ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް މެމްބަރުން ވަނަ ނުދީ ސިފައިން މަޖިލިސް ބަންދުކޮށްގެން އުޅޭތާ ހަ ދުވަސް ފަހުން މެމްބަރުންނަށް އެ ތަނަށް ވެންނެވޭ ގޮތްވެއްޖެ އެވެ.
30 ޖުލައި 2017
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް މެމްބަރުން ވަނަ ނުދީ ސިފައިން މަޖިލިސް ބަންދުކޮށްގެން އުޅޭތާ ހަ ދުވަސް ފަހުން މެމްބަރުންނަށް އެ ތަނަށް ވެންނެވޭ ގޮތްވެއްޖެ އެވެ.
މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ވަޑައިގަތުމަށް އުޅުއްވުމުން ފުލުހުން ވަނީ އެ މެމްބަރުންނަށް ހުރަސް އަޅައިފަ އެވެ. އެކަމަކު، އޭގެ ތެރެއިން ގިނަ މެމްބަރުންތަކެއް މަޖިލީހުގެ އިދާރާގެ ތެރެ އަށް ވަން ނަމަވެސް، ފުލުހުންނާއި ސިފައިން ފަހުން ވަނީ ބާރުގެ ބޭނުންކޮށް އެ މެމްބަރުން މަޖިލީހުން ނެރެފަ އެވެ.
އޭގެ ފަހުން އެކިފަހަރު މަތިން އިދިކޮޅު ބައެއް މެމްބަރުން މަޖިލީހަށް ވެދެވަޑައިގަތުމަށް މަސައްކަތް ކުރެއްވި އެވެ. އެއިން ކޮންމެ ފަހަރަކު ސިފައިން ވަނީ މެމްބަރުންނަށް ހުރަސް އަޅައިފަ އެވެ.
މެމްބަރުންނަށް މަޖިލީހަށް ވެންނެވުމުގެ ފުރުސަތު ބަންދުކޮށްފައި ހަފުތާއެއްހާ ދުވަހު އޮތަސް، އެ ތަނުގެ އިދާރީ މުވައްޒަފުންނަށް ދަތިކަމެއް ނެތި ވަދެ، ނިކުމެ އުޅެވެ އެވެ.
މަޖިލީހުގެ އިދާރާގެ މުވައްޒަފަކާ މެންބަރު މަހްލޫފް ވާހަކަ ދައްކަވަނީ.
ނަމަވެސް މަޖިލީހުގެ ބައެއް މެމްބަރުން މިއަދު މަޖިލީހުގެ އިދާރާ އަށް ވަޑައިގަތުމުން ސިފައިން ހުރަސް އަޅާފައެއް ނުވެ އެވެ. އަދި މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުންނާ ބައްދަލު ކުރެވުނެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވަނީ އޭނާ އާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ މަޖިލީހުގައި ހުންނެވި ފޮޓޯ ޓުވިޓާގައި އާންމު ކުރައްވައިފަ އެވެ.
Alhamdhulillahi. Majlis ah vadhevijje @Mihaarunews @Raajje_tv @vfp_mv @Sangu_tv @vaavu @avasmv pic.twitter.com/DhXxeeNZo5
— Ahmed Mahloof (@AhmedMahloof) July 30, 2017
މަހްލޫފް ކުރެއްވި ޓުވީޓު.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަން އިއުލާން ކޮށްފައިވާ މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ ނަން ބޯޑު އަލުން ހަރުކޮށްފައިވާ ކަމަށް ވިދާޅުވެ، މަހްލޫފް ވަނީ ޓުވިޓާގައި ވީޑިއޯއެއް ވެސް އާންމު ކުރައްވައިފަ އެވެ.
MP Ameeth, Waheed & Saud ge nan board thah 24/7 ga negumahfahu alun harukoffa, ekamu 3 membarun jaluga @vnews @Mihaarunews @Sangu_tv @vfp_mv pic.twitter.com/gexYk90Qao
— Ahmed Mahloof (@AhmedMahloof) July 30, 2017
މަހްލޫފް ޓުވިޓާގައި އާންމުކުރެއްވި ވީޑިއޯ.
ނަމަވެސް އަމީތާއި ލޯޔަރު ވައްޑެ އާއި ސައުދަކީ، މަޖިލީހުގެ މެމްބަރުންނަށް ނުވާ ބަޔަކު މަޖިލީހަށް ވެންނެވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ތިބި ބޭފުޅުންނެވެ. އެ ބޭފުޅުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް އިތުރު ކޮށްދީފައިވާއިރު، އެ ބޭފުޅުން ވަނީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން ސިފަ ކުރި ގޮތުގައި މެމްބަރުންނަށް މަޖިލީހަށް ވެންނެވޭ ގޮތް ނުވީ ސިފައިން އެ ތަން ހިސޯރުކޮށްފައި އޮތުމުންނެވެ. މަޖިލީހުގެ އިދާރާ ސިފައިން ހިސޯރު ކޮށްފައިވާ ކަމަށް ފަތުރަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި މަޖިލީހުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރީ އެ ތަނުގައި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލެއް ހިންގާފާނެތީ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި މަހުގެ 24 ވަނަ ދުވަހު ސިފައިންނާއި ފުލުހުން މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނަ ނުދީ ހުރަސް އެޅުމުން، ފުލުހުންގެ ސަފުތައް ފަޅައިލި ކަމުގެ ތުހުމަތުގައި މަޖިލީހުގެ އިތުރު ބައެއް މެމްބަރުންގެ މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި ބައެއް މެމްބަރުން ފުލުސް އޮފީހަށް ހާޒިރު ކުރަން ވަނީ ފަށައިފަ އެވެ.
ސަލާމަތީ ބާރުތަކުން ގާނޫނާ ހިލާފުވި މައްސަލަ މަޖިލީހަށް
މެމްބަރުން ވެސް ހިމާޔަތްކުރަން ޖެހޭނެ: އިބްރާހިމް ދީދީ
"ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމުން ކަންބޮޑުވޭ"
އިދިކޮޅު ބައެއް މެމްބަރުންނަށް އަނިޔާވެއްޖެ
މަޖިލީހަށް ވަން މެމްބަރުން އުފުލާލައިގެން ނެރެފި
މަޖިލީހުގައި ސިފައިން ހިންގަނީ ޖަރީމާތަކެއް: މެމްބަރުން
އެންމެ ނުރައްކާތެރި ތިން "ކުށްވެރިން"؟
މަހްލޫފާއި އީވާ ސިފައިން ލާ ކަހަލަ ޔުނީފޯމެއްގައި!
ސިފައިންނާއި ފުލުހުން މަޖިލިހަށް އަރައިގަތް ދުވަސް!
ފެބްރުއަރީ 7 އާ ގުޅިގެން ފުލުހުން ވަކިކުރި: އިމްރާން