11 ޖުލައި 2016
ޓްވިޓާގައި ރަނިކަން ކުރަމުން އަންނަ އެމެރިކާގެ ލަވަ ކިއުންތެރިޔާ ކެޓީ ޕެރީ އާއި އޭނާ މިހާރު ރައްޓެހިވެގެން އުޅޭ އިނގިރޭސި އެކްޓަރު އޮލަންޑޯ ބްލޫމް މިހާރު އުޅެނީ ވަރަށް ސީރިއަސް ގުޅުމެއްގައި ކަމަށާއި ދެ މީހުން ކައިވެނިކޮށްފާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޓްވިޓާގައި ރަނިކަން ކުރަމުން އަންނަ އެމެރިކާގެ ލަވަ ކިއުންތެރިޔާ ކެޓީ ޕެރީ އާއި އޭނާ މިހާރު ރައްޓެހިވެގެން އުޅޭ އިނގިރޭސި އެކްޓަރު އޮލަންޑޯ ބްލޫމް މިހާރު އުޅެނީ ވަރަށް ސީރިއަސް ގުޅުމެއްގައި ކަމަށާއި ދެ މީހުން ކައިވެނިކޮށްފާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ކެޓީ މީގެ ކުރިން ވެސް ވަނީ އެކްޓަރަކާ ކައިވެނިކޮށްފަ އެވެ. އެއީ އިނގިރޭސި އެކްޓަރު ރަސަލް ބްރޭންޑާ އެވެ. އެ ދެ މީހުން 2010 ގައި ކުރި ކައިވެނި 2012 ގައި ވަނީ ރޫޅިފަ އެވެ.
އެ ކައިވެނި ރޫޅުނު ފަހުން ކެޓީ ވަނީ ލަވަ ކިއުންތެރިޔާ ޖޯން މޭޔާ އާ ވެސް ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅެފަ އެވެ. އެކަމަކު އެ ގުޅުން މީގެ އަހަރެއްހާ ދުވަސް ކުރިން ވަނީ ނިމުމަކަށް އައިސްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކެޓީ، 31، އާއި އޮލަންޑޯ، 39، ހަފުތާ ބަންދު ވެސް ހޭދަ ކުރީ އެކުގައި އޮލަންޑޯގެ މަލިބޫ ގޭގަ އެވެ.
އެ ދެ މީހުންނާ ގާތް މީހަކާ ހަވާލާދީ ޕީޕަލް އިން ބުނީ ކެޓީ އާއި އޮލަންޑޯ މިހާރު ތިބީ ހަޔާތުގެ ވަރަށް އުފާވެރި ހިސާބެއްގައި ކަމަށާއި ދެ މީހުން އެކުގައި ވަގުތު ހޭދަކުރަން ވަރަށް ބޮޑަށް ލޯބި ކުރާ ކަމަށެވެ.
މިދިޔަ ހަފުތާގައި ކެޓީ އާއި އޮލަންޑޯގެ ގުޅުން ގޯސްވެ، ދެ މީހުން ވަކިވުމަކާ ދިމާއަށް މިސްރާނު ޖަހައިފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އެ ދެ މީހުން ގާތް ގުޅުމެއް އޮންނަ މީހާ ބުންޏެވެ.
ކެޓީ ޕެރީ އާއި އޮލަންޑޯ ބްލޫމް: ދެ މީހުން އުޅެނީ ވަރަށް ސީރިއަސްކޮށް ރައްޓެހިވެގެން.
"ލޯޑް އޮފް ދަ ރިންގްސް" އާއި "ހޮބިޓް" އަދި "ޓްރޯއި" ފަދަ ފިލްމުތައް ކުޅެފައިވާ އޮލަންޑޯ ވެސް މީގެ ކުރިން ކައިވެންޏެއްކޮށްފައިވެ އެވެ. އެއީ އޮސްޓްރޭލިއާގެ މޮޑެލް މިރަންޑާ ކެރް އާ އެވެ.
ދެހާސް ތޭރައިގައި އެ ކައިވެނި ރޫޅުނު އިރު ދަރިއަކު ވެސް ލިބިފައިވެ އެވެ.
ބިލީއާއެކު މަސައްކަތް ނުކުރެވުމަކީ ހެދުނު ގޯހެއް
ކޭޓީ އާއި ޑުއާ އެކުގައި ލަވައެއް ނެރެނީ
ލަވަ ކޮޕީ ކުރިޔަސް ޖޫރިމަނާ ދައްކަން ނުޖެހުނު
ކޮވިޑާ ހެދި ކޭޓީ ޕެރީއަށް ކައިވެނި ނުކުރެވިފައި
ކޭޓީ ޕެރީ އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި
ކޭޓީ ޕެރީ އާއި އޯލެންޑީ ބްލޫމް އެންގޭޖްވެއްޖެ
ޓްވިޓާގެ ރަނިކަން ކެޓީ ޕެރީ އަށް
ސިޔާސީ ދެބަސްވުމެއްގައި ޖޯޖް އާއި އާމާލް ވަރިފަށަށް
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
ގޯލްޑެން ގްލޯބްސްގެ ކުރީގައި "އެމިލިއާ ޕެރޭޒް"