ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން، މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ވަޑައިގަތުމަށް ފުލުހުންނާއި ސިފައިން ހުރަސް އެޅުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކުރި ކަމެއް ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
30 ޖުލައި 2017
ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން، މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ވަޑައިގަތުމަށް ފުލުހުންނާއި ސިފައިން ހުރަސް އެޅުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކުރި ކަމެއް ކަމަށް ވިދާޅުވެ، އެ މައްސަލަ ބަލައިދިނުމަށް އެދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
މަހްލޫފް މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގެ ވޯޓު ނަގަން ޖެހޭ ދުވަސް ކަމުގައިވާ މިދިޔަ ހޯމަ ދުވަހު، މަޖިލީހުގެ ޖަލްސާއެއް ނުބޭއްވުމުން މަޖިލީހުގެ ގިނަ މެމްބަރުންތަކެއް އެ ދުވަހު މަޖިލީހަށް ވަޑައިގަތުމަށް އުޅުއްވުމުން ހިނގައިދިޔަ ހާދިސާއަކީ މުޅި މަޖިލީހުގެ ހައްގަށް ނުވަތަ އިމްތިޔާޒަށް އުނިކަން އައި ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން މެމްބަރުން މަޖިލީހަށް ހާޒިރުވެ ތިއްބާ، މަޖިލީހުގެ ތެރެއަށް ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ވަދެގަނެ، މެމްބަރުންގެ ގަޔަށް ގަދަކަމުން އަތްލައި، އަނިޔާވެރިވެފައިވާ ކަމަށާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކޮޓަރީގެ ދޮރު ގަދަކަމުން ހުޅުވައި، އެ ތަނަށް ފުލުހުންނާއި ސިފައިން ވަދެ، މެމްބަރުން "ދަމާ ކޫތާފައި މަޖިލީހުން ބޭރުކޮށްލާފައިވާ" ކަމަށް މަހްލޫފްގެ ސިޓީގައިވެ އެވެ.
މަހްލޫފް ވިދާޅުވީ މެމްބަރުން މަޖިލީހަށް ވެންނެވުމާއި ނިކުންނެވުމަކީ ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތަކުމެ، ހުއްދަ ކަމަކަށް ވާ އިރު، ސިފައިންނާއި ފުލުހުންނަށް އެކަން މަނާ ކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އަދި މެމްބަރަކަށް މަޖިލީހުގެ އިދާރާ އަށް ނުވަދެވޭނެ ކަމަށް މަޖިލީހުން އަންގާފައި ނުވާ ކަމަށާއި އެ ގޮތަށް އެންގޭނެ އެއްވެސް ހަމައެއް އަދި އުސޫލެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާއެއް ހިނގަމުން ދާ އިރު، ނިޒާމު ގެއްލުވާލުމުގެ ސަބަބުން މެމްބަރެއްގެ ނަން އިއްވައި އެ މެމްބަރަކު ތަޅުމުން ބޭރަށް ނެރެން ޖެހޭ ހާލަތެއްގައި އެކަން ކުރުމަށް ވަކި އުސޫލެއް ކަނޑައެޅިފައިވާ ކަމަށާއި މިގޮތުން މަޖިލީހުގެ މެމްބަރެއްގެ ގައިގައި އަތްލެވޭނީ މަޖިލީހުގެ ރައީސް، ސާޖެންޓް އެޓް އާމްސް އަށް އެ މެމްބަރެއް ނެރުމަށް ލިޔުމުން އަންގައި ސާޖެންޓް އެޓް އާމްސް މެދުވެރިކޮށްކަން އޭނާ ފާހަގަކުރެއްވި އެވެ.
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ނޫން ގޮތަކަށް މެމްބަރުން މަޖިލީހުގައި ތިއްބާ ސިފައިންނާއި ފުލުހުން ރައްޔިތުންގެ މަޖިލިސް ކުރާ ގެ އަށް ބޭރުން އައިސް ވަދެގެނެ މެމްބަރުންގެ ގަޔަށް އަތްލައި އަނިޔާވެރިވުމުގެ ގާނޫނީ ބާރު ލިބިފައިނުވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
މީގެ އިތުރުން މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) އިން ކަމަށް ވާ އިރު، އިތުރު ބައެއްގެ އެހީތެރިކަމަށް އެސްޕީޖީން އެދިފައި އޮތް ކަން އެނގެން ނެތް ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.
އެހެންވެ، މަޖިލީހުގެ ތެރޭގައި ހިނގައިދިޔަ ހުރިހާ ކަމަކީ މަޖިލީހުގެ ހައްގަށް ނުވަތަ އިމްތިޔާޒަށް އުނިކަން އަންނަ ކަމެއް ކަމަށްވާތީ އެ މައްސަލަ ބަލައި ދިނުމަށް މަހްލޫފް ވަނީ އެދިވަޑައިގެންފަ އެވެ.
"ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމުން ކަންބޮޑުވޭ"
އިދިކޮޅު ބައެއް މެމްބަރުންނަށް އަނިޔާވެއްޖެ
މަޖިލީހަށް ވަން މެމްބަރުން އުފުލާލައިގެން ނެރެފި
މަޖިލީހުގައި ސިފައިން ހިންގަނީ ޖަރީމާތަކެއް: މެމްބަރުން
"މަޖިލިސް ބަންދުކުރި މައްސަލާގައި ދައުވާކުރަން ޖެހޭނެ"
އެ ދުވަހު ސިފައިންނާއި ފުލުހުން ވެސް ގޯސް
ހަ ދުވަސް ފަހުން މެމްބަރުންނަށް މަޖިލީހަށް ވަދެވިއްޖެ
މަޖިލީހުގައި ފިޔަވަޅު އެޅީ ކުރިމަތިވެދާނެ ނުރައްކަލަކަށް
އެންމެ ނުރައްކާތެރި ތިން "ކުށްވެރިން"؟
މަހްލޫފާއި އީވާ ސިފައިން ލާ ކަހަލަ ޔުނީފޯމެއްގައި!