Roadha Mihaaru
ޖޯއީ އާއި ސޯފީ ވަރިވާން ނިންމިކަން ކަށަވަރުކޮށްދީފި

ޖޯއީ އާއި ސޯފީ ވަރިވާން ނިންމިކަން ކަށަވަރުކޮށްދީފި

08 ސެޕްޓެމްބަރ 2023

އެމެރިކާގެ ލަވަކިޔުންތެރިޔާ ޖޯއީ ޖޯނާސް އާއި އިނގިރޭސި އެކްޓްރެސް ސޯފީ ޓާނާ ވަރިވާން ނިންމިކަން ކަށަވަރުކޮށްދީފި އެވެ.

އެމެރިކާގެ ލަވަކިޔުންތެރިޔާ ޖޯއީ ޖޯނާސް އާއި އިނގިރޭސި އެކްޓްރެސް ސޯފީ ޓާނާ ވަރިވާން ނިންމިކަން ކަށަވަރުކޮށްދީފި އެވެ.

އެ މީހުންގެ ހަތަރު އަހަރުވީ ކައިވެނި ރޫޅާލައި، ވަރިވާން ނިންމި ކަމަށް ބުނާ އަޑުތައް ފެތުރުނު ފަހުން މިހާރު ހަފުތާއެއްހާ ދުވަސްވެއްޖެ އެވެ.

ވަރިވާ ނިންމިކަން ކަށަވަރުކޮށްދިނީ ޖޯއީ އާއި ސޯފީ މިދިޔަ ބުދަ ދުވަހު ނެރުނު ނޫސްބަޔާނެއްގަ އެވެ. އެ މީހުން ބުނީ އެމީހުންގެ ވަރިއާ ގުޅޭ ގޮތުން މީޑިއާގައި ދެކެވޭ ގިނަ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. ވަރިވާން ނިންމީ ދެ މީހުންނަށް އެކުގައި އުޅެވެން ނެތުމުން ކަމަށާއި ނަމަވެސް، ދެމީހުން ގުޅުން ގޯސް ނޫން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"މި ދަނޑިވަޅުގައި އަހަރެމެންގެ ޕްރައިވެސީއަށް އިހުތިރާމު ކުރުމަށް އެންމެންގެ ފަރާތުން އެދެން،" އެ ބަޔާނުގައިވެ އެވެ.

ޖޯއީ އާއި ސޯފީ އެންމެ ފުރަތަމަ ބައްދަލުވީ 2016 ވަނަ އަހަރެވެ. އޭގެ ފަހުން 2017 ވަނަ އަހަރު އެންޖޭޖުވެ، ކައިވެނިކުރީ 2019 ވަނަ އަހަރެވެ. އެ މީހުންގެ ކައިވެނީގެ ދެ ހަފުލާ ބޭއްވި އެވެ.

އެ މީހުންގެ ކައިވެންޏަށް ދެ އަންހެން ކުދިން ލިބިފައިވެ އެވެ. އެއީ ތިން އަހަރުގެ ކުއްޖަކާއި އެއް އަހަރުގެ ކުއްޖެކެވެ.