10 ފެބުރުއަރީ 2022
ހޮލީވުޑްގެ އެންމެ ބޮޑެތި ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ކޭޓީ ޕެރީ އާއި އޭނާގެ ބައިވެރިޔާ، މަޝްހޫރު އެކްޓަރު އޯލެންޑޯ ބްލޫމްގެ ކައިވެނި ނުކުރެވި ލަސްވަމުން ދަނީ ކޮވިޑާ ގުޅިގެން ކަމަށް އެ ލަވަކިޔުންތެރިޔާ ހާމަކޮށްފި އެވެ.
ހޮލީވުޑްގެ އެންމެ ބޮޑެތި ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ކޭޓީ ޕެރީ އާއި އޭނާގެ ބައިވެރިޔާ، މަޝްހޫރު އެކްޓަރު އޯލެންޑޯ ބްލޫމްގެ ކައިވެނި ނުކުރެވި ލަސްވަމުން ދަނީ ކޮވިޑާ ގުޅިގެން ކަމަށް އެ ލަވަކިޔުންތެރިޔާ ހާމަކޮށްފި އެވެ.
ކޭޓީ އާއި އޯލެންޑޯ ރައްޓެހިވެގެން އުޅޭތާ އެތައް އަހަރުތަކެއް ވުމަށް ފަހު އޯލެންޑޯ ޕްރޮޕޯސްކޮށްފައި ވަނީ 2019 ވަނަ އަހަރުގަ އެވެ. އެންގޭޖުވުމަށް ފަހު ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމަށް ހާމަކުރި ކޭޓީ ބުނަނީ އަދިވެސް އެކަން ބޭނުންވާ ގޮތަށް ނުވާ ކަމަށެވެ. އޭގެ ފަހުން މިހާރު ތިން އަހަރު ވެއްޖެ އެވެ.
"އަދިވެސް މަސައްކަތް މިކުރަނީ ކައިވެނި ކުރުމުގެ ފުރިހަމަ ތައްޔާރީތައް ނިންމޭތޯ. އެކަމަކު ކޮންމެ މަހަކު މި އިވެނީ ކޮވިޑް އާ ވޭރިއެންޓެއްގެ ވާހަކަ،" ކޭޓީ ބުންޏެވެ.
ކޭޓީ އާއި އޯލެންޑޯ މަސައްކަތް ކުރަމުން އަންނަނީ ކައިވެނި ކުރާނެ ތަނަކާއި ވަގުތެއް ކަނޑައެޅުމަށެވެ. އެކަމަކު އަދިވެސް އެއްވެސް ކަމެއް ފައިނަލް ނުވާ ކަމަށް ކޭޓީ ބުނެ އެވެ.
ދެމީހުންގެ އެންގޭޖްމެންޓަށް ފަހު ކޭޓީ އާންމުކޮށްފައި ވަނީ ދެމީހުންނަށް ފުރަތަމަ ދަރިއެއް ލިބެން އުޅޭ ކަމުގެ ވާހަކަ އެވެ. އެގޮތުން ދެމީހުންނަށް ވަނީ މިހާރު އަންހެން ދަރިއަކު ލިބިފަ އެވެ.
ލަވަ ކޮޕީ ކުރިޔަސް ޖޫރިމަނާ ދައްކަން ނުޖެހުނު
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ
ބްރެޑް އާއި އެންޖެލީނާ ދިމާނުވާނެ ގޮތް ހަދައިފި
ޕީޓް ނަފުސާނީ ފަރުވާ ހޯދަނީ
ހެއިލީ އާއި ޖަސްޓިން ވަރިވާން އުޅޭ ވާހަކަ ދޮގުކޮށްފި
ގްލެން ޕަވަލް ޑިގްރީއަށް ކިޔަވަން ފަށައިފި
ނޯޓްބުކްގެ އެކްޓަރު ޖީނާ އަލްޒައިމާ ބަލީގައި
ދޭވްއާ އެކު މަސައްކަތްކުރަން ޖެނިފާ ވަރަށް ބޭނުންވޭ