08 މާޗް 2018
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ފިރިމީހާއާ ބައްދަލުކުރަން ދިޔަ އަންހެނަކު، އޭނާގެ ހެދުމުގެ ތެރޭގައި ފޮރުވައިގެން މަނާ އެއްޗެހިތަކެއް ޖަލަށް ވައްދަން އުޅެނިކޮށް ރޭ ހައްޔަރުކޮށްފި އެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ފިރިމީހާއާ ބައްދަލުކުރަން ދިޔަ އަންހެނަކު، އޭނާގެ ހެދުމުގެ ތެރޭގައި ފޮރުވައިގެން މަނާ އެއްޗެހިތަކެއް ޖަލަށް ވައްދަން އުޅެނިކޮށް ރޭ ހައްޔަރުކޮށްފި އެވެ.
އެގާރަ މަހުގެ ކުޑަ ދަރިފުޅު ގޮވައިގެން، ޖަލުގައި ހުރި މީހާގެ ގާތަށް އެކަހެރި ބައްދަލުވުމަށް ދިޔަ އެ އަންހެން މީހާގެ ހެދުމުގެ ތެރޭގައި ފޮރުވާފައި ހުއްޓައި ފެނިފައިވަނީ ނޮކިޔާ ބްރޭންޑްގެ ދެ ފޯނާއި ފަސް ސިމްކާޑާއި ފަސް އެސްޑީ މެމޮރީ ކާޑާއި ދެ ޗާޖަރާއި ވަޔަލެސް ހެޑްސެޓެއްގެ އިތުރުން ދެ ސުޕަ ގްލޫ ފުޅި ކަމަށް ކަރެކްޝަންސް ސާވިސް އިން ބުނެ އެވެ.
އެ އަންހެން މީހާ ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނު ތަކެތި.
އެ އަންހެން މީހާ ރޭ ވަނީ ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފަ އެވެ. އޭނާގެ ވަނަވަރެއް ވެސް އަދި އިތުރު މައުލޫމާތެއް ވެސް ކަރެކްޝަންސް އިން ވެސް ނުދެ އެވެ.
ކަރެކްޝަންސް އިން ބުނީ ހުއްދަ ނުކުރާ ތަކެތި ޖަލަށް އެތެރެ ކުރުމަކީ ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން އިސްލާހުވުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އެ ފަދަ ކަންކަން ނުކުރުމަށް ކަރެކްޝަންސް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ޖަލަށް މަނާތަކެތި ވައްދާ އޮފިސަރުންގެ މައްސަލަ ޕީޖީއަށް
ކަރެކްޝަންސްގެ 13 އޮފިސަރަކު ހައްޔަރުކޮށްފި
ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް!
އެންމެ ގިނަ ސިމް ރާއްޖޭގައި ނޫޅޭ ބިދޭސީންގެ ނަމުގައި!
ޖަލުންް އަނިޔާވީ އަމިއްލައަށް ބޯ ފަޅާލި މީހަކަށް
ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަނެއް ޖަލުގައި ފަށައިފި
ގައިދީންނާ ހަވާލުވާން ފަށައިފިން: ކަރެކްޝަންސް
ޖަލުގެ އޮފިސަރުން ގައިދީންނަށް އަނިޔާކޮށް ބޯ ބޭލުވި
ޖަލާ ބެހޭ ކޮމިޝަންގެ މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި