12 ފެބުރުއަރީ 2018
ކޮލަމްބޯ (ފެބްރުއަރީ 12) - ސްރީ ލަންކާގައި ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރު ހިންގާ ކޯލީޝަނަށް ނާކާމިޔާބުވެއްޖެ އެވެ.
ކޮލަމްބޯ (ފެބްރުއަރީ 12) - ސްރީ ލަންކާގައި ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން ސަރުކާރު ހިންގާ ކޯލީޝަނަށް ނާކާމިޔާބުވެއްޖެ އެވެ.
މިޑް-ޓާމް ޓެސްޓެއްގެ ގޮތުގައި ބެލެވުނު ލޯކަލް ކައުންސިލް އިންތިޚާބުން ވެރިކަންކުރާ ކޯލިޝަނަށް ނާކާމިޔާބުވި އިރު ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ ދެމެދު ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފަ އެވެ. ސިރިސޭނާ އާއި ރަނިލް ކެމްޕޭން ކުރައްވާފައި ވަނީ އެ ބޭފުޅުންގެ ޕާޓީތަކަށް ވަކިވަކިންނެވެ. ޔޫއެންޕީން ބުނެފައި ވަނީ 2020 ގެ އާއްމު އިންތިޚާބުގައި ވެސް ކެމްޕޭން ކުރާނީ ވަކިން ކަމަށެވެ.
އިންތިޚާބުން ކުރި ހޯދާފައި ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ޕާޓީ އެވެ. ރަސްމީ ނަތީޖާތައް ދައްކާ ގޮތުން ރާޖަޕަކްސާގެ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ - އެސްއެލްޕީޕީ ނުވަތަ ޕީޕަލްސް ފްރަންޓް އިން ވަނީ 340 ކައުންސިލްގެ ތެރޭން 225 ކައުންސިލް ކާމިޔާބު ކޮށްފަ އެވެ. ބޮޑު ވަޒީރު ރަނިލްގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް ލިބުނީ 41 ކައުންސިލެވެ. ސިރިސޭނާގެ ފްރީޑަމް އެލަޔަންސް އަށް ކާމިޔާބު ކުރެވުނީ 11 ކައުންސިލެވެ.
ރާޖަޕަކްސާގެ ޕާޓީން ވަނީ ހުރިހާ ދާއިރާތަކުން ވެސް ކުރި ހޯދައިފަ އެވެ. ރާޖަޕަކްސާގެ ވެރިކަމުގައި ހަނގުރާމަކޮށް ޓައިގަރުން ބަލިކުރި އުތުރުގެ ސަރަހައްދުތަކުން ވެސް ރާޖަޕަކްސާގެ ޕާޓީ ވަނީ ކާމިޔާބު ހޯދައިފަ އެވެ.
"އެސްއެލްޕީޕީގެ ނަމުގައި ވާދަކޮށް ކާމިޔާބުކުރި ހުރިހާ ފަރާތްތަކުން ވެސް ސުލްހަވެރިކަމާ އެކު އުފާފާޅު ކުރުމަށް ގޮވާލަން،" ރާޖަޕަކްސާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
އެސްއެލްޕީޕީގެ ތަރުޖަމާން ގާމިނީ ލަކްޝްމަން ޕެއިރިސް ވިދާޅުވީ ރާޖަޕަކްސާގެ ޕާޓީ އަށް އެހާ ބޮޑު ކާމިޔާބެއް ލިބުމުގެ މާނައަކީ ވެރިކަންކުރާ ކޯލިޝަނާ މެދު ރައްޔިޔުންގެ އިތުބާރު ނެތުން ކަމަށެވެ. އަދި އެއީ ސަރުކާރުގެ އިތުބާރު އޮތްތޯ ބަލަން ނެގި ވޯޓެއް ކަމަށާއި ވޯޓުގެ ނަތީޖާ އަށް ބަލާ ސަރުކާރު ދެމިއޮތުމުގެ ޑިމޮކްރެޓިކް އަދި ގާނޫނީ އެއްވެސް ހަމައެއް މިހާރު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ލަންކާގެ ތިން ލީޑަރުންގެ ބައްދަލުވުން ވެސް ފެއިލްވެއްޖެ
ރާޖަޕަކްސާ އަށް އިތުބާރު އޮތްތޯ ވޯޓެއް ނަގަނީ
ލަންކާގެ ސިޔާސީ މަޝްރަހުގެ އެންމެ މުހިންމު ތިން ބޭފުޅުން
ޑިޕިއުޓީ މިނިސްޓަރަކު ސަރުކާރުން ވަކިވެ ރަނިލް ޕާޓީއަށް
ބަޑިޖެހި ހާދިސާގައި މިނިސްޓަރު ރަނަތުންގާ ހައްޔަރުކޮށްފި
ސަރުކާރަށް ގެނައި ބަދަލު ސިރިސޭނާ ސާފުކޮށްދެއްވައިފި
ލަންކާގެ ވަޒީރަކު ރަހީނު ކުރަން އުޅުމުން ބަޑި ޖަހައިފި
އުފާވެރި ނޫން ކައިވެންޏެއް ނިމުމަކަށް ގެނެވިއްޖެ:ސިރިސޭނާ
ބޮޑުވަޒީރަކީ ރަނިލް ކަމަށް ޕާލަމެންޓުގެ ރައީސް ވިދާޅުވެއްޖެ
ބޮޑުވަޒީރުގެ ގެކޮޅުން ރަނިލް ނެރެން ކޯޓު އަމުރު ހޯދަނީ