15 މާޗް 2022
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ މީގެ ނުވަ އަހަރު ކުރިން ނެރެފައިވާ ލަވަ "ޑާކް ހޯސް" އަކީ ކޮޕީއެއް ކަން ސާބިތުވެ ބޮޑު އަދަދަކުން ޖޫރިމަނާގެ ގޮތުގައި ދެ މިލިއަން ޑޮލަރު ދައްކަން ކޯޓުމް އަމުރުކުރިތާ ތިން އަހަރު ފަހުން އަލުން އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ހުކުމް ކޮށްފި އެވެ.
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ މީގެ ނުވަ އަހަރު ކުރިން ނެރެފައިވާ ލަވަ "ޑާކް ހޯސް" އަކީ ކޮޕީއެއް ކަން ސާބިތުވެ ބޮޑު އަދަދަކުން ޖޫރިމަނާގެ ގޮތުގައި ދެ މިލިއަން ޑޮލަރު ދައްކަން ކޯޓުމް އަމުރުކުރިތާ ތިން އަހަރު ފަހުން އަލުން އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ހުކުމް ކޮށްފި އެވެ.
ލަވައިގެ މައްސަލާގައި ކޭޓީ އަށް ދައުވާ ކުރީ ފްލޭމްގެ ނަމުން މަޝްހޫރު ރެޕް އާޓިސްޓް މާކަސް ގްރޭ އެވެ. އޭނާ ދައުވާ ކުރީ ކޭޓީ 2013 ގައި ނެރުނު "ޑާކް ހޯސް" އަކީ "ޖޯއިފުލް ނޮއިސް" ގެ ނަމުގައި 2008 ގައި ނެރުނު ލަވައިގެ މިއުޒިކްގެ ބައިތަކެއް ކޮފީކޮށްގެން ނެރެފައިވާ ލަވައެއް ކަމަށް ބުނެ އެވެ. އަދި ކޭޓީ ލަވަ ކޮޕީކުރީ ކޮޕީރައިޓްގެ ގާނޫނާ ހިލާފަށް ކަމަށް ވެސް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން 2.2 މިލިއަން ޑޮލަރު ދެއްކުމަށް ކޭޓީ އަށް 2019 ވަނަ އަހަރުގައި ވަނީ ހުކުމް ކޮށްފަ އެވެ. ނަމަވެސް ކޯޓު އެ ހުކުމް އިއްޔެ ވަނީ ބަދަލުކޮށްފަ އެވެ.
އެ މައްސަލަ އަލުން ބެލުމަށް އިސްތިއުނާފަށް ހުށަހެޅުމުން ފަނޑިޔާރުން ފާހަގަކުރީ ކޭޓީގެ ލަވައިގައި ކޮޕީކުރި ކަމަށް ބުނާ ނޯޓުތަކަކީ މުޅިން ތަފާތު އަދި އާދަޔާ ހިލާފު ނޯޓުތަކެއް ނޫން ކަމަށެވެ. އަދި އެކި ލަވަތަކުގައި ވެސް އެއީ އާންމުކޮށް ހިމެނޭ ނޯޓުތަކަކަށް ވާތީ އެއީ ކޮޕީއަކަށް ނުބެލޭނެ ކަމަށް ކޯޓުގެ އާ ހުކުމްގައި ބުންޏެވެ.
އެފަދަ ކުދި ނޯޓުތަކާ ގުޅިގެން ކޯޓުން ކޮޕީރައިޓްގެ މައްސަލަތައް ބަލަން ވެއްޖެ ނަމަ، އާޓިސްޓުންގެ ހުނަރަށް ހުރަސް އެޅޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ކޮވިޑާ ހެދި ކޭޓީ ޕެރީއަށް ކައިވެނި ނުކުރެވިފައި
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ
ބްރެޑް އާއި އެންޖެލީނާ ދިމާނުވާނެ ގޮތް ހަދައިފި
ޕީޓް ނަފުސާނީ ފަރުވާ ހޯދަނީ
ހެއިލީ އާއި ޖަސްޓިން ވަރިވާން އުޅޭ ވާހަކަ ދޮގުކޮށްފި
ގްލެން ޕަވަލް ޑިގްރީއަށް ކިޔަވަން ފަށައިފި
ނޯޓްބުކްގެ އެކްޓަރު ޖީނާ އަލްޒައިމާ ބަލީގައި
ދޭވްއާ އެކު މަސައްކަތްކުރަން ޖެނިފާ ވަރަށް ބޭނުންވޭ