Roadha Mihaaru
އައްޑޫގެ ޓޫރިޒަމް އިޝްތިހާރު ކުރަން ރާއްޖޭން ބޭރަށް

އައްޑޫގެ ޓޫރިޒަމް އިޝްތިހާރު ކުރަން ލަންކާ އާއި އިންޑިިއާގައި ރޯޑްޝޯތަކެއް ބާއްވަނީ

26 ފެބުރުއަރީ 2018

ދެކުނުގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އުފައްދައި، މިދިޔަ ހަފުތާގައި ރަސްމީކޮށް މަސައްކަތް ފެށި އިކްއެޓޯރިއަލް ޓްރެވަލް އެންޑް ޓޫރިޒަމް (އެޓާ) އިން އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކޮށް، އިޝްތިހާރު ކުރުމަށް އަވަށްޓެރި ސްރީ ލަންކާ އާއި އިންޑިއާގައި ރޯޑްޝޯއެއް ބާއްވަން އެ ގައުމުތަކަށް ފުރައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެކުނުގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އުފައްދައި، މިދިޔަ ހަފުތާގައި ރަސްމީކޮށް މަސައްކަތް ފެށި އިކްއެޓޯރިއަލް ޓްރެވަލް އެންޑް ޓޫރިޒަމް (އެޓާ) އިން އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓްކޮށް، އިޝްތިހާރު ކުރުމަށް އަވަށްޓެރި ސްރީ ލަންކާ އާއި އިންޑިއާގައި ރޯޑްޝޯއެއް ބާއްވަން އެ ގައުމުތަކަށް ފުރައިފި އެވެ.

މާދަމާ އިން ފެށިގެން ދެ ދުވަހުގެ މުއްދަށް ކުރިއަށް ގެންދާ ރޯޑް ޝޯތައް ކުރިއަށް ދާނީ ކޮލޮމްބޯ އާއި ޗެންނާއީގަ އެވެ.

އައްޑު އަށް މިހާރު ސީދާ ފްލައިޓްތައް ބާއްވަމުން އަންނަ ސްރީ ލަންކަން އެއާލައިންސްއާ ގުޅިގެން ބާއްވާ ރޯޑްޝޯ ތަކުގައި، އައްޑޫގައި ހިންގާ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުން 18 މީހަކާއި އައްޑޫ ސިޓީ ކައުންސިލާއި ސްރީ ލަންކަން އެއާލައިންސުން ވެސް ބައިވެރި ވެ އެވެ.

މިއީ އެޓާގެ މަސައްކަތް ފެށި ފަހުން ރާއްޖޭން ބޭރުގައި ބާއްވާ ފުރަތަމަ ރޯޑްޝޯކަން ފާހަގަކޮށްލެވެ އެވެ. "ސަދަން މޯލްޑިވްސް ރޯޑްޝޯ" ގެ ނަމުގައި ބާއްވާ މި ރޯޑްޝޯތަކުގައި ކޮލޮމްބޯ އިން 40 ޓްރެވެލް އެޖެންޓުންނާއި ޗެންނާއީން 100 ޓްރެވެލް އެޖެންޓުން ބައިވެރިވާނެ ކަމަށް އެޓާ އިން ބުންޏެވެ.

މިއީ އެޓާގެ ފަރާތުން އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމުގައި އިންޑިއާ އަދި ސްރީ ލަންކާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން ބާއްވާ ރޯޑްޝޯ އެކެވެ.

ރާއްޖެއާ އެންމެ އަވަށްޓެރި ދެ ގައުމުގައި ރާއްޖޭގެ އެންމެ ދެކުނުގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން މަސައްކަތްތަކެއް އެޓާ އިން ފަށާފައިވާ އިރު، އިންޑިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 2012 މިދިޔަ އަހަރާ ހަމައަށް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.

Dhekunugai tourism ah haassa jamiyya eh uffadhaifi

Dhekunugai tourism ah haassa jamiyya eh uffadhaifi

The most trusted news source in the Maldives

Mihaaru

އެޓާގެ ބޯޑް އިފުތިތާހު ކުރީ މި މަހުގެ 17 ގައި.

އެގޮތުން 2012 ގައި އިންޑިއާ އިން 31،721 ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކުރި އިރު، 2017 ވަނަ އަހަރު މި އަދަދު ވަނީ 153،391 އަށް މައްޗަށް ޖެހިފަ އެވެ.

އެޓާ އިން ވަނީ މިދިޔަ މަހު 18-20 އަށް އިންޑިއާގެ މުމްބާއީގައި ބޭއްވި އޯޓީއެމް ފެއާގައި ވެސް ބައިވެރިވެފަ އެވެ.