ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ރޭ ބާއްވަން ތާވަލް ކޮށްފައިވާއިރު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި، އެ ޖަލްސާގައި އެ މަނިކުފާނު މަގާމުން ދުރުކުރާނެ ކަމަށް ބެލެވޭ ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
31 އޮކްޓޯބަރ 2018
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ރޭ ބާއްވަން ތާވަލް ކޮށްފައިވާއިރު، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި، އެ ޖަލްސާގައި އެ މަނިކުފާނު މަގާމުން ދުރުކުރާނެ ކަމަށް ބެލެވޭ ކަމަށް އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާ ހަމައަށް މާދަމާ ރޭ ދެވޭނެ ކަމަށް އިދިކޮޅު މެމްބަރުން ބައްލަވަނީ، އެމަނިކުފާނާ ދެކޮޅަށް 45 މެމްބަރަކު މިދިއަ އަހަރުގެ ޖުލައި މަހު ހުށައެޅުއްވި މައްސަލަ ތާވަލްކުރަން އާންމު ކޮމިޓީން މިއަދު ފާސްވުމުންނެވެ. އެފަހަރު މަސީހު ވަކިކުރަން އެޖެންޑާ ނުކުރީ، އޭގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމުމުން، އެމަނިކުފާނާ ދެކޮޅަށް މައްސަލަ ހުށައަޅަން މަދުވެގެން ބޭނުންވާ 42 ސޮއި ހަމަނުވާކަމަށް ބުނެ އެވެ.
އެކަމަކު އެ ހަތަރު މެމްބަރުންގެ އިތުރުން، ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި އަނެއް އަށް މެމްބަރުންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން، ކުރީގެ މައްސަލަ މަސީހާ ދެކޮޅަށް ތާވަލްކުރެވޭނެ ކަމަށް އާންމު ކޮމިޓީއަށް މިއަދު ގަބޫލުކުރެވުނީ އެވެ.
މަސީހު ވަކިކުރަން 51 މެމްބަރުންގެ ސޮޔާ އެކު މިދިއަ ބުދަދުވަހު ހުށައެޅި މައްސަލަ ނޮވެމްބަރު 8 ގައި އޮންނާނެ ކަމުގެ ނޯޓިސް ވަނީ ދީފަ އެވެ. އެކަމަކު އިދިކޮޅު މެމްބަރުން މިހާރު ބޭނުންވަނީ ޖުލައި މަހު ހުށައެޅި މައްސަލަ މާދަމާ ރެއަށް ތާވަލްކުރާށެވެ. އެހެންކަމުން، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދަމަހައްޓަވަން ރައްޔިތުންގެ މަޖިލިހުގެ ގިނަ ބާރުތަކެއް ކަނޑުވާލިކަމުގެ ތުހުމަތު އެޅިފައިވާ މަސީހު، މަޖިލިހުގެ ރައީސްކަމުން މާދަމާ ރޭ ވަކިކުރާނެ ކަމަށް އިދިކޮޅުން ގަބޫލުކުރެ އެވެ.
އެކަމަކު މާދަމާ ރޭގެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާއިން އަދި އާންމެއް ނުކުރެ އެވެ.
މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ރޭގަނޑު ބާއްވަނީ ވަރަށް މަދުންނެވެ. ޖަލްސާތައް މިހާތަނަށް ރޭގަނޑު ބާއްވަނީ މުހިންމު ނިންމުމެއް ފާސް ކުރަން ޖެހޭ ހާލަތްތަކުގައި އެކަންޏެވެ. މަޖިލީހުގައި މިވަގުތު އޮތް އެންމެ މުހިންމު އެއް ކަމަކީ މަޖިލީހުގެ ރައީސް މަސީހް މަގާމުން ވަކިކުރުމުގެ މައްސަލަ ކަމަށް، މަޖިލީހުގެ މިހާރުގެ އަޣުލަބިއްޔަތު [އިދިކޮޅު ކޯލިޝަން] އިން ގަބޫލުކުރާއިރު، އެ މައްސަލަ މާދަމާ ރޭ ކުރިއަށް ގެންދާނެ ކަމަށް އެ ކޯލިޝަންގެ މެމްބަރުން ވަރަށް ބޮޑަށް ގަބޫލު ކުރައްވަ އެވެ.
މަޖިލީހުގެ ނައިބު ރައީސް މޫސަ "މިހާރު" އަށް ވިދާޅުވީ މާދަމާ ރޭ ގެ ޖަލްސާއަށް އެޖެންޑާ ކުރާނެ ކަމެއް އަދި ނުނިންމާ ކަމަށެވެ. އެޖެންޑާ މެމްބަރުންނާ ފަހުން ހިއްސާ ކުރައްވާނެ ކަމަށް މޫސަ ވިދާޅުވި އެވެ.
އާންމު ކޮމިޓީން މިއަދު ފާސްކުރީ ޖުލައި މަހު ހުށައެޅި މައްސަލަ ތާވަލް ކުރުމަށާއި ޖަލްސާގައި ޖަވާބުދާރީވުމަށް މަސީހަށް 30 މިނިޓާއި މެމްބަރުންނަށް ދޮޅު ގަޑިއިރު ދޭށެވެ.
މަޖިލީހުގެ ޖަލްސާއެއްގައި ޕީޕީއެމާއި އިދިކޮޅު މެމްބަރުން. --- ފޮޓޯ: މަޖިލިސް
އެ ކޮމިޓީން ފާސްކޮށްފައި ވަނީ ބަހުސް ފެށުމާ އެކު މަސީހަށް 10 މިނިޓާއި މެދުތެރެއިން 10 މިނިޓު އަދި ފަހު ބަސް ވިދާޅުވުމަށް 10 މިނިޓުގެ ފުރުސަތެއް ދިނުމަށެވެ. މި މައްސަލާގައި ބަހުސް ކުރައްވަން މެމްބަރުންނަށް ދޭން ނިންމީ ދޮޅު ގަޑިއިރެވެ.
މަސީހް، މަގާމުން ވަކިކުރުމުގެ ޖަލްސާ މިރޭ ބާއްވަނީ
މަޖިލީހުގައި މަސައްކަތްކުރަނީ އިންސާފުވެރިކޮށް: މޫސަ
މަސީހު ވަކިކުރުމުގެ މައްސަލަ އަންނަ މަހުގެ 8 ގައި
ރައީސް ވަކިކުރުމުގެ މައްސަލަ އަށް ވަގުތެއް ނެތް: މޫސަ
ދެ ހުށަހެޅުމުގައި ރައީސްގެ އަރިސް މެމްބަރުންތަކެއް!
51 މެމްބަރެއްގެ ސޮޔާއެކު މަސީހް ވަކިކުރަން މަޖިލީހަށް
މަޖިލިސް ހުއްޓިފައި، ޒިންމާ ނަގާނެ ބަޔަކު ނެތް!
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި
ވަފާތެރިކަމާއެކު މަސްއޫލިއްޔަތު އަދާކުރާނަން: ގާސިމް
މަސީހާ ދެކޮޅަށް ކުރިން ހުށަހެޅި މައްސަލަ ތާވަލްކުރަނީ