14 އޯގަސްޓް 2017
ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންނަށް ނުރަސްމީ ގަޑީގައި މަސައްކަތް ކުރަން މަޖިލީހުގެ އިދާރާއަށް ވަދެވޭނީ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް ނިންމީ މަޖިލީހުގެ އިދާރާ ތެރޭގައި ސިފައިން ބޮޑެތި ޖަރީމާތަކެއް ހިންގާތީ ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންނަށް ނުރަސްމީ ގަޑީގައި މަސައްކަތް ކުރަން މަޖިލީހުގެ އިދާރާއަށް ވަދެވޭނީ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް ނިންމީ މަޖިލީހުގެ އިދާރާ ތެރޭގައި ސިފައިން ބޮޑެތި ޖަރީމާތަކެއް ހިންގާތީ ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މުވައްޒަފުންނަށް ނުރަސްމީ ގަޑީގައި މަސައްކަތްކުރަން މަޖިލީހުގެ އިދާރާގައި ތިބެވޭނީ ހާއްސަ ފޯމެއް ފުރައި ހުއްދަ ހޯދުމަށް ފަހު، އެ ފޯމްގެ ކޮޕީއެއް ސިފައިންނަށް ހުށަހަޅައިގެން ކަމަށް މަޖިލީހުގެ އަމީންއާއްމު އަހުމަދު މުހައްމަދު ސޮއިކުރައްވައި މުވައްޒަފުންނަށް ފޮނުުވި މެމޯއެއްގައި ވަނީ ބުނެފަ އެވެ. މިއީ މަޖިލިހުގެ ތަރީޚުގައި ވެސް މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.
މަޖިލީހުގެ ޗެމްބަރާއި ޖަލްސާތައް ބަލަން ހާއްސަކޮށްފައި އޮންނަ ގެލަރީތަކަށް ނުވަދެވޭ ގޮތަށް އެތަންތަން ސިފައިން ވަނީ ތަޅުލައިފަ އެވެ.
އިދިކޮޅު އިއްތިހާދުގެ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މަހްލޫފް ވިދާޅުވީ މަޖިލީހުގެ އިދާރާ ތެރޭގައި ސިފައިން ޖަރީމާތައް ހިންގަނީ ސިފައިންގެ އެންމެ އިސް ވެރިން އިސްކޮށް ތިއްބަވައިގެން ކަމަށެވެ.
ސިފައިންގެ ހިމާޔަތުގައި މަސީހު މިއަދު ޖަލްސާ ބާއްވަނީ. -
އެގޮތުން މަޖިލީހުގެ ޗެމްބަރު ތެރޭގައި އެކި ޑިވައިސްތައް ހަރުކުރުމާއި މަޖިލީހުގެ ރައީސް އިންނަވާ މޭޒު ކައިރި ވަށައިގެން ބިއްލޫރި ކޮއްޓެއް ޖެހުމަށް މިން ނަގަމުން އަންނަ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. އަދި އިލެކްޓްރޯނިކް ވޯޓިން ސިސްޓަމްއާ ކުޅެން ސިފައިންގެ ދެ މީހަކު ގެނެސްގެން މަޖިލީހުގެ ޗެމްބަރުގައި ކަންތައްތަކެއް ހިންގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ މަޖިލީހުގެ މެމްބަރުންނަށް ވަކި ދުވަސްތަކެއް ވަންދެން މަޖިލީހަށް ނުވައްދާ ސިފައިން އެތަން ހިސޯރުކުރީ. މިހާރު މި ފެންނަނީ މަޖިލީހުގެ މުވައްޒަފުން އެތަނަށް ނުވައްދާ ބޮޑެތި ޖަރީމާތަކެއް ސިފައިން ހިންގަމުން އަންނަ ތަން،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މަޑުން ތިބީ ސިފައިންނާއި މަޖިލީހުގެ އިސް ވެރިން ކުރައްވާ ގާނޫނާ ހިލާފު ކަންތައްތަކަށް ތާއީދުކޮށްގެންނެއް ނޫނެވެ. އިދިކޮޅު މެމްބަރުން މަޑުން ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލައިގައި ހުކުމެއް އަންނަން ދެން ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރޮޒެއިނާ އާދަމް ވިދާޅުވި ގޮތުގައި މީގެ ކުރިން މުވައްޒަފުންނަށް އެއްވެސް ދަތިކަމެއް ނެތި މަޖިލީހުގެ އިދާރާއަށް ވަދެވެ އެވެ. އެހެންކަމުން މިހާރު ސިފައިން ލައްވާ ކަންތައްގަނޑެއް ހިންގަމުން ގެންދަނީ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި ރޮޒައިނާ. - ފޮޓޯ: މިހާރު
"[މަޖިލިހުގެ ރައީސް] މަސީހު ރަނގަޅަކަށް ކަމެއް ކުރާ ތަނެއް ނުފެނޭ. މަސީހު ކުރައްވާ ކޮންމެ ކަމެއްގައި ފޮރުވިފައި އޮތް އެޖެންޑާއެއް އޮންނާނެ،" ރޮޒެއިނާ ވިދާޅުވި އެވެ.
މިދިއަ މަހު 24 ގައި އިދިކޮޅު މެންބަރުން މަޖިލީހުގެ އިދާރާއަށް ވަނަނުދީ ސިފައިން ވަނީ އިދާރާގެ ގޭޓްތައް ތަޅުލައި އެކަން ހުއްޓުވައިފަ އެވެ.
މަޖިލީހުގެ އިދާރާގެ ފާހާނާއެއްގައި ހުރި ޓިޝޫ އަޅާ އެއްޗެއްގައި ރޯވި ފަހުން ޖަލްސާތައް ނުބާއްވާތާ މިހާރު ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ސަލާމަތީ ބާރުތަކުން ގާނޫނާ ހިލާފުވި މައްސަލަ މަޖިލީހަށް
މަސީހް، މަގާމުން ވަކިކުރުމުގެ ޖަލްސާ މިރޭ ބާއްވަނީ
މަޖިލީހުގައި މަސައްކަތްކުރަނީ އިންސާފުވެރިކޮށް: މޫސަ
މާދަމާ ރޭ މަޖިލިސް، މަސީހް ވަކިކުރާނެ ކަމަށް ބެލެވޭ
މަސީހު އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި:މޫސަ
އިދިކޮޅު މެމްބަރުންގެ ރޫހު ހުރީ ޖަލްސާގައި ބައިވެރިވާން
މަޖިލީހަށް ވަން މެމްބަރުން އުފުލާލައިގެން ނެރެފި
ރައްޔިތުންގެ އަތުނުޖެހޭ ހިސާބަކަށް ނޭރޭނެ: މެމްބަރުން
ބިސް ކޮތަޅު އޮތީ މެމްބަރު އައްސަދުގެ އަތުގައި!
މަސީހާއެކު ކުރާނެ މަޝްވަރާއެއް ނެތް: އިދިކޮޅު ކޯލިޝަން