެވެ. ޝިމާދު ވިދާޅުވީ، މާލެ ކައިރީގައި އޮންނަ ފުނަދޫގެ ޖާގަ ކުޑަވުމުގެ ސަބަބުން އިތުުރު ސްޓޯރޭޖުގެ ޖާގަ ހެދުމަށް ދަތިތައް އެބަހުރި ކަމަށެވެ.
"މިސާލަކަށް 50،000 ޓަނު، 80،000 ޓަނުގެ ވެސަލްއެއް ނުގެނެވޭ. ހާއްސަކޮށް ފުނުދޫ ކުޑަވުމުން،" އޭނާ ވިދާޅުވި އެވެ.
ޝިމާދު ވިދާޅުވީ، ފުނަދޫގެ ތެލުގެ ސްޓޯރޭޖު ރީލޮކޭޓުކޮށް އެ ރަށް ފައިނޭންޝަލް ސެންޓަރަކަށް ހެދުމަކީ މި ސަރުކާރުގެ ވިސްނުމެއް ކަމަށެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު
މާގިރި ފަޅު ހިއްކުމަށް ވަގުތު ނަގާނެ ކަމަށާއި ނަމަވެސް ތެޔޮ ރައްކާކުރަން ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދޭނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ދާއިރާގެ ތަޖުރިބާކާރުންގެ އެހީގައި އަލަށް ހަދާ ތަނުގައި ރަނގަޅު ފެންވަރުގެ ޓާމިނަލެއް ވެސް ހަދާނެ ކަމަށެވެ.
"ކެޕޭސިޓީ އިތުރު ކުރުމަކީ ވިޔަފާރި އަށް ވަރަށް މުހިއްމު ކަމެއް. އޯވަރޯލް ކޮސްޓް ވަރަށް ބޮޑަށް ކުޑަކުރެވޭނެ،" ޝިމާދު ވިދާޅުވި އެވެ.
ފުނަދޫގައި މިހާރު ގާތްގަނޑަކަށް 50،000 ޓަނުގެ ޑީސަލާއި 10،000 ޓަނުގެ ޕެޓްރޯލް ރައްކާ ކުރެވެ އެވެ.
އެސްޓީއޯ އިން ގެންނަ ތެލުގެ ބޮޑުބައި ހޭދަކުރަނީ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ދިނުމަށެވެ.
ތެލުގެ ވިޔަފާރިން 2022 ވަނަ އަހަރު އެ ކުންފުންޏަށް ވަނީ 13.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. ޝިމާދު ވިދާޅުވީ، އެސްޓީއޯގެ އާމްދަނީގެ ބޮޑު ހިއްސާއަކީ ތެލަށް ވީ ނަމަވެސް، ތެލުގެ ވިޔަފާރިން ފައިދާ ލިބެނީ ކުޑަ އަދަދެއް ކަމަށެވެ. ސަބަބަކީ، އެތެރެކުރާ ތެލުގެ ބޮޑު ބައެއް ކަރަންޓުގެ ހިދުމަތަށް ހޭދަކުރުމެވެ.
ހުރިހާ އަތޮޅެއްގައި އެސްޓީއޯގެ ރޭޓުން ތެޔޮ ވިއްކަނީ
ހަ މަހަށް ފަހު އަނެއްކާ ވެސް ތެލުގެ އަގު ހެޔޮކޮށްފި
ތިން ހަފުތާގައި ދެވަނަ ފަހަރަށް ތެލުގެ އަގު ބޮޑުކޮށްފި
ފުނަދޫގައި ތެޔޮ ރައްކާކުރެވޭ މިންވަރު ދެގުނަ އިތުރު
ފުނަދޫގެ 4 ތެޔޮ ޓޭންކްގެ މަސައްކަތް އަންނަމަހު ނިމޭނެ
އެސްޓީއޯގެ މީހުން ޚިޔާނާތްވީ ކަމަށް ބެލެވޭ: މެރީޑިއަމް
އެމްއޭސީއެލް/އެސްޓީއޯ ތެލުގެ އާ އެއްބަސްވުމަކަށް
އެސްޓީއޯ ރޭޓުން އިތުރު 4 ތަނަކުން ތެޔޮ ދޭން ފަށަނީ
އިކޮނޮމިކްގޭޓްވޭގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި
ފެނަކައިގެ ޗެއާޕާސަނަކަށް ޝިމާދު އައްޔަންކޮށްފި