Roadha Mihaaru
ޓެރަރިޒަމްގެ އަމަލުތައް ބަލައެއް ނުގަނެވޭނެ: މަންސޫރު

ހުޅުޖެހުން ފަދަ ޓެރަރިޒަމްގެ އަމަލުތައް ބަލައެއް ނުގަނެވޭނެ: ޖެނެރަލް މަންސޫރު

11 މާޗް 2018

ގައުމުގެ ހަމަޖެހުން ނަގާލައި، އެކި ތަންތަނުގައި ހުޅުޖަހައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަ ޖެނެރަލް، ބްރިގޭޑިއަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގައުމުގެ ހަމަޖެހުން ނަގާލައި، އެކި ތަންތަނުގައި ހުޅުޖަހައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓަ ޖެނެރަލް، ބްރިގޭޑިއަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު މިއަދު ވިދާޅުވެއްޖެ އެވެ.

ޖެނެރަލް މަންސޫރު، މަސައްކަތުން އެކަހެރިކޮށް ސިފައިންގެ މައި މަރުކަޒުގައި ބަންދުކޮށްފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށް، އެންސީޓީސީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އޭނާ ވަނީ، ގައުމުގެ ހަމަޖެހުން ނަގާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ އެ ކަންކަމާ މެދު ރައްޔިތުން ސަމާލުވާން އެދިވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވީ ގައުމުގެ އަމާންކަމާއި މަސްލަހަތު ނަގާލައި، އިސްލާމް ދީނަށް ފުރައްސާރަ ކުރަން ބަޔަކު ކުރަމުންދާ މަސައްކަތަށް ޖާގަ ދީގެން ނުވާނެ ކަމަށެވެ.

މަންސޫރު ވިދާޅުވި ގޮތުގައި، އެހެން ގައުމުތަކާ ޚިލާފަށް ދިވެހިންނަށް ބޮޑެތި ނިއުމަތްތަކެއް މާތްﷲ ދެއްވާފައިވާ އިރު، ބައެއް ދިވެހިން އެކަމެއް ނުދަނެ އެވެ. ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރަމުންދަނީ އެ ނިއުމަތުގެ މަތިން ހަނދާން ނައްތާލުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.

އެންސީޓީސީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އާއި ޒަކަރިއްޔާ މަންސޫރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެންސީޓީސީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އާއި ޒަކަރިއްޔާ މަންސޫރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"އެއްވެސް ކަހަލަ ޓެރަރިޒަމްގެ ނުރައްކަލެއް ރާއްޖެ އަށް އަޔަ ނުދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ. އޭގެ ތެރޭގައި، ދީނީ އެކިއެކި ބައިބައިވުންތައް، އެހެން ދީންތައް ރާއްޖެ އަށް ގެނައުމުގެ މަސައްކަތް ކުރުން، ދީނަށް ފުރައްސާރަކުރުން ފަދަ ކަންތައްތަކަކީ އަޅުގަނޑުމެންގެ ތެރޭގައި އުފެދިގެން އަންނަ ވަރަށް ގޯސް ކަންކަން،" މަންސޫރު ވިދާޅުވި އެވެ.

ދިވެހިންގެ ތެރެއަށް އެހެން ދީންތައް ގެނައުމުގެ ފިކުރާއި ހިޔާލު ބައެއް ދިވެހިންގެ ތެރޭގައި އޮތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި އެ ކަންކަމާ މެދު ވިސްނަން ޖެހޭ ކަމަށް ވެސް މަންސޫރު ވިދާޅުވި އެވެ. ދީނީ ތަފާތުވުންތަކާ ހެދި، ބޮޑެތި މައްސަލަަތަކެއް ގައުމުތަކުގައި އުފެދިގެންދާ ކަން ފާހަގަކުރައްވަމުން، މިސާލެއްގެ ގޮތުން ދެއްކެވީ ސްރީ ލަންކާ އެވެ.

ލަންކާގެ ކެންޑީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ޖެހުނީ، މުސްލިމުންނާއި ބުޑިސްޓުންނާ ދެމެދު އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން ކަން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހި ސިފައިން މަސައްކަތް ކުރަނީ، ގައުމީ ސަލާމަތުގެ ދިފާއުގައޭ ބުނުމުން މާނައަކީ، ބަޑި އާއި އެ ނޫން ވެސް ހަނގުރާމަމަތީގެ އާލާތްތައް އުފެއްދުމެއް ނޫނެވެ. ގައުމީ މަސްލަހަތުގެ މާނައަކީ ހަމަޖެހޭ މުޖުތަމައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމަޖެހޭ މުޖުތަމައެއް ނެތް ކަމަށް ވަންޏާ، އޭގެ ތެރެއިން ކުރިފަޅައިގެން މިދަނީ، ބޭނުން ނުވާ އެތައް ކަމެއް. އެކިއެކި ފިކުރު، އެކިއެކި އަމަލު އެކިއެކި ހާދިސާތައް،" އޭނާ ވިދާޅުވި އެވެ.