Roadha Mihaaru
ކޭޓީ ޕެރީ އާއި އޯލެންޑީ ބްލޫމް އެންގޭޖްވެއްޖެ

ކޭޓީ ޕެރީ އާއި އޯލެންޑީ ބްލޫމް އެންގޭޖްވެއްޖެ

17 ފެބުރުއަރީ 2019

މީގެ ކުރިން ކައިވެނިކޮށް، އެ ކައިވެނިތައް ރޫޅިފައިވާ އިނގިރޭސިވިލާތުގެ މަޝްހޫރު އެކްޓަރު އޯލެންޑޯ ބްލޫމާއި އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އެންގޭޖްވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ކުރިން ކައިވެނިކޮށް، އެ ކައިވެނިތައް ރޫޅިފައިވާ އިނގިރޭސިވިލާތުގެ މަޝްހޫރު އެކްޓަރު އޯލެންޑޯ ބްލޫމާއި އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އެންގޭޖްވެއްޖެ އެވެ.

އެންގޭޖްވި ކަމަށް އިޝާރާތްކޮށްދޭ ކަހަލަ ފޮޓޯއެއް ވެސް ދެ ފަންނާނުން އިންސްޓަގްރާމްގައި ހިއްސާކޮށްފައި ވަނިކޮށް، އެ މީހުންގެ ތަރުޖަމާނު ވެސް ވަނީ އެންގޭޖްވިކަން މީޑިއާތަކަށް ކަށަވަރުުކޮށްދީފަ އެވެ.

އޯލަންޑޯ، 42، އާއީ ކެޓީ، 34، ލޯބީގެ ގޮތުން ގުޅުނީ 2016 ގަ އެވެ. އެކަމަކު އޭގެ 10 މަސް ފަހުން ދެ މީހުންގެ ދޭތެރޭގައި ކުނިޖެހި ވަކިވުމަށް ފަހު، އަލުން އެއްގަލަކަށް އަރައި ކައިވެންޏަކާ ދިމާއަށް ދަތުރު ފަށާ ގޮތަށް އަލުން ގުޅުނީ މިދިޔަ އަހަރު އެވެ.

ކޭޓީ ކުރިން ވެސް ކައިވެނި ކުރީ އިނގިރޭސިއަކާ އެވެ. އެއީ 2010 ގައި ކޮމީޑިއަން/އެކްޓަރު ރަސެލް ބްރޭންޑްއާ އެވެ. އެ ކައިވެނި ރޫޅުނީ 2012 ގަ އެވެ. މިހާރު 8 އަހަރުގެ ފިރިހެން ދަރިއަކު ހުރި އޯލަންޑޯގެ ކުރީގެ އަންހެނުންނަކީ އޮސްޓްރޭލިއާގެ މޮޑެލް މިރަންޑާ ކޭރެވެ. އެ ދެ މީހުން 2010 ގައި ކުރި ކައިވެނި ރޫޅުނީ 2013 ގަ އެވެ.

"ލޯޑް އޮފް ދަ ރިންގްސް" އާއި "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ފަދަ ފިލްމުތައް ކުޅެފައިވާ އޯލެންޑޯގެ ކުރިއަށް އޮތް ފިލްމަކީ އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ ސައިންސް ފިކްޝަން ފިލްމު "ނީޑްލް އިން އަ ޓައިމްސްޓެކް" އެވެ.