26 އޯގަސްޓް 2017
ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ސިފައިންނާ ބައްދަލު ކުރައްވައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ދެއްކެވި ވާހަކަތަކުގެ އޯޑިއޯ ލީކުކޮށްލި މައްސަލާގައި އެއްވެސް މީހަކު ވަޒީފާއިން ނުކުރާ ކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ސިފައިންނާ ބައްދަލު ކުރައްވައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ދެއްކެވި ވާހަކަތަކުގެ އޯޑިއޯ ލީކުކޮށްލި މައްސަލާގައި އެއްވެސް މީހަކު ވަޒީފާއިން ނުކުރާ ކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
އެ މައްސަލައާ ގުޅިގެން ސިފައިގެއިން ވަކިކޮށްފައި ވަނީ ކުރިން ރައީސް ނަޝީދުގެ ބޮޑީ ގާޑެއްގެ ގޮތުގައި މަސައްކަތްކުރި އަހުމަދު ފާއިޒް (މަބޫ) ކަމަށް މަހުލޫފް ވިދާޅުވެފައިވެ އެވެ.
މަހުލޫފް ވިދާޅުވީ ފާއިޒް ސިފައިންގެއިން ވަކިކުރީ އޭނާ ގެންގުޅުނު ފޯނު ހިފެހެއްޓުމުގެ އެއް ދުވަސްކުރިން ރީސެޓްކޮށްފައި އޮތުމުން އެއްވެސް ހެއްކެއް ނެތި ޝައްކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު މަޖިލީހުގައި ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެން ބޭއްވި އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސިފައިން ގާނޫނާ ޚިލާފު އަމަލެއް ހިންގާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މަޖިލީހަށް ގަދަކަމުން ވަންނަވައި ގޯސް ހެއްދެވީ މެމްބަރުން ކަމަށާއި އެހެންވެ އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގު އަވަހަށް ނިންމައިދޭން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނަރަލްގެ އަރިހުގައި އެދިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ސިފައިންގެ މީހަކު ވަކިކުރި ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެކަން ދޮގުކުރައްވައި އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ސިފައިންގެ މީހަކު ވަޒީފާއިން ވަކިކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
އޯޑިއޯ ލީކުވި މައްސަލައިގެ ތަހުގީގަށް ސިފައިންގެ މަރުކަޒަށް ގެންދިޔަ އެސްޕީޖީގެ އޮފިސަރުންތަކެއް ބަންދުކޮށްގެން އުޅުުނު ކަމަށް ވެސް އަޑުއެރި އެވެ. އެކަމަކު އެ ވާހަކަ ވެސް ސިފައިން ވަނީ ދޮގުކޮށްފަ އެވެ.
މަޖިލީހަށް ވަން މެމްބަރުން އުފުލާލައިގެން ނެރެފި
ސަލާމަތީ ބާރުތަކުން ގާނޫނާ ހިލާފުވި މައްސަލަ މަޖިލީހަށް
މަހްލޫފާއި އީވާ ސިފައިން ލާ ކަހަލަ ޔުނީފޯމެއްގައި!
އިދިކޮޅު ބައެއް މެމްބަރުންނަށް އަނިޔާވެއްޖެ
ޖަލްސާތައް ނުބާއްވާ މައްސަލަ ހުށަހެއް ނޭޅުނު
އިދިކޮޅު މެމްބަރުން މަޖިލީހަށް ވަނުމަށް ހުރަސް އަޅައިފި
އިދިކޮޅު މެމްބަރުން ކޮމެޓީއަށް ވަންނަން ހުރަސް އަޅައިފި
މިއަދުގެ ޖަލްސާގައި ވެސް ސިފައިންގެ ފާރެއް
މަޖިލީހުގައި ސިފައިން ހިންގަނީ ޖަރީމާތަކެއް: މެމްބަރުން
"މަޖިލިސް ބަންދުކުރި މައްސަލާގައި ދައުވާކުރަން ޖެހޭނެ"