23 ޖެނުއަރީ 2018
މާލެއާއި ރަށްތަކުގެ ކަރަންޓުގެ އަގު އެއްވަރަކަށް ހެދުމުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ތައުރީފުކޮށްފި އެވެ.
މާލެއާއި ރަށްތަކުގެ ކަރަންޓުގެ އަގު އެއްވަރަކަށް ހެދުމުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ތައުރީފުކޮށްފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީއާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގަރާރުތަކުން ބާރުއަޅަނީ އިންސާނީ ހައްގުތައް ފޯރުކޮށްދިނުމުގައި ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ހަމަހަމަކަމާއެކު ހުރިހާ އެންމެނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އެއް ހަމައެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެ ކޮމިޝަނުން މިދިޔަ އަހަރު ރާއްޖޭގެ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ އަގުތަކުގެ ފަރަގު ދެނެގަތުމުގެ ގޮތުން ދިރާސާއެއްކޮށްފައިވާ ކަމަށް ވެސް އެޗްއާރުސީއެމް އިން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ ރަށްރަށުގައި ކަރަންޓު ފޯރުކޮށްދޭ އަގުތައް، މާލެއާ އަޅާބަލާއިރު އެވްރެޖްކޮށް 43 ޕަސެންޓް ބޮޑުކަން އެ ދިރާސާއިން ފާހަގަކުރެވުނު ކަމަށެވެ.
"ކަރަންޓާއި ފެނުގެ ހިދުމަތް ދިނުމުގެ އަގުތަކުގައި ހުރި ފަރަގު ނައްތާލުމަށް މާލެއާއި އަތޮޅުތެރޭގައި އެއް އަގެއްގައި ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް ދައުލަތުން ނިންމާފައިވާ ނިންމުމަށް އެ ކޮމިޝަނުން މަރުހަބާ ކިޔަމެވެ" އެޗްއާރުސީއެމް އިން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ އުއްމީދަކީ ކުރިޔަށް އޮތްތަނުގައި ވެސް ގާނޫނު އަސާސީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގަރާރުތަކުން ކަށަވަރުކޮށްދީފައިވާ އިންސާނީ ހައްގުތައް އެންމެނަށް އެއްހަމައެއްގައި ފޯރުކޮށްދިނުމުގެ ގޮތުން ފެނާއި ކަރަންޓުގެ އަގުތަކަށް ގެނައި ހެޔޮބަދަލު އެހެން ކަންކަމުން ވެސް ފެނިގެންދާނެ ކަމަށެވެ.
ރަށްރަށުގެ ކަރަންޓާއި ފެން މާލެއެކޭ އެއް އަގަކަށް
ބޯފެން ރައްކާކުރަން 133 މިލިއަން ރުފިޔާގެ މަޝްރޫއެއް
ފެނާއި ނަރުދަމާގެ ނިޒާމް ހަރުދަނާކުރަން ގާނޫނެއް ހަދަނީ
ތިން އަހަރު ތެރޭ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކުރަނީ
ކުޑަހުވަދޫގައި ސްމާޓް މީޓަރުތައް ބޭނުންކުރަން ފަށައިފި
"އައްޑޫގެ ކަރަންޓު މައްސަލަ އަންނަ މަހު ހައްލުވާނެ"
ބޭނުން ނުވާ ވަރުގެ އިންޖީނުގެތައް އެބަހުރި: ތޯރިގް
އެޗުއާރުސީއެމަށް: އެހެން ރަށްރަށުގެ ހާލަތު ވެސް ބަލާ!
ކަޅުހަން ނުލިބުނު ގެތަކަށް އަގު ދޭންޖެހޭނެ: ހައި ކޯޓް
މި މަހުގެ ކަރަންޓު ބިލު ވެސް ބޮޑުވާނެ: ސްޓެލްކޯ