Roadha Mihaaru
ސްޓޮކް މަދުވުމުން 50ރ. ގެ ނޫޓް އަލުން ޗާޕުކޮށްފި

ސްޓޮކް މަދުވުމުން 50ރ. ގެ ނޫޓް އަލުން ޗާޕުކޮށްފި

26 ސެޕްޓެމްބަރ 2022

"ރަންދިހަފަހެއް" ފައިސާ ނޫޓު ސީރީޒްގައި ހިމެނޭ 50ރ. ގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޗާޕުކޮށްގެން ގެނެސްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

"ރަންދިހަފަހެއް" ފައިސާ ނޫޓު ސީރީޒްގައި ހިމެނޭ 50ރ. ގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން އަލުން ޗާޕުކޮށްގެން ގެނެސްފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އަލަށް ޗާޕުކުރި ނޫޓުތައް އިއްޔެ ރާއްޖެ ގެނެސްފައިވާ ކަމަށާއި މިހާރު އެ ފައިސާ ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ.

އަލުން ޗާޕުކޮށްގެން ގެނައީ ކިހާ ފައިސާއެއް ކަމެއް އެ އޮތޯރިޓީއަކުން ނުބުނެ އެވެ.

ކަރުދާސް ނޫޓް ބޭނުންކުރުން ހުއްޓާލައި، ރަންދިހަފަހެއް ސީރީޒްގެ ޕޮލިމާ ނޫޓް ބޭނުންކުރަން ފެށީ 2015ގަ އެވެ. ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް، ފޮލިމާ ކަރުދާހުގައި ހަދާފައިވާ އެ އާ ނޫޓް ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000ރ. ގެ ނޫޓެވެ.

ރާއްޖޭގައި ކުރިން ބޭނުންކުރަމުން އައި ކަރުދާސް ނޫޓުތައް، އާ ނޫޓަށް ބަދަލުކޮށްދިނުން އެއްކޮށް ހުއްޓާލީ މިދިޔަ އަހަރު އެވެ.

މިދިޔަ ޖުލައި މަހު އެމްއެމްއޭ އިން ދިވެހި ފައިސާގެ ނިޝާން ވެސް ތައާރަފުކޮށްފައިވާއިރު، އަލަށް ޗާޕުކުރާ ނޫޓުތަކުގައި އެ ނިޝާން ހިމެނޭނެ ކަމަށް ބުނެފައިވެ އެވެ.