14 ފެބުރުއަރީ 2018
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ނުފަށައި ލަސްވާ މައްސަލަ ހުށަހަޅުއްވަން މަޖިލީހުގެ އިދާރާ އަށް މިއަދު ވަޑައިގެންނެވި އިދިކޮޅު މެމްބަރުން އުފުލާލައިގެން ސިފައިން އެތަނުން ނެރެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ނުފަށައި ލަސްވާ މައްސަލަ ހުށަހަޅުއްވަން މަޖިލީހުގެ އިދާރާ އަށް މިއަދު ވަޑައިގެންނެވި އިދިކޮޅު މެމްބަރުން އުފުލާލައިގެން ސިފައިން އެތަނުން ނެރެފި އެވެ.
މަޖިލީހުގެ ބޭރު ގޭޓު ތަޅުލައިގެން އެތެރޭގައި ސިފައިންގެ ފަސް މީހަކު އެތުރިގެން ތިއްބައި، މަޖިލީހުގެ އިދާރާގެ ފާރުމަތިން އެތެރެއަށް ފުރަތަމަ ފުންމާލީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފެވެ. ސުލްހަވެރިކަމާއެކު، މަޖިލީހުގެ އިދާރާ އިން ނުކުމެވަޑައިގަތުމަށް ސިފައިން އެންގި އެންގުމަށް މަހްލޫފް ތަބާނުވުމުން ދެން ފެނުނީ ސިފައިން އޭނާ އުފުލާލައިގެން އެތަނުން ނެރުނު ތަނެވެ.
އޭގެ ފަހުން ދެން ފެނުނީ ހިތަދޫ ދެކުނު ދާއިރާ އެމްޑީޕީގެ މެމްބަރު އަލީ ނިޒާރާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވެސް މަޖިލީހުގެ އިދާރާގެ ފާރުމަތިން ފުންމާލައިގެން އެތެރެއަށް ވަދެވަޑައިގެންނެވި ތަނެވެ. އެކަމަކު މާ ގިނައިރުތަކެއް ނުވަނީސް އެ ބޭފުޅުން ވެސް ސިފައިން ވަނީ އުފުލާލައިގެން އެތަނުން ނެރެފަ އެވެ.
މިކަމާ ގުޅިގެން އަމީތު ވިދާޅުވީ އިދިކޮޅު ހަރަކާތުގެ ބައެއް މެމްބަރުން މަޖިލީހުގެ އިދާރާ އަށް ވަދެވަޑައިގަންނަވަން އުޅުއްވީ މަޖިލީހުގެ ޖަލްސާތައް ނުފަށާތީ، އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކަމަށެވެ. ނަމަވެސް، އެކަމަށް ސިފައިން ހުރަސް އެޅުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިފައިން އަޅުގަނޑުމެންނަށް ހުރަސް އެޅުމަކީ އަޅުގަނޑުމެންގެ ގާނޫނީ ވާޖިބު އަދާކުރަން ހުރަސް އެޅުން. މިއީ އެންމެ މަތިން އޯޑަރު އައިސްގެން ކުރާ ކަންކަން،" އަމީތު ވިދާޅުވި އެވެ.
މަޖިލީހުގެ އިދާރާގެ ފާރުމަތިން ފުންމާލައިގެން އެތަނުގެ ތެރެއަށް ވަދެވަޑައިގެންނެވި މެމްބަރުން.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ތިން ދައުރަކަށް ބަހާލައިގެން އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވާއިރު، ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން ޖެހެ އެވެ. އެ އުސޫލުން، މިދިޔަ ހަފުތާގެ ހޯމަ ދުވަހު މިއަހަރުގެ ފުރަތަމަ ޖަލްސާ ބާއްވަން ވެސް ނިންމި އެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވަނީ، ޖަލްސާ ނުބާއްވައި ލަސް ކުރަނީ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމުން ކަމަށް ވިދާޅުވަމުންނެވެ. އަދި ޖަލްސާތައް އަލުން ފަށާނީ ސަރުކާރަށް ބޭނުންވާ މެޖޯރިޓީ ހޯދުމަށް ފަހު ކަމަށް ވެސް އެ މެމްބަރުން ވިދާޅުވެ އެވެ. ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބުނީ މަޖިލީހުގެ ޖަލްސާތައް ނުފެށި ލަސްވީ ބަޔަކު ގެންނަން އުޅުނު "ބަޣާވާތްފުޅު"ގެ ސަބަބުން ކަމަށާއި ކުއްލި ހާލަތު ނިމުމާއެކު ޖަލްސާތައް ފަށާނެ ކަމަށެވެ.
ސަލާމަތީ ބާރުތަކުން ގާނޫނާ ހިލާފުވި މައްސަލަ މަޖިލީހަށް
އެންމެ ނުރައްކާތެރި ތިން "ކުށްވެރިން"؟
މަހްލޫފާއި އީވާ ސިފައިން ލާ ކަހަލަ ޔުނީފޯމެއްގައި!
އިދިކޮޅު ބައެއް މެމްބަރުންނަށް އަނިޔާވެއްޖެ
ޖަލްސާތައް ނުބާއްވާ މައްސަލަ ހުށަހެއް ނޭޅުނު
އިދިކޮޅު މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސް އަޅައިފި
އޯޑިއޯއާ ގުޅިގެން ކަނޑާލި މީހާގެ ނަން ހާމަކޮށްފި
ސުޕްރީމް ކޯޓުގެ ހުކުމަށް ސިފައިން ބާރުއަޅަން ގޮވާލައިފި
އިދިކޮޅު މެމްބަރުން ކޮމެޓީއަށް ވަންނަން ހުރަސް އަޅައިފި
މަޖިލީހުގައި ސިފައިން ހިންގަނީ ޖަރީމާތަކެއް: މެމްބަރުން