21 ޖުލައި 2016
ކުރީގެ ކަރުދާސް ނޫޓު ސީރީޒްގެ ތެރެއިން 5ރ. ފިޔަވައި އެެހެން ނޫޓުތައް ރަންދިހަފަހެއްގެ ނޫޓުތަކަށް ބަދަލު ކޮށްދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބައެއް އަތޮޅުތަކަށް ދަތުރުކުރަން ނިންމައިފި އެވެ.
ކުރީގެ ކަރުދާސް ނޫޓު ސީރީޒްގެ ތެރެއިން 5ރ. ފިޔަވައި އެެހެން ނޫޓުތައް ރަންދިހަފަހެއްގެ ނޫޓުތަކަށް ބަދަލު ކޮށްދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބައެއް އަތޮޅުތަކަށް ދަތުރުކުރަން ނިންމައިފި އެވެ.
އެ އޮތޯރިޓީން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ބައެއް ރަށްރަށުގައި އަދިވެސް ކޮންމެވެސް ވަރަކަށް ވިޔަފާރީގެ މުއާމަލާތްތަކުގައި ކުރީގެ ނޫޓު ބޭނުން ކުރާ ކަމަށެވެ.
ކަރުދާސް ނޫޓުގެ 5ރ. ފިޔަވައި އެހެން ނޫޓުތައް ބޭނުން ކުރެވޭނީ މި މަހުގެ ނިޔަލަށެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި ކުރީގެ ނޫޓު އަދިވެސް ބޭނުންކުރާ ކަމަށް މައުލޫމާތު ލިބިފައި ވަނީ ހއ، ހދ، ށ، ނ އަދި ރ އަތޮޅުގެ ބައެއް ރަށްރަށުގަ އެވެ.
އަދި ކަރުދާސް ނޫޓުތައް ފަސޭހައި ބަދަލު ކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް، މި މަހު 21-29 އަށް އެ އަތޮޅުތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތައް ނުހުންނަ ރަށްތަކަށް އެމްއެމްއޭ އިން ޒިޔާރަތްކުރާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
ނަސީރުގެ ސޮޔާއެކު 10ރ. އަދި 100ރ.ގެ އާ ނޫޓު ނެރެފި
10ރ. އާއި 100ރ.ގެ ނޫޓު އަލުން ޗާޕްކޮށްފި
ކުރީގެ ފަސް ރުފިޔާގެ 79 ޕަސެންޓް ބަދަލުނުކުރެވި
ފަސް ރުފިޔާގެ އާ ނޫޓު ބޭނުންކުރަން ފަށައިފި
ފަސް ރުފިޔާގެ އާ ނޫޓު މާދަމާ ބޭނުންކުރަން ފަށަނީ
ފަސް ރުފިޔާގެ އާ ނޫޓާ އެކު ދަގަނޑޭ ތާރީހުގެ ތެރެއަށް
ފަސް ރުފިޔާގެ ފައިސާ ފޮތި ނުނެރެ، ކަރުދާސް ނޫޓެއް
ކުރީގެ ނޫޓުތައް ޖުލައި މަހުގެ ނިޔަލަށް ބޭނުންކުރެވޭ
ސްޓޮކް މަދުވުމުން 50ރ. ގެ ނޫޓް އަލުން ޗާޕުކޮށްފި
އަލީ ހާޝިމް، ނޫޓުގައި ފުރަތަމަފަހަރަށް ސޮއިކުރައްވައިފި