29 އޮކްޓޯބަރ 2020
ސަރުކާރުން ބެހިި، ފެން ރައްކާކުރާ ކަޅުހަން ނުލިބުނު ގެތަކަކަށް އޭގެ އަގު ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމްތައް ހައި ކޯޓުން ދަމަހައްޓައިފި އެވެ.
ސަރުކާރުން ބެހިި، ފެން ރައްކާކުރާ ކަޅުހަން ނުލިބުނު ގެތަކަކަށް އޭގެ އަގު ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމްތައް ހައި ކޯޓުން ދަމަހައްޓައިފި އެވެ.
ސުނާމީ ކާރިސާއާ ގުޅިގެން ބޭރުގެ ޖަމާއަތްތަކާ ގުޅިގެން ސަރުކާރުން 2008 ވަނަ އަހަރު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 2،500 ލީޓަރުގެ ކަޅުހަން ބަހައިފަ އެވެ. އެކަމަކު ލ. ހިތަދޫގެ ބައެއް ގެތަކަށް ކަޅުހަން ނުލިބުމުން އެ ގެތަކުގެ ވެރިން ދައުލަތާ ދެކޮޅަށް ދައުވާ ކުރުމުން މިދިޔަ އަހަރު އެ ރަށު ކޯޓުން ވަކިވަކިން ހުކުމްކުރީ އެއިން ކޮންމެ ގެއަކަށް ކަޅުހަމެއްގެ އަގާއި އެ އުފުލުމުގެ ޚަރަދު ދައުލަތުން ދެއްކުމަށެވެ. އެ ހުކުމްތަކާ ގުޅިގެން އޭގެ ތެރެއިން ބައެއް ގެތަކަށް ދައުލަތުން އޭގެ އަގު ދެއްކި އެވެ. އެކަމަކު ދެން ހުރި ހުކުމްތައް ދައުލަތުން ވަނީ އިސްތިއުނާފް ކޮށްފަ އެވެ.
އޭގެ ތެރެއިން 17 މައްސަލައެއް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ވަކިވަކިން ކުރި ހުކުމްތަކުގައި ވަނީ ހިތަދޫގެ ބައެއް ގެތަކަށް ކަޅުހަން ނުލިބި ހުރިކަން ދެ ފަރާތުގެ ބަހުން ސާފުވާ ކަމަށެވެ. އެކަމަކު އެރަށު ކޯޓުގެ ހުކުމާ ގުޅިގެން އޭގެ ތެރެއިން ބައެއް ގެތަކަށް ކަޅުހަމުގެ އަގު ދައުލަތުން ދައްކާފައިވާ ކަމަށާއި އެ މައްސަލަތައް ދައުލަތުން އިސްތިއުނާފް ވެސް ކޮށްފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ މައްސަލަތަކުގައި ހުކުމާ އެއްގޮތަށް އަމަލު ކުރުމަށް ފަހު އެ 17 މައްސަލަ އިސްތިއުނާފް ކުރުމަކީ އެހެންވެ، އެއް ހާލަތެއްގައި ތިބި ދެ ބައެއްގެ މެދުގައި ދައުލަތުން ތަފާތު ކުރުން ކަމަށް އެ ހުކުމުގައިވެ އެވެ.
އެހެންވެ، ހުކުމުގައިވަނީ އެ ގެތަކަށް ކަޅުހަމުގެ އަގު ދައްކަން ކޮށްފައިވާ ހުކުމްތައް ރަނގަޅު ކަމަށެވެ.
އެ މައްސަލަތައް ހައި ކޯޓުން ބެއްލެވި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.
މިވަރުން ޔަގީންކޮށް، އިސްކުރު ފެން ބޯން ފަށާ!
ފެން ވައިރުކުރުމުގެ މިންގަނޑެއް އެކުލަވައިލަނީ
ސަރަހައްދުގައި އެންމެ ރަނގަޅު ފެން ދޫކުރަނީ ރާއްޖޭގައި
ބޯފެން ރައްކާކުރަން 133 މިލިއަން ރުފިޔާގެ މަޝްރޫއެއް
ކަރަންޓުގެ އަގު އެއްވަރަކަށް ހެދުމުން ތައުރީފުކޮށްފި
ފެނާއި ނަރުދަމާގެ ނިޒާމް ހަރުދަނާކުރަން ގާނޫނެއް ހަދަނީ
ފެން އުފައްދާ ނިޒާމެއް ކަނޑުއަޑީގައި ހަދަން ދިރާސާއެއް
ފެނުގެ ނެޓްވޯކް ގުޅާލާ ސްޓޭޝަންގެ މަސަައްކަތް ފަށައިފި
އައްޑޫ ފެނުގެ މައްސަލަ ހައްލުކޮށް، މިރޭ ފެން ދޫކުރާނެ
ކުދި ޕްލާސްޓިކް ފުޅި ވިއްކުން މަނާކުރުން ފަސްކޮށްފި