ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މިހާރުގެ ނައިބު ރައީސް މުހައްމަދު އަސްލަމްގެ ދައުރު ހަމަވާތީ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
07 މާޗް 2018
ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މިހާރުގެ ނައިބު ރައީސް މުހައްމަދު އަސްލަމްގެ ދައުރު ހަމަވާތީ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
އެ އޮފީހުން ކުރި އިއުލާނެއްގައި ބުނީ އެ މަގާމަށް ޝައުގުވެރިވެރިވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށެވެ.
ބްރޯޑްކޮމް އަށް މެމްބަރުން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަކަށް، މަޖިލިހުގައި ނަގާ ވޯޓަކަށް ފަހު އެވެ.
ހަތް މެމްބަރުން ތިބޭ ބްރޯޑްކޮމަކީ ގާނޫނީ ގޮތުން މިނިވަން މުއައްސަސާއެއް ނަމަވެސް ސަރުކާރު ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރާތީ އޭގެ ޝަކުވާ ވަނީ ބޮޑުވެ އެވެ. މިނިވަން މީޑިއާގެ މާހައުލެއް ގާއިމުކުރުމުގެ ބަދަލުގައި، ވަކިވަކި މީޑިއާގެ މަސައްކަތަށް ހުރަސްއެޅުމާއި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުން، ސިޔާސީ ހަރަކާތްތަކުގައި އުޅޭތީ ފާޑުކިއުން ވެސް ވަނީ އިތުރުވެފަ އެވެ.
ބްރޯޑްކޮމްގެ މެމްބަރުކަމަށް އަލުން ހުޅުވާލައިފި
ޗެނަލް13އަށް ފިޔަވަޅު، ރާއްޖެ ޓީވީއަށް އިންޒާރު!
ރައީސް އޮފީސް ކުރިމަތީ ހެދި މީޑިއާ ފެންޑާ އުވާލައިފި
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމާ ދެކޮޅު
މީޑިއާ ބިލާ ބްރޯޑްކާސްޓިން ކޮމިޝަން ވެސް ދެކޮޅު
މިއީ 100 ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއް: ރައީސް
ރައީސް އޮފީސް ކައިރީގައި މީޑިއާ ފެންޑާ ހުޅުވައިފި
ޕީއެންއެފް ޖަލްސާގައި ނޫސްވެރިޔާ މަދަދާއަށް ފުރައްސާރަ
ނޫސްވެރިންނާ އެކު 14 ގަޑިއިރު، ތާރީހުގެ ތެރެއަށް!
ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި