23 ޖުލައި 2020
ޖޯނީ ޑެޕް އަކީ އަނިޔާކުރާ ފިރިއެއް ކަމަށާއި ކައިވެނިކޮށްގެން އުޅުނު އިރު ރަހީނުކޮށް ހަމަލާ ދޭން ފުޅި ވެސް އުކި ކަމަށް އޭނާގެ ކުރީގެ އަނބިމީހާ އެމްބާ ހާޑް ކޯޓުގައި ބުނެފި އެވެ.
ޖޯނީ ޑެޕް އަކީ އަނިޔާކުރާ ފިރިއެއް ކަމަށާއި ކައިވެނިކޮށްގެން އުޅުނު އިރު ރަހީނުކޮށް ހަމަލާ ދޭން ފުޅި ވެސް އުކި ކަމަށް އޭނާގެ ކުރީގެ އަނބިމީހާ އެމްބާ ހާޑް ކޯޓުގައި ބުނެފި އެވެ.
ހޮލީވުޑްގެ ދެ ތަރިން ކަމަށްވާ ޖޯނީ ޑެޕާއި ކުރީގެ އަނބިމީހާ އެމްބާ ހާޑްގެ ކައިވެނީގައި ޖެހުނު މައްސަލަތަކާއި އެކަމާ ގުޅޭ އާ ވާހަކަތަކެއް މީޑިއާ އަށް ތިލަވީ މީގެ ހަތަރު އަހަރު ކުރިން ކައިވެނި ރޫޅާލަން އުޅުނު އިރު އިނގިރޭސި ވިލާތުގެ "ސަން" އަށް އިން، ޑެޕަކީ އަނބި މީހާ އަށް އަނިޔާކުރާ - "ވައިފް ބީޓާ" - އެއް ކަމަށް ސިފަކުރުމުން އެކަމާ ދެކޮޅަށް ކުރި ދައުވާގެ އަޑުއެހުމެއްގަ އެވެ. ސަން އިން ބުނަމުން އަންނަނީ ޑެޕަކީ އަނބި މީހާ އަށް އަނިޔާކުރާ މީހެއް ކަމަށް ބުނީ އެއީ ހަމަ ހަގީގަތުގައި ވެސް އެފަދަ އަމަލުތައް ކޮށްފައިވާ މީހަކަށް ވާތީ ކަމަށެވެ.
ޑެޕްގެ ގާތުން ވަރިވާން ނިންމައި އެމްބާ ކޯޓަށް ދިޔައީ 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭރު ކައިވެނި ރޫޅާލުމުގެ ބަދަލެއްގެ ގޮތުން ޑެޕްގެ އަތުން އެމްބާ އަށް ހަތް މިލިއަން ޑޮލަރު ވެސް ލިބުނެވެ. ވަރީގެ މައްސަލަ އޭރު ހިނގަމުން ދަނިކޮށް ފަހުން އެމްބާ ވަނީ ޑެޕްގެ ގާތުން ވަރިވާން ނިންމީ ގެވެށި އަނިޔާކުރާ ކަމަށް ބުނެފަ އެވެ. އެ ތުހުމަތު ބޮލުގައި އެޅުވުމުން ޑެޕް ވަނީ މިދިޔަ އަހަރު އެމްބާ އަށް ދައުވާ ވެސް ކޮށްފަ އެވެ.
މީގެ ތިން ދުވަސްކުރިން ބޭއްވި އަޑުއެހުމެއްގައި އެމްބާ ވަނީ ޑެޕްގެ ގާތުން ވަރިވާން ނިންމީ ގެވެށި އަނިޔާކުރާތީ އާއި ސިއްރު ލޯބީގެ ގުޅުންތަކެއް ހިންގުމުން ކަމަށް ބުނެފަ އެވެ. އިނގިރޭސި މޮޑެލް ކޭޓް މޮސް އާއި ޑެޕްގެ ސިއްރު ގުޅުންތަކެއް ހިންގި ކަމަށް އެމްބާ ބުންޏެވެ. އެކަމަކު މި ފަހަރު އެމްބާ، ކޭޓްގެ ވާހަކަ ދެއްކީ މުޅިން އަލަށެވެ. އެއާ އެކު މަައްސަލަ ބަލާ ފަނޑިޔާރާއި ޑެޕްގެ ގާނޫނީ ޓީމުން ވެސް އެ ނުކުތާ ވަރަށް ބޮޑަށް ފާހަގަކޮށް، އޭނާ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އާ ވާހަތަކަތެއް ދައްކާކަން ފާހަގަކޮށްފައިވެ އެވެ. ޑެޕްގެ ގާނޫނީ ޓީމުން ބުނާ ގޮތުގައި މިއީ އެމްބާ މީގެ ކުރިން ޑެޕްއާ ބެހޭ ގޮތުން ދޮގު ހަދާފައިވާ ކަމުގެ ހެއްކެކެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި އެމްބާ ބުނީ 2015 ވަނަ އަހަރު އެ މީހުން އޮސްޓްރޭލިއާ އަށް ކުރި ދަތުރެއްގައި އޭނާ "ރަހީނުކޮށްގެން" ގެންގުޅުނު ކަމަށެވެ. މި ދަތުރުގައި ޑެޕްގެ ކަމަކީ ރާ ބުއިމާއި މަސްތުވާ އެއްޗެހި ބޭނުންކުރުމަށް އެމްބާ ބުންޏެވެ. ޑެޕް އިންކާރުކުރާ މި ތުހުމަތާ ގުޅޭ ގޮތުން އެމްބާ ބުނީ ޑެޕް މާ ގިނައިން ރާ ބޯތީ ރާފުޅި އަތުލުމުން ރުޅި އައިސް ދެން ހުރި ފުޅިތައް ގަޔާ ދިމާލަށް އުކަން ފެށީ ކަމަށެވެ. އެގޮތަށް 30 ފުޅި އެއްލި ކަމަށް ބުނަމުން އެމްބާ އެކަން ސިފަކުރީ ސިފަކުރީ އަތުބޮންތަކެއް އުކުން ފަދަ ކަމެއްގެ ގޮތުގަ އެވެ.
"އޭނާ [ފުޅިތައް] ހޮވަން ފެށި. އަދި އަތުބޮންތަކެއްހެން ފަހަރަކު ފުޅިއެއް އަހަންނާ ދިމާލަށް އުކަމުން ދިޔަ. ސަލާމަތްވާން މަސައްކަތްކުރަމުން ދިޔަ އިރު ބިއްލޫރި ފުޅިތައް އަހަރެންގެ ކައިރިން ތަޅައިގެންދާ އަޑު އިވޭ،" އެމްބާ ބުންޏެވެ.
ޑެޕް ބުނަމުން އަންނަނީ އެމްބާގެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އަނިޔާކުރި ކަމަށް ދައްކަން އަމިއްލަ އަށް ހަށިގަނޑުގެ ތަންތަން ޒަހަމްކޮށްގެން އުޅުނު ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން ދެ މީހުން އެކީގައި ދިރިއުޅުނު އެޕާޓްމަންޓަށް މަހުޖަނު އީލޮން މަސްކް ވައްދައިގެން އެމްބާ ކަންތައްގަނޑެއް ހިންގި ކަމަށާއި އެ ދެ މީހުންގެ ދުވަސްތަކެއް ވަންދެން ގުޅުން ބޭއްވި ކަމަށް ޑެޕް ބުންޏެވެ.
ނަމަވެސް މި ވާހަކަތަކަށް ރައްދު ދެމުން އެމްބާ ބުނެފައި ވަނީ ލޯބީގެ ސިއްރު ގުޅުންތައް ބާއްވާ ވާހަކަ ދައްކާފައި ވަނީ ޑެޕް ހަސަދަވެރިވެގެން ކަމަށެވެ. އަދި އެއް އިރެއްގައި ވެސް އޭނާ ދެކެ ޑެޕް ހަގީގީ ލޯބި ނުވާ ކަމަށާއި ކައިވެނީގައި ހޭދަކުރި ދުވަސްތަކަކީ ހިތްދަތި، ވޭން ގަދަ ދުވަަސްތަކެއް ކަމަށް ބުނެފައިވެ އެވެ.
ހޮލީވުޑުން އުޅެނީ އަހަރެން ބޮއިކޮޓްކުރަން: ޑެޕް
ޑެޕާ ދެކޮޅަށް ހާޑް ހެކިބަސް ދޭން ފަށައިފި
ކައިވެނީގެ އަހަރީ ދުވަހު ޖެނިފާ ވަރިވާން ނިންމައިފި
ހިއު ޖެކްމަން އާއި ޑެބޯރާލީގެ ކައިވެނި ރޫޅާލަނީ
ޖޯއީ އާއި ސޯފީ ވަރިވާން ނިންމިކަން ކަށަވަރުކޮށްދީފި
ހޮލީވުޑްގައި ބޮޑު ދެ ވަރި އާއި ކައިވެންޏެއް
ޑެޕް އަނިޔާކުރީ މަސްތުގެ ހާލަތުގައި ހުރެ: ހާޑް
ޖޭސަން މޮމޯ އާއި ލީސާ ވަރިވެއްޖެ
ވަރީގެ ވާހަކަ އަށް ރައްދު ދިނީ ޕޯސްޓަކުން
އެންޖެލީނާ އާއި ވީކެންޑް މާފޮޅުވަނީ؟