މާފުށީ ޖަލަށް ވަގަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން އެތައް މިލިއަން ރުފިޔާއެއް ހޯދި ކަމަށް ތުހުމަތުވާ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އަދިވެސް ތިބީ ސަސްޕެންޝަންގައި ކަމަށް ކަރެކްޝަންސްއިން ބުނެފި އެވެ.
10 އޯގަސްޓް 2025
މާފުށީ ޖަލަށް ވަގަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން އެތައް މިލިއަން ރުފިޔާއެއް ހޯދި ކަމަށް ތުހުމަތުވާ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އަދިވެސް ތިބީ ސަސްޕެންޝަންގައި ކަމަށް ކަރެކްޝަންސްއިން ބުނެފި އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު މާފުށީ ޖަލުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވައްދައިގެން 73 މިލިއަނަށް ވުރެ ގިނަ ރުފިިޔާ އެކިފަހަރު މަތިން ހޯދި ކަމަށް ތުހުމަތުކޮށް ކަރެކްޝަންސްގެ 18 އޮފިސަރަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން ދައުވާކުރަން ފޮނުވީ 13 މީހެއްގެ މައްޗަށެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ އޭގެ ތެރެއިން ފަސް މީހެއްގެ މައްޗަށެވެ. އެއީ ރ. އުނގޫފާރު އައިވަރީހައުސް ޖިނާހް އަބްދުއްރަހީމާއި މ. ލަންދޫ ކާމިނީގޭ އަލީ އަސްފާގާއި ކ. މާފުށީ ބީޗްހައުސް އަލީ ޝަހީމާއި ގއ. ވިލިނގިލީ ކުއްޅަވައްގޭ މުހައްމަދު ފަތޫހު ފަތުހުﷲ އާއި ހދ. ނޭކުރެންދޫ ތަރާނާގޭ އަލީ ނާޒިމްގެ މައްޗަށެވެ.
އެ މައްސަލާގައި ސަސްޕެންޑްކުރި 13 މީހުންގެ ސަސްޕެންޝަނާ ގުޅޭގޮތުން "މިހާރު" އިން ސުވާލު ކުރުމުން ކަރެކްޝަންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ އެ މީހުން އަދިވެސް ތިބީ ސަސްޕެންޝަނުގައި ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ކަރެކްޝަންސްއިން ނުދިން ނަމަވެސް އެނގިފައިވާ ގޮތުގައި އެ މީހުން ސަސްޕެންޝަންގައި ތިބީ މުސާރަ ނުލިބޭ ގޮތަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ބައެއް އޮފިސަރުން މިހާރު ވަނީ ވަޒީފާއިން ވަކިވާން ހުށަހަޅައިފަ އެވެ. އަދި ބައެއް އޮފިސަރުން އެހެން ތަންތަނުގައި ވަޒީފާ އަދާކުރަން ފަށާފައިވާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފަ އެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާކުރާ ފަސް މީހުން ވެސް މިހާރު ތިބީ ބަންދުން ދޫކޮށްލައިފަ އެވެ.
އެ މައްސަލާގައި ފުލުހުން ކުރިން ބުނެފައިވަނީ އޭގެ ތެރެއިން އެއް އޮފިސަރެއްގެ އެކައުންޓަށް އެކި ފަހަރު މަތިން ޖުމްލަ 24 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ އެކައުންޓުތަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ވެސް އޭރު ފުލުހުން ބުންޏެވެ.
ޔާމީން ގެ އަށް ބަދަލުކޮށްފި
ޔާމީން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި
އޮފިސަރުންގެ މައްސަލަ:އެންމެން ދޫކޮށްލަން ޕީޖީން އެދެފި
މަނާތަކެތި ވެއްދި މައްސަލާގައި ބަންދުކުރީ ގޯސްކޮށް
މަނާތަކެތި ވައްދާ ނެޓްވޯކްގެ ފަސް އޮފިސަރަކަށް ދައުވާ!
ޖަލަށް މަނާތަކެތި ވައްދާ އޮފިސަރުންގެ މައްސަލަ ޕީޖީއަށް
ޖަމީލަށް މީހަކު އަނިޔާކުރި ކަމަށް ނުބެލެވޭ: ޕޮލިސް
ޖަލުގެ 11 އޮފިސަރަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ޖަމީލުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދައި ވަޅުލައިފި
ކަރެކްޝަންސްގެ 13 އޮފިސަރަކު ހައްޔަރުކޮށްފި