ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަތަރު މެމްބަރެއްގެ މައްސަލައިގެ ހުކުމް ކުރުމަށް ސުޕްރީމް ކޯޓަށް ބާރު އަޅައިދިނުމަށް ދިވެހި ސިފައިންގެ ކިބައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
26 އޯގަސްޓް 2017
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަތަރު މެމްބަރެއްގެ މައްސަލައިގެ ހުކުމް ކުރުމަށް ސުޕްރީމް ކޯޓަށް ބާރު އަޅައިދިނުމަށް ދިވެހި ސިފައިންގެ ކިބައިން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީ ނެގެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހޭ ބަޔަކީ ދިވެހި ސިފައިން ކަމަށެވެ. އެހެންވެ މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ ހުކުމްކުރުމަށް ސުޕްރީމް ކޯޓަށް ބާރު އަޅައިދިނުމަށް އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައިވެ އެވެ.
ސަރުކާރާ ދެކޮޅު ފިކުރުގެ ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. އަދި ގޮނޑި ގެއްލުނު މައްސަލަ ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން އޭގެ ތެރެއިން ހަތަރު މެމްބަރަކު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ހުކުމް ނުކޮށް ލަސްވަމުންދާތީ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިމި މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.
މެމްބަރުންތަކެއްގެ ގޮނޑި ގެއްލުނު މައްސަލަ އާއި ޝަރުއީ ނިޒާމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލުކުރުމަށް މިދިޔަ މަހުގެ 31 ގައި އިދިކޮޅު ޕާޓީތަކުން ވަނީ ސިޓީއަކުން އެދިފަ އެވެ. ނަމަވެސް މިހާތަނަށް އެ ބޭފުޅުންނާ އުއްތަމަ ފަނޑިޔާރު ބައްދަލު ނުކުރައްވާތީ އިދިކޮޅު ލީޑަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މަޖިލީހުގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ އެވެ.
އެންމެ ނުރައްކާތެރި ތިން "ކުށްވެރިން"؟
ޕީޕީއެމުން ވަކިވާން ހުށަހެޅުމާ އެކު ވަކިވާނެ
ވައްޑެގެ ގޮނޑި ނުގެއްލޭ ކަމަށް ކޯޓުން ހުކުމްކޮށްފި
އިންސާފު ނުލިބޭތީ ހިތާމަކުރަން: އަމީތު
ލަތީފްގެ އާދޭސް: ގޮނޑީގެ މައްސަލަ އަވަހަށް ނިންމައިދީ
"ގޮނޑި ގެއްލުނު ކަމަށް ނިންމީ ނުބައި ނިޔަތެއްގައި"
މަޖިލިހުން މިހާތަނަށް އެންގި އެއްޗެއް ނެތް: ލަތީފް
"ސުޕްރީމްކޯޓަށް ހުށަހެޅި މައްސަލަ ލަސްވާތީ ކަންބޮޑުވޭ"
މަޖިލިހުގެ ގޮނޑި ގެއްލުނު މެމްބަރުން ސުޕްރީމް ކޯޓަށް
"އެމްޑީޕީން މިހާރު ވާހަކަދައްކަނީ ދިމާ އިދިކޮޅަށް"