31 އޮކްޓޯބަރ 2018
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ، އިތުރުފުޅު ހައްދަވާފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިއަދު މަޖިލިހުގައި ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ، އިތުރުފުޅު ހައްދަވާފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިއަދު މަޖިލިހުގައި ވިދާޅުވެއްޖެ އެވެ.
އެންޓި ޑިފެކްޝަންގެ ގާނޫނު އުވައިލުމުގެ ބިލަށް ބަހުސް ކުރެއްވި ޕީޕީއެމްގެ ބައެއް މެމްބަރުން، ޖަލްސާތައް ކުރިއަށް ގެންދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރެއްވުމާ ގުޅިގެން އެކަމަށް ރައްދުދެއްވައި މޫސަ ވިދާޅުވީ މިއަދުގެ ޖަލްސާގެ އެޖެންޑާ ކަނޑައެޅުއްވީ ވެސް މަސީހް ކަމަށެވެ. އަދި ޖަލްސާ ކުރިއަށް ގެންދަވަނީ އޭނާ ނޫން ކަމަށާއި ޖަލްސާ ބާއްވަން ޖެހޭ ގަޑި އަންގަވަނީ ވެސް މަސީހް ކަމަށް ވިދާޅުވި އެވެ.
"މަޖިލީހުގައި ޖަލްސާ ބާއްވަން އިއްޔެ ވިދާޅުވެފައި މަސީހް ރޭގައި އަޅުގަނޑަށް ގުޅާފައި ވިދާޅުވީ ޖަލްސާ ކެންސަލް ކުރައްވާށޭ. މިއަދު ހެނދުނު ގުޅާފައި ވިދާޅުވީ ޖަލްސާ ކުރިއަށް ގެންދަވާށޭ. އަޅުގަނޑަކީ މަޖިލީހުގެ ރައީސެއް ނޫން. މަޖިލީހުގެ މެމްބަރުންނަށް ގަވައިދު އެނގިވަޑައިގަންނަވަން ޖެހޭ،" މޫސަ ވިދާޅުވި އެވެ.
"އިއްޔެގައި އަޅުގަނޑު ކައިރީގައި ވިދާޅުވީ ތިމަންނަ [އިއްޔެ އިރުއޮއްސި] ހައެއް ޖެހުމުގެ ކުރިން އިސްތިއުފާ ދެއްވާނަމޭ. އެހެންވީމަ [މިއަދު] ޖަލްސާ ބާއްވައިދޭށޭ ވިދާޅުވެފައި އަޅުގަނޑަށް އިތުރުފުޅު ހައްދަވާފައި މިކަންތައް ކުރައްވާފައިވާތީ އެ ވާހަކަ އަޅުގަނޑު ދަންނަވާލީ."
މަޖިލިހުގެ ރައީސްގެ މަގާމުން މަސީހު ވަކިކުރުމުގެ މައްސަލައިގެ ޖަލްސާ އަންނަ މަހުގެ އަށް ވަނަ ދުވަހު ބާއްވަން ނިންމައި އެކަމުގެ ނޯޓިސް ވަނީ ދީފަ އެވެ. އިދިކޮޅު މެމްބަރުންގެ އިތުރުން ޕީޕީއެމްގެ ބައެއް މެމްބަރުންނާ އެކު 51 ސޮއި ހިމެނޭ ގޮތަށް އެ މައްސަލަ ވެއްދި ފަހުން، މަސީހު އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވާނީ، އެ ދުވަހެއްގެ ޖަލްސާގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. މަސީހުގެ މައްޗަށް އިތުބާރު ނެތްކަމަށް މަޖިލީހުގެ ތަޅުމުން ފާސްވެއްޖެ ނަމަ، އެ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވާނެ އެވެ.
މޫސަ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ހަމައެކަނި ޕީޕީއެމާއި އެމްޑީޕީގެ މެމްބަރުންގެ ހިޔާލާ އެއްގޮތަށް ނޫން ކަމަށެވެ. އޭނާ މަޖިލީސް ކުރިޔަށް ގެންދަވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދި މަސީހުގެ އިޒުނައާ ވެސް އެކު ކަމަށް ވިދާޅުވި އެވެ.
މަސީހް، މަގާމުން ވަކިކުރުމުގެ ޖަލްސާ މިރޭ ބާއްވަނީ
މަޖިލީހުގައި މަސައްކަތްކުރަނީ އިންސާފުވެރިކޮށް: މޫސަ
މާދަމާ ރޭ މަޖިލިސް، މަސީހް ވަކިކުރާނެ ކަމަށް ބެލެވޭ
ރައީސް ވަކިކުރުމުގެ މައްސަލަ އަށް ވަގުތެއް ނެތް: މޫސަ
އިދިކޮޅު މެމްބަރުންގެ ރޫހު ހުރީ ޖަލްސާގައި ބައިވެރިވާން
ސޮއިކުރުމަކީ ރައީސްއާ ދެކޮޅުވުމެއް ނޫން: މެމްބަރުން
މަސީހު ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 8 ގައި
51 މެމްބަރެއްގެ ސޮޔާއެކު މަސީހް ވަކިކުރަން މަޖިލީހަށް
މަޖިލީހުގައި ސިފައިން ހިންގަނީ ޖަރީމާތަކެއް: މެމްބަރުން
29 މެމްބަރުންގެ ސޮޔާއެކު ޖަލްސާ ބާއްވަން ހުށަހަޅަނީ