19 ފެބުރުއަރީ 2018
އައްޑޫ ހިމެނޭ ގޮތަށް ދެކުނުގެ އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީކޮށް، ކުރިއަރުވަން މަސައްކަތް ކުރަން ޚާއްސަ ކޮށްގެން އިކުއެޓޯރިއަލް ޓްރެވަލް އެންޑް ޓޫރިޒަމް އެސޯސިއޭޝަން (އެޓާ) ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައި މަސައްކަތް ފަށައިފި އެވެ.
އައްޑޫ ހިމެނޭ ގޮތަށް ދެކުނުގެ އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީކޮށް، ކުރިއަރުވަން މަސައްކަތް ކުރަން ޚާއްސަ ކޮށްގެން އިކުއެޓޯރިއަލް ޓްރެވަލް އެންޑް ޓޫރިޒަމް އެސޯސިއޭޝަން (އެޓާ) ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައި މަސައްކަތް ފަށައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އިސް ނެގުމަކަށް އުފެއްދި ޖަމިއްޔާގެ މުޝްތަރާކަށް ހުންނެވީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
މިދިޔަ މަހު ރަޖިސްޓަރީ ކުރީ އެޓާގެ ބޯޑް އެކުލަވާލައި، ބޯޑަށް މެމްބަރުން ވެސް ވަނީ ހަމަޖައްސައިފަ އެވެ. އައްޑޫ ސިޓީ ކައުންސިލްގެ އިސް ނެގުމަށް ޖަމިއްޔާ ހެދި ނަމަވެސް، އެޓާ މަސައްކަތް ކުރަނީ މިނިވަން މުސްތަގިއްލު ބޯޑަކާއެކު، ވަރަށް މިނިވަންކޮށް ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.
ހަތް މެމްބަރުން ހިމެނޭ އެޓާގެ ބޯޑުގެ ރައީސަކީ ގަމުގައި ހިންގާ އީކްއެޓާ ވިލެޖްގެ މެނޭޖަރު މުހައްމަދު ވަހީދެވެ. ނައިބް ރައީސަކީ އައްޑޫގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި އައްޑޫގައި އެކްއަވެންޗާގެ ނަމުގައި ޑައިވިން ސެންޓަރެއް ހިންގަމުން އަންނަ އަަބްދުﷲ ތޮއްޔިބް (ޓޮމް) އެވެ. ޖަމިއްޔާގެ ޖެނެރެލް ސެކްރެޓަރީ އަކީ އަމިއްލަ ފަރުދެއްގެ ގޮތުން އައްޑޫ އިޝްތިހާރުކޮށް، މާކެޓް ކުރުމުގެ މަސައްކަތް ކުރާ "ޑިސްކަވާ އައްޑޫ" ގެ ބާނީ މިސްބާހް ނަޒީރެވެ.
ބޯޑުގައި ދެން ހިމެނޭ މެމްބަރުންނަކީ މަރިޔަމް ގާސިމް، މޫސާ ހަނީފް، އަހުމަދު ނަދީމް އަދި އިބްރާހީމް ޝަޒިމް އެވެ.
އެޓާއާ ބެހޭ ގޮތުން މޭޔަރު ސޯބެ "މިހާރު" އަށް މިއަދު ވިދާޅުވީ ޓޫރިޒަމަށް ޚާއްސަ ޖަމިއްޔާއެއް އުދައްދަން ނިންމި މައިގަނޑު އެއް ސަބަބަކީ އައްޑު އާއި ފުވައްމުލަކާއި ހުވަދު އަތޮޅާއި ލ. އަތޮޅު ވެސް ހިމެނޭ ގޮތަށް މެދުފަންތީގެ ޓޫރިޒަމް ވީހާ ވެސް ބޮޑަކަށް ކުރިއަރުވައި ތަރައްގީ ކުރުމަށް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދެކުނުގެ އަތޮޅުތަކުގައި މިހާރު ގެސްޓް ހައުސް ވިޔަފާރި ފުޅާވަމުން އަންނައިރު، އެކަމަށް އިތުރަށް މަގުފަހިކޮށް ދިނުމަށް މަސައްކަތް ކޮށް ދޭނެ ބަޔަކު ތިބުމަކީ މުހިއްމު ކަމެކެވެ. އަދި ގަން އެއާޕޯޓު، ބައިނަލްއަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރާއިރު، އެއީ ބޭރުގެ އެއާލައިންތަކުން މަތިންދާބޯޓުތައް އޮޕަރޭޓް ކުރަން އެކަށީގެންވާ ވަރަށް، އެނދުތައް ހުރި ސަރަހައްދަކަށް ހަދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އެޓާގެ ބޯޑް މެމްބަރުން އައްޑޫ މޭޔަރު ސޯބެ (ވާތް ފަރާތުން ހަތަރު ވަނަ) އާ އެކު. ފޮޓޯ: ކައުންސިލް
"އެހެންވެ، އައްޑޫ ވެސް ހިމެނޭ ގޮތަށް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކޮށް، ތަރައްގީ ކުރުމަކީ މުހިއްމު ކަމަކަށް ވާތީ މި ކަހަލަ ކަމެއް ފަށަން ނިންމީ. މީގެ ސަބަބުން މި ދާއިރާ އިން ކުރިއަށް ދެވެން ހުރި ފުރުސަތުތަކާއި ކުރިއަށް ދެވޭނެ ގޮތްތައް ފަހިކޮށް ދޭން އެޓާ އިން މަސައްކަތް ކުރާނެ،" ސޯބެ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ކޮންސާން އަކީ ސަސްޓެއިން ކޮށް މި ތަނަށް ބޭރުގެ އެއާލައިންތައް އޮޕަރޭޓް ނުކުރެވިދާނެ ކަމުގެ ބިރު އޮތުން. މިހާރު ވެސް ސްރީ ލަންކަން އެއާލައިންސަށް ވެސް އެބަހުރި ދަތިތަކެއް ޝެޑިއުލްކޮށް ދަތުރު ބާއްވަން މިތާނގައި އެނދު މަދުވީމަ. އެހެންވެ އެ އެއާލައިނާ ގުޅިގެން ވެސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން އެބަހުރި ރޭވިފައި."
މީގެ ކުރިން ސީދާ އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ ގެސްޓްހައުސް ވެންޗާގެ ނަމުގައި އައްޑޫގައި ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ނިންމައި އެކަން އިއުލާން ވެސްކޮށްފަ އެވެ. އެކަމަކު ފަހުން ކައުންސިލްގެ ބާރުތައް ސަރުކާރަށް ނެގުމާ ގުޅިގެން، އެ ޕްރޮޖެކްޓް ވަނީ ހުއްޓާލަން ޖެހިފަ އެވެ.
މޭޔަރު ވިދާޅުވީ އެޓާއިން މަސައްކަތް ކުރާނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އާއި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި ޓޫރިޒަމް ދާއިރާ އަށް މަސައްކަތް ކުރާ އެކިއެކި ފަރާތްތަކާ ވަރަށް ބޮޑަށް ގުޅިގެން، މަޝްވަރާ ކޮށްގެން ކަމަށެވެ.
Addu Trust Fund in tourism promote kuranee
The most trusted news source in the Maldives
Mihaaru
އައްޑޫގައި ޓޫރިޒަމް ކުރިއަރުވަން ކައުންސިލުން ވަރަށް ބޮޑަށް ބޭނުންވޭ.
އެޓާގެ މަސައްކަތްތައް މިހާރު ފަށާފައިވާ އިރު، ކައުންސިލުން ވަނީ އައްޑޫގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑުން ހަރަދުތަކެއް ކުރަން ވެސް ނިންމައިފަ އެވެ. އެގޮތުން މި އަހަރުގެ ބަޖެޓްގައި ވަނީ އެކަމަށް 3.5 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.
އައްޑޫގެ ދެ ރިސޯޓް ނުހުޅުވި ހާސްކަން އިތުރުވަނީ!
އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ފުރަތަމަ 4،140 އެނދު
އައްޑޫ ސަވާހިލި ޓޫރިޒަމަށް ތަރައްގީކުރަނީ
އައްޑޫގެ ޓޫރިޒަމް އިޝްތިހާރު ކުރަން ރާއްޖޭން ބޭރަށް
ލަންޑަންގައި އައްޑޫ ޕްރޮމޯޓް ކުރަން ހަތްލައްކަ ރުފިޔާ!
ބިޔޯންޑް ދި އީކުއޭޓާއިން އައްޑޫގެ ރީތިކަމާއި ނަލަކަން
"ވަރުބައްޔެއް ނުވޭ، ބޭނުމީ އައްޑޫ މީހުންގެ ހިއްސާ"
ހިތަދޫ ޓޫރިޒަމް ޒޯން ތަރައްގީކުރަން ހުޅުވާލައިފި
އައްޑޫގައި 6،000 އެނދު ތަރައްގީ ކުރަން ޕްލޭނެއް
ޝަންގްރިލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލައިފި